Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރު ހޯދުން

ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި ސައީދު ވިދާޅުވީ ކުރީ ސަރުކާރަށްވުރެ ގިނައިން ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެކަމަށް!

4 ނޮވެމްބަރު 2026 | ބުދަ 07:02

މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކުރީ ސަރުކާރާ އަޅާބަލާއިރު ބޭންކު ރޭޓުގައި ޑޮލަރު ދޫކުރާ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ. މީގެ އިތުރުން އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 90 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ސައީދު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ނޮވެމްބަރު 2026 | ބުދަ 07:02
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | ރައްޔިތުންގެ މަޖިލިސް

އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، މި ސަރުކާރުގެ ފާއިތުވި މުއްދަތުގައި އާންމު ރައްޔިތުންގެ އެކި ބޭނުންތަކަށް ޖުމުލަ 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިއީ ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު 80 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، މިދިޔަ ސަރުކާރާ އަޅާބަލާއިރު މަހެއްގެ މައްޗަށް އެވްރެޖުކޮށް ބަލާއިރު ޑޮލަރު ދޫކުރާ މިންވަރު ގާތްގަނޑަކަށް 100 އިންސައްތަ ނުވަތަ ދެގުނަ އިތުރުވެފައިވާ ކަމަށެވެ.

ބޭންކު ރޭޓުގައި އާންމު ރައްޔިތުންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވީ ދައުލަތަށް ޑޮލަރު ލިބޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ. އަދި ދުނިޔެ ހަނގުރާމައިގެ ހާލަތެއްގައި އޮތް ނަމަވެސް، ރާއްޖެ ނުދަރައި ސަލާމަތްކޮށް، ވިޔަފާރިތަކާއި ރައްޔިތުންނަށް ކުރިއެރުން ހޯދައިދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތާ ގުޅޭގޮތުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެ ބޯޓު ގެނެސްގެން އެ ހިދުމަތް ފެށުމުން މިހާތަނަށް 90.07 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 1.39 ބިލިއަން ރުފިޔާ ކަމަށާއި، ބަންކަރިންގެ ދާއިރާއިން މިއަށްވުރެ ބޮޑެތި ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރު އައިފަހުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ޑޮލަރު ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، ތަކެތީގެ އަގު ބޮޑުވެފައިވާއިރު، ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް ސަރުކާރުން ކުރިން އުންމީދުކުރި 400 މިލިއަން ޑޮލަރާ ގާތްކުރާ މިންވަރަށް ވެސް އާމްދަނީ ލިބިފައިނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިނިސްޓަރު ވަނީ މަޖިލީހުގައި އެ ހުރިހާ ތުހުމަތުތަކެއް ދިފާއު ކުރައްވައި، އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މުހައްމަދު ސައީދު 20 ވަނަ ރައްޔިތުންގެ މަޖިލީސްބަންކަރިންގ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
31 އޮކްޓޯބަރު 2026

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް

31 އޮކްޓޯބަރު 2026
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް
29 އޮކްޓޯބަރު 2026

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026
މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު
29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!
28 އޮކްޓޯބަރު 2026

އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް

28 އޮކްޓޯބަރު 2026
އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް
28 އޮކްޓޯބަރު 2026

ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު

28 އޮކްޓޯބަރު 2026
ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު
28 އޮކްޓޯބަރު 2026

މަޖިލިސް ރައީސްއާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކައުންސިލުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި

28 އޮކްޓޯބަރު 2026
މަޖިލިސް ރައީސްއާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކައުންސިލުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި
28 އޮކްޓޯބަރު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް

28 އޮކްޓޯބަރު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް
27 އޮކްޓޯބަރު 2026

ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި

27 އޮކްޓޯބަރު 2026
ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި
27 އޮކްޓޯބަރު 2026

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން

27 އޮކްޓޯބަރު 2026
ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް