Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން

27 އޮކްޓޯބަރު 2026 | އަންގާރަ 12:38

ޓެކްސްގެ ނިޒާމަށް ކުއްލި ބަދަލުތައް ގެނައުމަކީ އިގްތިސާދީ ރޭވުންތެރިކަމެއް ނެތްކަން ހާމަވާ ކަމެއް ކަމަށާއި، މީގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމަށް މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ. މީގެ އިތުރުން، ޓެކްސް މައްސަލަތައް އިސްތިއުނާފު ކުރުމުގެ ކުރިން ފައިސާ ދައްކަންޖެހޭ ގޮތަށް އޮތުމުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 އޮކްޓޯބަރު 2026 | އަންގާރަ 12:38
ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް | ރައްޔިތުންގެ މަޖިލިސް

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދުމުން އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އަމީން ވިދާޅުވީ ކުއްލި ކުއްލިއަށް ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމުން ދޭހަވަނީ މިސަރުކާރުގައި އިގްތިސާދު ހަމައަކަށް އެޅުވުމުގައި އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތް ކަން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ސަރުކާރުގެ އިގްތިސާދީ ސިޔާސަތު އެހާ ދޯހަޅިވެގެން ދިޔުމުން މީރާއަށް އޮތް އިތުބާރު ގެއްލިގެންދާ ކަމަށާއި ދެ ދުވަހުން އެއް ދުވަހު އިސްލާހުތައް ގެންނަން ވެއްޖެ ކަމުގައި ވާނަމަ ޓެކްސްގެ ނިޒާމާ މެދު ރައްޔިތުންނާއި އިންވެސްޓަރުންގެ މެދުގައި އޮތް އިތުބާރު ގެއްލިގެން ދާނެ ކަމަށް މެންބަރު އަމީން ވިދާޅުވި އެވެ. މީގެ ސަބަބުން ގައުމުގެ އިގްތިސާދަށް ނުރައްކަލަކަށް ވެގެން ދާނެ ކަން މެންބަރު އަމީން ފާހަގަކުރެއްވި އެވެ. 

ހަމައެއާއެކު، މި ބިލުގެ އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ގާނޫނު ނަންބަރު 25 އޮބްލިކް 2019 ގެ 66 ވަނަ މާއްދާ އަދި 67 ވަނަ މާއްދާގައި ބަޔާންކުރާ މުއާމަލާތްތަކާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ގުޅުން ހުރި ފަރާތްތަކަށް ކުރާ މުއާމަލާތްތަކުގައި އިސްތިއުނާފް ކުރުމުގެ އަދަދު 100 އިންސައްތަ ދައްކަން ޖެހޭ ކަމަށް އޮތުމުން މެންބަރު އަމީން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

އަޅުގަނޑުމެންގެ ޝަރުއީ ނިޒާމުގައި މި މައްސަލަތައް ދިގުލައިގެން ދިޔުމާއި މިގޮތަށް މިހުރި ކަންކަމަށް ބަލާލާއިރުގައި މިއީ ކިހާ ވަރެއްގެ ގެއްލުމެއް މިކަމާއި ގުޅުން ހުރި ނޫނީ ޓްރައިބިއުނަލްއަށްދާ ވިޔަފާރިތަކަށް އެ ކުޑަވިޔަސް ބޮޑު ވިޔަސް މި ކިހާވަރެއްގެ ގެއްލުމަކާއި އެފަރާތްތަކާއި އިންސާފު ލިބޭ އިރުގައި ކުރިމަތިލާން ޖެހިދާނެ ކަމެއްތޯ އިއްޒަތްތެރި ރައީސް މިއީ ހަމަ އަޅުގަނޑުމެން ކޮމިޓީ މަރުހަލާގައި ވިސްނާލަން ވަރަށް ރަނގަޅު ކަމެއް 
އަމީން ފައިސަލް 

މީގެ އިތުރުން، ޓެކްސްގެ ސިޔާސަތަކީ ގައުމެއްގައި އެންމެ ހަރުދަނާވާން ޖެހޭނެ ސިޔާސަތުކަން ފާހަގަކުރައްވައި މެންބަރު އަމީން ވިދާޅުވީ ކުއްލި ކުއްލި އަށް ނުވަތަ ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމެއްގެ ޓެކްސް ނިޒާމް ހެދުމުން އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށް ކަމަށެވެ. އަދި އޭގެ އަސަރު ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް މެންބަރު އަމީން ވިދާޅުވި އެވެ. 

އަމީން ފައިސަލް20 ވަނަ ރައްޔިތުންގެ މަޖިލީސްޓެކްސް ނެގުމާބެހޭ ޤާނޫނު

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2026

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

27 އޮކްޓޯބަރު 2026
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
27 އޮކްޓޯބަރު 2026

ޓެކުހާ ގުޅޭގޮތުން އިސްތިއުނާފުކުރާއިރު ބަހައްޓަންޖެހޭ ޑިޕޮސިޓު 50 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި

27 އޮކްޓޯބަރު 2026
ޓެކުހާ ގުޅޭގޮތުން އިސްތިއުނާފުކުރާއިރު ބަހައްޓަންޖެހޭ ޑިޕޮސިޓު 50 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި
26 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު

26 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން، އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ: މެންބަރު ޣަފޫރު
26 އޮކްޓޯބަރު 2026

މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ!

26 އޮކްޓޯބަރު 2026
މައްސަލަ އުފެދެނީ ސަރުކާރު ފާރަވެރިވުމާއި، ރައްޔިތުން ތަމްސީލުކުރުމުގެ ޒިންމާއިން މުޅިން ރެކިވަޑައިގެން ތިއްބަވާތީ!
22 އޮކްޓޯބަރު 2026

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

22 އޮކްޓޯބަރު 2026
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
22 އޮކްޓޯބަރު 2026

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

22 އޮކްޓޯބަރު 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
21 އޮކްޓޯބަރު 2026

މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި

21 އޮކްޓޯބަރު 2026
މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި
19 އޮކްޓޯބަރު 2026

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026
މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ
14 އޮކްޓޯބަރު 2026

އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟

14 އޮކްޓޯބަރު 2026
އިސްރާއީލު މީހުން ވަޒަންވެރިވުމާއި "ޖިހާދީ" ލޭބަލް: މަޖިލީހުގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް އަދިވެސް ރައްޔިތުން ތިބެންވީ ހިމޭނުންތަ؟
13 އޮކްޓޯބަރު 2026

ނުހައްގު މުއްސަނދި ކަމުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހޭ ބިލު ހުށަހަޅަން ބިރު ގަންނަން ޖެހޭނީ ރައީސް ނޫންތޯ؟: މެންބަރު އައިބީ

13 އޮކްޓޯބަރު 2026
ނުހައްގު މުއްސަނދި ކަމުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހޭ ބިލު ހުށަހަޅަން ބިރު ގަންނަން ޖެހޭނީ ރައީސް ނޫންތޯ؟: މެންބަރު އައިބީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް