Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން އެންމެންނަށް

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ފަށައިފި

22 އޯގަސްޓު 2026 | ހޮނިހިރު 09:45

ބޯހިޔާވަހިކަމުގެ ފޯމުތަކުގެ މައުލޫމާތުގައި ފުށުއެރުމެއް ހުރިނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެކަން އަންގައި، ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނޭ. މި މުއްދަތުގައި ޕޯޓަލް މެދުވެރިކޮށް ޖަވާބު ނުދޭ ފަރާތްތަކުގެ ފޯމުތައް ބާތިލުވާނެ ކަމަށާއި، މިކަމާ ގުޅޭ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޯގަސްޓު 2026 | ހޮނިހިރު 09:45
ރައީސް މުއިއްޒު "އެފޯޑަބަލް ހައުސިންގ" މަޝްރޫއުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވަނީ. ފައިލް ފޮޓޯ

ރައީސް މުއިއްޒު "އެފޯޑަބަލް ހައުސިންގ" މަޝްރޫއުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވަނީ. ފައިލް ފޮޓޯ | ރައީސް އޮފީސް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ މީހުންގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ. 

ހޮނިހިރު ދުވަހު ހައުސިންގ މިނިސްޓްރީން ބުނީ، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއަށް ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

މީގެއިތުރުން، ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ކޮންމެ އެޕްލިކަންޓަކަށް ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބަލާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ޖަވާބު ހުށަހެޅޭނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު، މި މަރުހަލާގައި އީމެއިލް، ސިޓީ ނުވަތަ އެހެން އެއްވެސް ވަސީލަތެއްގެ ޒަރީއާއިން ހުށަހަޅާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. 

ބޯހިޔާވަހިކަން އެންމެންނަށްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްބޯހިޔާވަހިކަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!

21 އޯގަސްޓު 2026
ކޮންމެ ރައްޔިތަކަށް ރައީސް މުއިއްޒު ދެއްވަން ވިދާޅުވާ ބޯހިޔާވަހިކަން - ދައުރުގެ ބޮޑުބައި ފާއިތުވެގެން ދިޔައިރު ވިދާޅުވަނީ "މިހާރު ދެން އެބަ ފެށޭ" ކަމަށް!
19 އޯގަސްޓު 2026

ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!

19 އޯގަސްޓު 2026
ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!
13 އޯގަސްޓު 2026

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި

13 އޯގަސްޓު 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި
18 ޖުލައި 2026

57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި

18 ޖުލައި 2026
57 ރަށުގައި 12،000 ހައުސިންގ ޔުނިޓު އަޅަން ހުސްވި އަހަރު ކުރި އިއުލާނަށް ވީގޮތެއް ނޭނގި، އަމިއްލަ ޚަރަދުގައި 13 ރަށުގައި 2،100 ހައުސިންގ ޔުނިޓު އަޅަން ހުޅުވާލައިފި
17 ޖުލައި 2026

ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!

17 ޖުލައި 2026
ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
29 ޖޫން 2026

ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

29 ޖޫން 2026
ސަރުކާރުން ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމަން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް