Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެދާނެކަމުގެ ބިރު އެބައޮތް: މާޒް ސަލީމް

5 ނޮވެމްބަރު 2026 | ބުރާސްފަތި 06:56

ރަސްމާލެ މަޝްރޫއުގެ ދަށުން ޓައުންޝިޕް މޮޑެލްއަށް ބޮޑު ބައެއް ދޫކޮށްލުމަކީ ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެ މާޒް ސަލީމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކާއެކު ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިވުމުގެ ބިރު އޮތްކަން ފާހަގަކޮށް، މިކަމާ ދެކޮޅަށް އަޑުއުފުލުމަށް އޭނާ ވަނީ ގޮވާލައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ނޮވެމްބަރު 2026 | ބުރާސްފަތި 06:56
ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ

ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއުގެ ފަހަތުގައި ފޮރުވިފައިވާ ބިރުވެރި އެތައް ކަމެއް އެބަހުރި ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެގެން ދިޔުމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، މި މަޝްރޫއުގެ ފަހަތުގައި ހިންގަނީ ކުދިކުދި ކަންތައްތަކެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މީގެ ފަހަތުގައި ތައާރަފުކުރަމުން ދަނީ ޓައުންޝިޕް މޮޑެލްއެއް ކަމަށާއި، އެ މޮޑެލްގެ ފަހަތުން ފެނިގެންދަނީ ވަކި ދައުލަތެއް އުފެއްދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެންނެވީ މިކަން މިގޮތަށް ކުރިއަށްގެންދަވަން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުން ދިރިއުޅޭ ސަރަހައްދެއްގައި ވަކިން އޮންނަ ވަކި ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ފަހިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ މި ތަނުގައި މި ހިންގަނީ މިއީ ހަމަ ސީދާ ވަކި ދައުލަތެއް، ދިވެހި ރައްޔިތުން އުޅޭ ސަރަހައްދެއްގައި ވަކިން އޮންނަ ވަކި ދައުލަތެއް މި ގާއިމުކުރުވަނީ. މިއީ ބިރުހުރި ކަންކަމަކީ މިއީ. އަދި ހަމައެއާއެކީގައި މީގެ ފަހަތުން ދެން އަޅުގަނޑުމެންނަށް މި ފެންނަނީ ޝަހުޔޫނީ ދައުލަތެއް އުފަންކުރުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު
އަހުމަދު ސަލީމް

މީގެ އިތުރުން، މި ކަމުގެ ތެރެއިން ޝަހުޔޫނީ ދައުލަތެއް އުފަންކުރުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ސީދާ ޒަޔަނިސްޓުން މިތަނަށް އައިސް ވަޒަންވެރިވަމުންދާ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން ނުހަނު ބިރުގަނެ، ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ. އެވެ.

މިކަން ހިނގައި ނިމުމަށްފަހު ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަން ފާހަގަކުރައްވައި މާޒް ސަލީމް ވަނީ، ދުރާލާ ރައްޔިތުން ނުކުމެ މިކަމުގައި އިދިކޮޅު ފަރާތްތަކާ އެކު އަޑުއުފުލުމަށް ގޮވާލައްވާފަ އެވެ.

ޑރ. މުހައްމަދު މުއިއްޒުމާޒް ސަލީމްރަސްމާލެ

އެންމެ ހިނގާ

1

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

5

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި

05 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއިން ދުރުވެވަޑައިގެން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ރައީސް މުއިއްޒުއަށް ވަކީލު ނިޝާން ގޮވާލައްވައިފި
04 ނޮވެމްބަރު 2026

ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން

04 ނޮވެމްބަރު 2026
ދިވެހި ގައުމިއްޔަތަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު: އަލީ ހުސެއިން
04 ނޮވެމްބަރު 2026

އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން

04 ނޮވެމްބަރު 2026
އީގަލް ހިލްސް އެއްބަސްވުން 2028 ގެ އައު ސަރުކާރުން ބަދަލެއް ނުދީ ބާތިލުކުރާނެ: ޝެއިޚް އިމްރާން
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 އަށް ފަސްކޮށްފި
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޕެޓިޝަނެއް!
04 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!

04 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވީ ކުރީ ސަރުކާރަށް ބަހުގެ ހަމަލާދޭ ޕޯޑިއަމަކަށް!
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް

04 ނޮވެމްބަރު 2026
ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް
04 ނޮވެމްބަރު 2026

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

04 ނޮވެމްބަރު 2026
ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
03 ނޮވެމްބަރު 2026

ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން

03 ނޮވެމްބަރު 2026
ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް