Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓު

މިއަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަށް މިހާރު ނުބެލެވޭ: މިނިސްޓަރު ޒަރީރު

29 އޮކްޓޯބަރު 2026 | ބުރާސްފަތި 11:05

ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ދަތުރުފަތުރުގެ އަގު ބޮޑުވެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންދާޒާކުރި ވަރަށްވުރެ ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ ފަތުރުވެރިންގެ އަދަދު މަދުވި ނަމަވެސް، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ބަދަލެއް ނާންނާނެ ކަމަށާއި އިގްތިސާދީ ވިލުންތެރިކަން ވަރުގަދަ ކަމަށް. ނަމަވެސް ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ބޮޑުވުމަކީ މިވަގުތު އޮތް ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޮކްޓޯބަރު 2026 | ބުރާސްފަތި 11:05
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަނީ | ރައްޔިތުންގެ މަޖިލިސް

2026 ވަނަ އަހަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް އަންނާނެ ކަމަކަށް މިހާރު ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރު ޒަރީރު މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ. އެގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް ހުރީ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންދާޒާކުރި ވަރަށް ކުރިއަރާފައި ކަމަށެވެ. ނަމަވެސް މިއަހަރު ފުރަތަމަ ކުއާޓަރ ނިމިނުއިރު ބޮޑު ހަނގުރާމައެއް ފަށާފައިވުމުން މުޅި ދުނިޔޭގެ ވިޔަފާރިއާއި ދަތުރުފަތުރަށް ލޮޅުންތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ވައިގެ ދަތުރުފަތުރުގެ އަގު އުފުލި އެެއާލައިންތަކުން ދަތުރުކުރި ދަތުރުކުރުން މަދުކުރި ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. އަދި މީގެ ސީދާ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.

އެގޮތުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މެދުއިރުމަތީގެ ޓްރާންސިޕްޓް ކުރާ ހަބްތަކަށް ބުރުއަރާ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް ނޭދެވޭ އަސަރުތަކެއް ކުރި، އެހެންކަމުން މަރޗް މަހާއި އެޕްރީލް މަހު ރާއްޖެެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 23 އިންސައްތަ ދަށަށް ގޮސްފައި. އަދި މިއަހަރު އޮކްޓޫބަރު މަހު 27 ގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 3.7 އިންސައްތަ ދަށްވެފައި
ހަސަން ޒަރީރު 

2026 ވަނަ އަހަރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް މިހާރު ނުބެލެވުނުކަމުގައިވީ ނަމަވެސް 2025 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދާއި ގާތްކުރާ އަދަދަކަށް މިއަހަރު ނިމޭއިރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

މިނިސްޓަރު ޒަރީރު ވަނީ މިފަދަ އަސަރުތައް އިގްތިސާދަށް ކުރި ނަމަވެސް އިގްތިސާދީ ވިލުންތެރިކަން ވަރަށް ވަރުގަދަ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވި ނަމަވެސް މިއަހަރަށް އަންދާޒާ ކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ވަންނާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން، މިނިސްޓަރު ޒަރީރު ވަނީ މި ދަނޑިވަޅުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހަރަދުތައް ބޮޑުވުން ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑިވި ކަމަށް ވިދާޅުވެފަ އެވެ.  

ފަތުރުވެރިކަން20 ވަނަ ރައްޔިތުންގެ މަޖިލީސްހަސަން ޒަރީރު

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

5

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2026

އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ: ފިނޭންސް މިނިސްޓަރު

29 އޮކްޓޯބަރު 2026
އަންނަ އަހަރު އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ: ފިނޭންސް މިނިސްޓަރު
29 އޮކްޓޯބަރު 2026

އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު

29 އޮކްޓޯބަރު 2026
އޭއައި ބޭނުންކޮށްގެން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ: ވަޒީރު
29 އޮކްޓޯބަރު 2026

2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!

29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް!
28 އޮކްޓޯބަރު 2026

އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް

28 އޮކްޓޯބަރު 2026
އުއްތަމަ ފަނޑިޔާރު، ވަޒީރުން އަދި ކައުންސިލްތަކުގެ މުސާރަ ބޮޑުކުރަނީ ރަސްމާލެ މަޝްރޫއަށް ނުފޫޒުފޯރުވަން: މެންބަރު މީކާއިލް
28 އޮކްޓޯބަރު 2026

ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު

28 އޮކްޓޯބަރު 2026
ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހާއްސަ ބުރައެއް: މެންބަރު ޒިޔާދު
28 އޮކްޓޯބަރު 2026

މަޖިލިސް ރައީސްއާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކައުންސިލުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި

28 އޮކްޓޯބަރު 2026
މަޖިލިސް ރައީސްއާއި ސަރުކާރުގެ ވަޒީރުންގެ އިތުރުން ކައުންސިލުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި
28 އޮކްޓޯބަރު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް

28 އޮކްޓޯބަރު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް
27 އޮކްޓޯބަރު 2026

ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި

27 އޮކްޓޯބަރު 2026
ދީނީ އަދި އިގުތިސާދީ ކުށްތައް ހިމަނައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު، ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއިން ވެސް އުނިކޮށްފި
27 އޮކްޓޯބަރު 2026

ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން

27 އޮކްޓޯބަރު 2026
ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ގައުމުގެ ޓެކްސް ނިޒާމް ހެދީމަ އޭގެ ގެއްލުން ކުރާނީ މުޅި ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް: މެންބަރު އަމީން
27 އޮކްޓޯބަރު 2026

ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

27 އޮކްޓޯބަރު 2026
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް