Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް

31 އޮކްޓޯބަރު 2026 | ހޮނިހިރު 07:56

ރަސްމާލެ މަޝްރޫއު ބޭރުގެ ކުންފުންޏަކަށް ދީފައިވާ މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން، ބޭރުގެ ނުފޫޒުން ގާނޫނުތަކަށް ބަދަލު ގެނައުމަކީ ނުރައްކާތެރި ކަމެއް ކަމަށް މެންބަރު މީކާއީލް ވިދާޅުވި. އަދި މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުތަކަކީ މެންބަރުންގެ އަޑު ކަނޑުވާލުމަށް ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައި، ގައުމުގެ ހައްގުގައި އެންމެން އެކުގައި އަޑުއުފުލުމަށް އޭނާ ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 31 އޮކްޓޯބަރު 2026 | ހޮނިހިރު 07:56
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވާ ކަމަށާއި، މިއީ ވަރަށް ބިރުވެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި މެންބަރު މީކާއިލް ވަނީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.  

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ކުރިން "އިންޑިއާ އައުޓް" ބެނާތައް އަޅައިގެން ނުކުތް ބޭފުޅުން މިހާރު ދައްކަވާ ވާހަކަތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ ނުފޫޒުން، ގާނޫނު އަސާސީ ބަދަލުކޮށް، 24 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

ރައީސް މައުމޫނު އިރުވެސް، ރައީސް ނަޝީދު އިރުވެސް، ޔާމީނު އިރުވެސް، އިބްރާހީމް މުހައްމަދު ސާލިހުގެ އިރުވެސް އެއްވެސް ވެރިއަކު އެ މީހުންގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ބަދަލު ނުކުރާ ވަރަށް ގާނޫނުތައް އެބަ ބަދަލުކުރައްވާ. އަލަށްބާރުގެ ބުނުމަކަށް ރައްޔިތުންގެ މަޖިލީހުގެ ގާނޫނުތައް ބަދަލުކުރާ ހިސާބަށް ދިޔައިމާ އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭ
 މީކާއިލް އަހުމަދު ނަސީމް

މީގެ އިތުރުން މަޖިލީހުގައި ގަރާރު ހުށަހެޅުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ، އެއީ މަޖިލީހުގައި ތިއްބެވި މަދު މެންބަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަސްމާލެ މަޝްރޫއުތަކުގެ ފަހަތުގައި ފޮރުވިފައިވާ ކަންކަމާއި، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ވަރަށް ބޮޑުކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ވަކި ޕާޓީއަކާ ނުވަތަ ވަކި ފިކުރަކާ ގުޅިފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވަނީ، ގައުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ގައުމުގެ މުސްތަގުބަލާއި ދަރިންގެ ހައްގުގައި މި މައްސަލައިގައި އަޑުއުފުލުމަށް ގޮވާލައްވާފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްރަސްމާލެމީކާއިލް އަހުމަދު ނަސީމް

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

މުލިއާގެ އިން ދިން އިންޒާރާއެކު ސަރުކާރުގެ ގިނަ މެންބަރުން ނޫސްވެރިންނަށް ފިއްލަވައިފި، އެއްބަސްވުން އެހާ ރަނގަޅިއްޔާ ޖަވާބުނުދެއްވީ ކީއްވެ؟

5

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިއަކަށް، މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އައްޔަނު ކޮށްފި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2026

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ ވައްކަމާއި ޖަރީމާ ހިމެނޭތީ: ޝަމާއު

31 އޮކްޓޯބަރު 2026
ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ ވައްކަމާއި ޖަރީމާ ހިމެނޭތީ: ޝަމާއު
31 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް

31 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް
30 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: ބޯހިޔާވަހިކަމުގެ ނަމުގައި ގައުމުގެ ސިޔާދަތާއި ގާނޫނީ އިންތަކަށް އުނިކަން އަތުވެދާނެތީ ކަންބޮޑުވުން

30 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: ބޯހިޔާވަހިކަމުގެ ނަމުގައި ގައުމުގެ ސިޔާދަތާއި ގާނޫނީ އިންތަކަށް އުނިކަން އަތުވެދާނެތީ ކަންބޮޑުވުން
30 އޮކްޓޯބަރު 2026

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

30 އޮކްޓޯބަރު 2026
ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު
30 އޮކްޓޯބަރު 2026

ރައްޔިތުންގެ ފައިސާއިން ހިއްކަމުންދާ ރަސްމާލެ "ޔަހޫދީއަކަށް" ދޫކޮށްލަން ނިންމުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ކުރި މަލާމާތެއް: މޮސްޓާ

30 އޮކްޓޯބަރު 2026
ރައްޔިތުންގެ ފައިސާއިން ހިއްކަމުންދާ ރަސްމާލެ "ޔަހޫދީއަކަށް" ދޫކޮށްލަން ނިންމުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ކުރި މަލާމާތެއް: މޮސްޓާ
30 އޮކްޓޯބަރު 2026

މިއީ ގައުމީ އަބްތާލުންގެ ލެއިން ގުރުބާންވެގެން ދިފާއުކޮށްފައިވާ ބިމެއް، މި ބިމުން ޣައިރު ދީންތަކުގެ މީހުންނަށް ވެލިފުކެއްގެ މިންވަރު ވެސް ދޫނުކުރެވޭނެ: އަލީ ހުސެއިން

ކަނޑުން ގޯތިދިނޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ޑޮލަރަށް ޖެހިފައި ތިއްބައި ކަނޑަށް އެ އަޅާލީ 700 މިލިއަން ޑޮލަރު: މީކާއިލް

30 އޮކްޓޯބަރު 2026
ކަނޑުން ގޯތިދިނޭ ކިޔައިގެން ވެރިކަމަށް އައިސް ރައްޔިތުން ޑޮލަރަށް ޖެހިފައި ތިއްބައި ކަނޑަށް އެ އަޅާލީ 700 މިލިއަން ޑޮލަރު: މީކާއިލް
29 އޮކްޓޯބަރު 2026

އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް

29 އޮކްޓޯބަރު 2026
އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް
29 އޮކްޓޯބަރު 2026

ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ: ޝަމާއު

29 އޮކްޓޯބަރު 2026
ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ: ޝަމާއު
29 އޮކްޓޯބަރު 2026

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026
މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް