ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު
28 އޮކްޓޯބަރު 2026 | ބުދަ 09:41ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ހޯމް ސްކޫލިންގެ ފުރުސަތު ލިބެނީ ހަމައެކަނި ތަނަވަސް އާއިލާތަކަށް ކަމަށާއި، ނިކަމެތި ބެލެނިވެރިންނަށް ބުރަބޮޑުވާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވެއްޖެ. މީގެ އިތުރުން މުދައްރިސުންގެ ހައްގުތައް އުނިވެ، ކައުންސިލްތަކަށް މާލީ އެހީތެރިކަން ނުލިބި ޒިންމާތައް އިތުރުވުމަކީ މި ބިލު ފާސްކުރަން ހެޔޮނުވާނެ ސަބަބުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި


ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު | ރާއްޖެ އެމްވީ
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފަސޭހަތަކެއް ހުންނަ ކަމަށާއި، ނަމަވެސް ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ މި ބިލުގައި މާލީ ތަނަވަސްކަން ނުލިބޭ ފަރާތްތަކަށް ހޯމް ސްކޫލްއިންގ ނުލިބޭ ވާހަކަ ލިޔެފައި އޮތީ ދިވެހި ބަހުން ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން އެތަށް ބުރައެއް އުފުލަން ޖެހޭކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މި ބިލުގައި ގެނެސްފައިވާ އިސްލާހު އާންމު ބަހުން ބުނާ ކަމުގައި ވާނަމަ ހޯމް ސްކޫލިންގ ދެން ދެވޭނީ މުއްސަނދި މީހާގެ ދަރިއަށް ކަމަށެވެ.
މިވާހަކަ ލިޔެފައި އަޅުގަނޑުމެން މިތަނުގައި ކިތަންމެ މޮޅަށް ބަހުސް ކުރިއަސް މިނޫން ގޮތަކަށް މިކަމެއް ނުދާނެ، ހާއްސަ އެހީއެއް ބޭނުންވާ ބެލެނިވެރިންނަކީ މިހާރު ވެސް އެތައް ބުރައެއް އުފުލަމުންދާ ބައެއް އިތުރު ބުރައެއް މިކަން މިވަނީ ހާއްސަކޮށް އެދޭ ތެރެޕީ ވެސް މިއޮންނަނީ މަހުން މަހަށް ދޭންވާ ފައިސާ ވެސް ނުދެވި، މިސަރުކާރު އައިފަހުން އެންމެ ބޮޑަށް އަޅުގަނޑު ކުރާ ޝަކުވާއަކީ މިއީ މި މާއްދާ މިހެން އޮވެގެންނެއް މި ގާނޫނުގެ މުޅި ބޭނުން ކެނޑިގެން މިދަނީހުސެއިން ޒިޔާދު
މި ބިލުގެ 13 ވަނަ މާއްދާގެ (ސ) ގައި އޮތް ގޮތުން ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ބައެއް ހައްގުތައް އުނިވެގެންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
މިހާރުގެ ވެސް ހާލަތަކީ ޓީޗަރަކު ރަށުން ބޭރަށް ކުދިންތަކެއް ގޮވައިގެން މުބާރަތެއްގައި ބައިވެރިވާން ދިޔަޔަސް ބަންދު ދުވަހުގެ ލާރިއެއް އޮވަރ ޓައިމްއެއް އެ ޓީޗަރުންނަަކަށް ނުލިބޭ. އެހެންނަމަވެސް ވަޒީރުން މިނިސްޓްރީން ބޭފުޅަކު ރަށަކަށް ގޮސްފިއްޔާ އޭނައަށް ހުރުމާއި ކެއުމާއި ހުރިހާ އިނާޔަތެއް އަޅުގަނޑުމެން ދޭހުސެއިން ޒިޔާދު
މީގެ އިތުރުން، މުޅި ބިލުގައި ވަރަަށް ބޮޑު ޒިންމާތަކެއް ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށާއި، ނަމަވެސް ޒިންމާ ހަވާލުކޮށްފައި އާމްދަނީ އުނި ކުރާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. ކައުންސިލަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ބޮޑު ކުރި ނަމަވެސް ކައުންސިލްތަކަށް ލިބޭ ގްރާންޓަށް ބަދަލެއް ނާންނަ ކަމަށާއި މިއަދު ވެސް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވެނީ ފައިސާ ނެތުމުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.
މެންބަރު ޒިޔާދު ވަނީ މި މާއްދާތައް މިގޮތަށް އޮވެގެން މި ބިލަކީ ފާސްކުރަން ހެޔޮ ވާވަރު އެއްޗެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ނިކަމެތީން އިތުރަށް ނިކަމެތިވާ ގޮތަށް ގާނޫނުތައް ހަދައިގެން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ.











