Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޞްރުގެ ދުވަސް

ނަޞްރުގެ ދުވަހުގެ ޚާއްސަ އިހުތިފާލުތައް ފަތިސް ނަމާދުގެ ބޮޑު ޖަމާއަތަކުން ފަށައިފި

3 ނޮވެމްބަރު 2026 | އަންގާރަ 05:38

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ދުއާގައި ރައީސް އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެން، 1988 ނޮވެންބަރު 3 ގެ އުދުވާނުގައި ޝަހީދުވި އަބްތާލުންގެ ޒިކުރާ އައުކުރައްވައިފި. މި ދުވަސް ފާހަގަކުރަނީ ބޭރުގެ ކުލީ ސިފައިން ދިން ނުރައްކާތެރި ހަމަލާއިން ގައުމު ސަލާމަތްކުރުމަށް 19 ދިވެހިން ވީ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަށް

ދެލިކޮޕީ
ދެލިކޮޕީ | 3 ނޮވެމްބަރު 2026 | އަންގާރަ 05:38
އަންގާރަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ފަތިސް ނަމާދުގެ ބޮޑު ޖަމާއަތް

އަންގާރަ ދުވަހު އިސްލާމީ މަރުކަޒުގައި ކުރެވުނު ފަތިސް ނަމާދުގެ ބޮޑު ޖަމާއަތް | މިނިސްޓްރީ އޮފް ޑިފެންސް

އަންގާރަ ދުވަހު ފާހަގަކުރަމުންދާ ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިން ކުރިއަށްގެންދާ ޚާއްސަ އިހުތިފާލުތައް، ފަތިހު އިސްލާމީ މަރުކަޒުގައި ކުރެވުނު ފަތިސް ނަމާދުގެ ބޮޑު ޖަމާއަތަކުން ފަށައިފި އެވެ.

އެއް ޖަމާއަތެއްގައި ކުރެވުނު މި ފަތިސް ނަމާދުގެ ޖަމާއަތުގައި  ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން، ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، ހަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން އަދި އާންމު ރައްޔިތުން މި ޖަމާއަތުގައި ބައިވެރިވި އެވެ.

Advertisement - newsAdvertisement

ފަތިސް ނަމާދަށްފަހު، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި ޤައުމީ އަބްތާލުންގެ ޒިކުރާ އައުކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ޚާއްސަ ދުއާއެއް ކުރުން އޮތެވެ.

ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހި ތާރީޚުގައި ފާހަގަކުރެވޭ އެންމެ ހިތާމަވެރި، އަދި އެހެންމެ އެންމެ ފަޚުރުވެރި އެއް ދުވަހެވެ. 1988 ނޮވެންބަރު 3 ގައި ދިވެހިންގެ ތެރެއިން ޚިޔާނާތްތެރިވި ބަޔަކު އަޑީގައި ތިބެ، ބޭރުގެ ކުލީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތަކާ އެކު މާލެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއިން ދިވެހިފަސްގަނޑާއި އިސްލާމްދީން ހިމާޔަތްކުރުމަށް ސިފައިންނާއި އާންމު ރައްޔިތުން ވަނީ މަތިވެރި ޤުރުބާނީތަކެއް ވެފަ އެވެ.

މި ބިރުވެރި އުދުވާނުގައި ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކުރަނިކޮށް 8 ސިފައިންނާއި 11 އާންމުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ޝަހީދުވި އެވެ. ރާއްޖޭގައި ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަސް ފާހަގަކުރަމުންދަނީ، އެ ބިރުވެރި ދުވަހު މާތް ﷲ ގެ ހަޟްރަތުން ދިވެހި އުއްމަތަށް މިންވަރުކުރެއްވި މަތިވެރި ނަސްރުގެ ހަނދާން އާކުރުމަށާއި، ޤައުމީ އަބްތާލުން ޤައުމަށްޓަކައި ވީ މަތިވެރި ޤުރުބާނީގެ ޒިކުރާ ދިރުވައި އާލާކުރުމުގެ މަގުސަދުގަ އެވެ.

3 ނޮވެންބަރު 1988 ހަމަލާނަސްރުގެ ދުވަސް

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހުގެ ހަގީގީ މާނަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟

03 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހުގެ ހަގީގީ މާނަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟
31 އޮކްޓޯބަރު 2026

ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ވަކި ވަގުތުތަކަކަށް ޖުމްހޫރީ މައިދާން ސަރަހައްދާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރަނީ

31 އޮކްޓޯބަރު 2026
ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ވަކި ވަގުތުތަކަކަށް ޖުމްހޫރީ މައިދާން ސަރަހައްދާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރަނީ
26 އޮކްޓޯބަރު 2026

ނަޞްރުގެ ދުވަހާ ގުޅިގެން މާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށްގެންދަނީ!

26 އޮކްޓޯބަރު 2026
ނަޞްރުގެ ދުވަހާ ގުޅިގެން މާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ކުރިއަށްގެންދަނީ!
04 ނޮވެމްބަރު 2025

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި

04 ނޮވެމްބަރު 2025
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި
03 ނޮވެމްބަރު 2025

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން ސިފައިންގެ އައު އިމާރާތްތަކާއި ޓްރެއިނިން މަރުކަޒުތައް އަޅާނަން: ރައީސް މުއިއްޒު

03 ނޮވެމްބަރު 2025
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން ސިފައިންގެ އައު އިމާރާތްތަކާއި ޓްރެއިނިން މަރުކަޒުތައް އަޅާނަން: ރައީސް މުއިއްޒު
03 ނޮވެމްބަރު 2025

އަގު ބޮޑެތި ޑްރޯންނާއި ހަތިޔާރު ޝިޕްމެންޓުތައް ގެނައި ނަމަވެސް ގައުމުތައް އަޅުވެތި ކުރަނީ ހަތިޔާރު ހިފައިގެން ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

03 ނޮވެމްބަރު 2025
އަގު ބޮޑެތި ޑްރޯންނާއި ހަތިޔާރު ޝިޕްމެންޓުތައް ގެނައި ނަމަވެސް ގައުމުތައް އަޅުވެތި ކުރަނީ ހަތިޔާރު ހިފައިގެން ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
03 ނޮވެމްބަރު 2025

މިއަދަކީ ސިފައިންގެ ލަޝްކަރު އަލުން ރުކުރުވާލަންވީ ދުވަސް: މިނިސްޓަރު ޣައްސާން

03 ނޮވެމްބަރު 2025
މިއަދަކީ ސިފައިންގެ ލަޝްކަރު އަލުން ރުކުރުވާލަންވީ ދުވަސް: މިނިސްޓަރު ޣައްސާން
03 ނޮވެމްބަރު 2025

ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ރައީސް މައުމޫން އަށް އަރުވައިފި

03 ނޮވެމްބަރު 2025
ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ރައީސް މައުމޫން އަށް އަރުވައިފި
03 ނޮވެމްބަރު 2025

މާދަމާގެ އުފާ ފާގަތިކަން ހޯދޭނީ ކޮންމެ ދާއިރާ އަކުން ވެސް މަސްލަހަތަށް އިސްކަން ދީގެން މަސައްކަތް ކޮށްގެން: ރައީސް މުއިއްޒު

03 ނޮވެމްބަރު 2025
މާދަމާގެ އުފާ ފާގަތިކަން ހޯދޭނީ ކޮންމެ ދާއިރާ އަކުން ވެސް މަސްލަހަތަށް އިސްކަން ދީގެން މަސައްކަތް ކޮށްގެން: ރައީސް މުއިއްޒު
02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް