ސިނަމާލެ އާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ކާފަ އާއި މާމަމެންގެ އާދޭސް: މިސަރަހައްދުގައި އޮތް ހަމައެކަނި ހުސް ބިމުގައި ކުޅިވަރު ކުޅޭ ދަނޑެއް ނާޅާ، ހިތްފަސޭހަ ޕާކެއް ހަދައިދީ!
19 އޯގަސްޓު 2026 | ބުދަ 16:46މާލޭގެ ފުރުގާން މިސްކިތް ކުރިމަތީގައި އޮތް ހުސްބިމުގައި ފުޓްސަލް ދަނޑެއް އެޅުމަށްޓަކައި އެތަނުގައި ހުރި ރުއްގަސްތަކާއި ގޮނޑިތައް ނަގާތީ، އެ ސަރަހައްދުގެ ފްލެޓްތަކުގައި ދިރިއުޅޭ އިސްރަށްވެހިންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ކައިރީގައި ކުޅިވަރު ކުޅޭނެ ގިނަ ތަންތަން ހުރިއިރު، ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ބޭނުންކުރި ބިން ނައްތާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމީހުން ބުނޭ. މިކަމާ ގުޅިގެން ސިނަމާލެ އަދި މާލެހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ވަނީ މާލެ ސިޓީ ކައުންސިލަށް ވެސް ޝަކުވާ ހުށަހަޅާފައި. ނަމަވެސް، ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބިން މިހާރު ވަނީ އެ ކައުންސިލްގެ ދަށުން ނަގައި، ހައުސިންގ މިނިސްޓްރީ ދަށަށް ބަދަލުކޮށްފައި


ފުރުގާން މިސްކިތް ކުރިމަތީގައި އޮތް ހުސް ބިމުގައި ފުޓްސަލް ދަނޑެއް އެޅުމަށް ނިންމާފައިވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނާއި ޚާއްސަކޮށް އިސްރަށްވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން | ރާއްޖެއެމްވީ
މާލޭގެ މަސްޖިދުލް ފުރުގާން ކުރިމަތީގައި އޮތް ހުސް ބިމުގައި ފުޓްސަލް ދަނޑެއް އެޅުމަށް ނިންމާފައިވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނާއި ޚާއްސަކޮށް އިސްރަށްވެހިން ކަންބޮޑުން ފާޅުކޮށްފި އެވެ.
މީގެ ކުރިން ޕާކެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ ބިމުގައި ސަރުކާރުން މިހާރު ވަނީ ޒުވާނުންނަށް ޚާއްސަކޮށްގެން ފުޓްބޯޅަ ކުޅެވޭނެ ދަނޑެއް އެޅުމަށް ނިންމައި މަސައްކަތް ފަށާފަ އެވެ.
މިކަމާ ގުޅިގެން ގާކޮށީގައި ދިރިއުޅޭ އިސްރަށްވެއްސަކު ބުނީ، މިސްކިތް ކުރިމަތީ އޮތް ބިމުގައި ރުއްގަސް އިންދައިގެން ޕާކެއް ތަރައްގީ ކުރަމުން އައި ދުވަސްވަރު އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ އެތަނުގައި ހުރި ރުއްގަސްތައް ކަނޑައި، ގޮނޑިތައް ނަގައި އުކާލި މަންޒަރު ކަމަށެވެ. އަދި އެ ސަރަހައްދު ކައިރީގައި ބޮޑު ސްޓޭޑިއަމާއި އެހެނިހެން ފުޓްސަލް ދަނޑުތައް ހުރިއިރު މިސްކިތް ކުރި މައްޗަށް އޮންނަ ބިމުގައި ކުޅިވަރު ކުޅޭނެ ދަނޑެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.
އަދި އެ ސަރަހައްދުގައި އޮތް ހަމައެކަނި ކުޑަކުދިންގެ ޕާކު ހުޅުވަނީ ވެސް ދުވާލުގެ ވަކި ވަގުތުތަކެއްގައި ކަން އޭނާ ފާހަގަކުރިއެވެ.
ފުރުގާން މިސްކިތް ކުރިމަތީގައި އޮތް ހުސް ބިމުގައި ފުޓްސަލް ދަނޑެއް އެޅުމަށް ނިންމާފައިވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނާއި ޚާއްސަކޮށް އިސްރަށްވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ސިނަމާލެ، މާލެހިޔާ އަދި ގާކޮށި ފްލެޓްތަކުގައި ގިނަ އަދަދެއްގެ އާއިލާތަކެއް ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގައި މީހުން ނުކުމެ ހިތްފަސޭހަކޮށްލަން ތިބެވޭނެ އެފަދަ އެހެން އެއްވެސް ހުސް ބިމެއް މިހާރު ނެތް ކަމަށް އިސްރަށްވެހިން ބުނެ އެވެ.
އަޅުގަނޑުމެން ކުދިން ގޮވައިގެން ނުކުމެ ތިބޭނެ ތަންކޮޅެއް ވެސް ނެތް. މި ސަރަހައްދު ނޫނިއްޔާ އެހެން ފްލެޓުތައް ކައިރީގައި ހުރޭ ދޯ ނުކުމެ ތިބެވޭނެ ގޮތަށް ކުދިކުދި ޕާކުތައް ތަރައްގީ ކޮށްފައިކަންބޮޑުވުން ފާޅުކުރި އިސްރަށްވެއްސެއް
މިކަމާ ގުޅިގެން ސިނަމާލެ އަދި މާލެހިޔާ ފްލެޓުގައި ދިރިއުޅޭ މީހުން ވަނީ މާލެ ސިޓީ ކައުންސިލަށް ވެސް ޝަކުވާ ހުށަހަޅާފަ އެވެ. ނަމަވެސް، ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބިން މިހާރު ވަނީ އެ ކައުންސިލްގެ ދަށުން ނަގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.












