Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި

27 އޮކްޓޯބަރު 2026 | އަންގާރަ 16:32

ގަތުލުއާންމު ހިންގުމާއި އިގުތިސާދަށް ގެއްލުންދޭ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ދެވަނަ ފަހަރަށް ވަނީ އުނިކޮށްފައި. މާފަންނު ދެކުނު ދާއިރާގެ މެންބަރު ހުށަހެޅުއްވި މި ބިލުގައި ވަކި ނަސްލަކަށް ނުވަތަ ދީނަކަށް އަމާޒުކޮށް ގެއްލުންދިނުން ކުށަކަށް ހެދުމަށް ހިމަނާފައިވޭ. މީގެ އިތުރުން މުސާރަތައް މުރާޖައާކުރުމާއި ބައެއް ގަރާރުތަކުގެ މަސައްކަތް މަޖިލީހުގައި ވަނީ ތާވަލުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2026 | އަންގާރަ 16:32
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން | މަޖިލިސް

ގާނޫނުލްއުގޫބާތަށް ބަދަލު ގެނެސް، ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށް ހިންގާ އަމަލުތަކާއި ގައުމުގެ އިގުތިސާދަށް ގެއްލުންދޭ ކަންކަން ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ބުދަ ދުވަހުގެ ޖަލްސާ އިން ވެސް އުނިކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.

Advertisement - newsAdvertisement

ބިލުގެ މައިގަނޑު މަގުސަދަކީ، ގަތުލުއާންމު ހުއްޓުވުމާއި އެފަދަ އަމަލުތަކަށް އަދަބު ކަނޑައެޅުމާ ގުޅޭގޮތުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅުމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އެންމެ ފުރަތަމަ ތާވަލުކުރީ އަންގާރަ ދުވަހަށެވެ. ނަމަވެސް އެ ދުވަހުގެ އެޖެންޑާއަށް ފަހުން ބަދަލު ގެނެސް ބިލުގެ މަސައްކަތް ވަނީ ބޭރުކޮށްލައިފަ އެވެ.

އެއަށްފަހު ބުދަ ދުވަހުގެ ޖަލްސާއަށް އަލުން ތާވަލުކުރި ނަމަވެސް، ދެވަނަ ފަހަރަށް ވެސް ވަނީ އެޖެންޑާ އިން އުނިކޮށްފަ އެވެ. 

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 140 ވަނަ ބާބުގެ ފަހަތަށް ގަތުލުއާންމާ ގުޅޭ މާއްދާއެއް އިތުރުކުރުމަށެވެ.

އެގޮތުން ވަކި ގައުމަކަށް، ދަރިފަސްކޮޅަކަށް، ނަސްލަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކަށް އަމާޒުކޮށް ގެއްލުންދިނުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެފަދަ ޖަމާއަތެއްގެ ބަޔަކަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ބޮޑެތި އަނިޔާތައް ދިނުން ފަދަ އަމަލުތައް ހިމެނެ އެވެ.

މީގެއިތުރުން، ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިތިބެ ނުވަތަ އެކަމަށް ފަރުވާލެއް ނުބަހައްޓައި ހިންގާ ހަތަރު އަމަލެއް ޖިނާއީ ކުށެއްގެ ގޮތުގައި ހިމެނުމަށް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.

މި ބިލު ހުށަހަޅައިފައިވަނީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި އާންމުންގެ ފާޑުކިޔުން ބޮޑުވެ، ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މި ބިލުގެ އިތުރުން ވެސް މުހިންމު ބައެއް ކަންކަން ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އެގޮތުން، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރި މައްސަލައިގައި މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރާއި، މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ 14 ބިމެއް ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމާމެދު މެންބަރުން ދެކޭގޮތް ދެނެގަތުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެ އެވެ.

ހަމައެއާއެކު، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތްތަކާއި، ވަޒީރުންގެ ކާރުކޮޅުގެ އިނާޔަތްތަކާއި، ރަށު ކައުންސިލަރުންގެ އިނާޔަތްތައް މުރާޖައާކުރުމާ ގުޅޭގޮތުންނާއި، އުއްތަމަފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖައާކުރުމާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުތަކަށް ބަހުސްކުރުން ވެސް ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްއަބްދުﷲ ރިފާއު

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން

27 އޮކްޓޯބަރު 2026
ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން
27 އޮކްޓޯބަރު 2026

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

27 އޮކްޓޯބަރު 2026
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
26 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދަނީ!

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓޭ ގޮތަށް، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށާއި އިގުތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ކުށަކަށް ހަދަނީ!
26 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު

26 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު
26 އޮކްޓޯބަރު 2026

މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ!

26 އޮކްޓޯބަރު 2026
މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ!
22 އޮކްޓޯބަރު 2026

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

22 އޮކްޓޯބަރު 2026
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
22 އޮކްޓޯބަރު 2026

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

22 އޮކްޓޯބަރު 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
21 އޮކްޓޯބަރު 2026

މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި

21 އޮކްޓޯބަރު 2026
މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި
19 އޮކްޓޯބަރު 2026

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026
މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ
14 އޮކްޓޯބަރު 2026

އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟

14 އޮކްޓޯބަރު 2026
އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް