Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

29 އޮކްޓޯބަރު 2026 | ބުރާސްފަތި 09:06

2027 ވަނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވައިފި. މި ބަޖެޓުގެ ބޮޑުބައެއް ހިންގުމުގެ ޚަރަދަށް ކަނޑައަޅާފައިވާއިރު، އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 09:06

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި | ރާއްޖެ ޓީވީ

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރުު ހަސަން ޒަރީރު ވިދާޅުވީ،  ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް، ހަތްސަތޭކަ ނުވަދިހަ ފަސް ) ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

Advertisement - newsAdvertisement

މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ކަމަށާއި، އަދި ތަރައްޤީގެ މަޝްރޫއުތަކާ އިންވެސްޓްމަންޓު ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނޭކަމަށް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި އެވެ.

އަންނަ އަހަރު އާމްދަނީއާ ހިލޭއެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި ދައުލަތުގެ ހިދުމަތްތައް ދެމެހެއްޓުމަށް ބޭނުންވާ ފައިސާގެ އަދަދު ހިމެނޭ ބަޖެޓެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބަޖެޓު ފާސްކުރުމުގެ ކުރިން މަޖިލީހުގެ ކޮމިޓީތަކުން މި ބަޖެޓު ބަލައި، މަޝްވަރާކޮށް، ބަޖެޓަށް ބޭނުންވާ އިސްލާހުތައް ހުށަހަޅައި، ފައިނަލް ކުރާނެ އެވެ. ބަޖެޓު ފާސްކުރުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި ބަޖެޓު ތަންފީޒުކުރަން ފަށާނެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްފިނޭންސް މިނިސްޓްރީޕީއެސްއައިޕީހަސަން ޒަރީރު

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު

29 އޮކްޓޯބަރު 2026
އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު
28 އޮކްޓޯބަރު 2026

އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް

28 އޮކްޓޯބަރު 2026
އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް
28 އޮކްޓޯބަރު 2026

ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު

28 އޮކްޓޯބަރު 2026
ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު
28 އޮކްޓޯބަރު 2026

މަޖިލިސް ރައީސްއާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކައުންސިލުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި

28 އޮކްޓޯބަރު 2026
މަޖިލިސް ރައީސްއާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކައުންސިލުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި
28 އޮކްޓޯބަރު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް

28 އޮކްޓޯބަރު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް
27 އޮކްޓޯބަރު 2026

ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި

27 އޮކްޓޯބަރު 2026
ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި
27 އޮކްޓޯބަރު 2026

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން

27 އޮކްޓޯބަރު 2026
ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން
27 އޮކްޓޯބަރު 2026

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

27 އޮކްޓޯބަރު 2026
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
26 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު

26 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު
26 އޮކްޓޯބަރު 2026

މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ!

26 އޮކްޓޯބަރު 2026
މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް