Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައީސް މުއިއްޒު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި އިރު ވެސް ވިސްނުން ބެހެއްޓެވީ އެމަނިކުފާނުގެ ޖީބަށް ލެވޭނީ ކޯއްޗެއްތޯ ބެލުމަށް: އާޔަތުﷲ

3 ނޮވެމްބަރު 2026 | އަންގާރަ 12:35

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް 500 ހެކްޓަރުގެ ބިން ދޫކޮށްލުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބ. ހިތާދޫ ދާއިރާގެ އެމްޑީޕީ ރައީސް އާޔަތުﷲ ހުސެއިން ވިދާޅުވެއްޖެ. މި މަޝްރޫއު ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ، ރައީސް މުއިއްޒަކީ އަމިއްލަ ފައިދާއަށް ގައުމު ވިއްކާލަން ވެސް ފަސްނުޖެހޭނެ، އިހްލާސްތެރިކަމެއް ނެތް ބޭފުޅެއް ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 3 ނޮވެމްބަރު 2026 | އަންގާރަ 12:35
 އެމްޑީޕީ ގައުމީ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން

އެމްޑީޕީ ގައުމީ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން | ރާއްޖެ އެމްވީ

ރައީސް ޑރ މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި އިރު ވެސް ވިސްނުން ބެހެއްޓެވީ އެމަނިކުފާނުގެ ޖީބަށް ލެވޭނީ ކޯއްޗެއްތޯ ބެލުމަށް ކަމަށާއި ރައީސް މުއިއްޒުއަކީ ރައްޔިތުންނަށް އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އަޔަތުﷲ ވިދާޅުވީ އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކޮށްލުމަކީ ރައްޔިތުން ދެކޮޅު ކަމެއް ކަން ރައީސް މުއިއްޒުއަށް އިނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓްމަންޓެއް އައީ އަލަކަށް ނޫން ކަމަށާއި މީގެ ކުރިން ވެސް ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓްތައް ހިންގާފައިވާ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ވުރެ ރަނގަޅަށް، ދެފުށް ފެންނަ ގޮތަކަށް ކަންތައް ކޮށްފައި އަދި މި މަޝްރޫއުގެ ދަށުން ދިވެހި ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ ބަލާފައި ނޫނީ މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނަމަ ދިވެހި ރައްޔިތުންނަށް ވެސް ހިލޭ ނުލިބޭ ކަމަށާއި ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެ ހިލޭ ނުދެވޭނެ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ. 

މީތި ވާން ޖެހޭނީ ކުލީގެ ގޮތުގައި އޭ މީތި ބާއްވަން ޖެހޭނީ އެނޫން ގޮތަކަށް މީތި ނުވާނެ، އިކުއިޒިޝަން ކޯސްޓް ނަގާފައި ޕްލަސް އަޅުގަނޑުމެންނަށް އެހެން ގައުމުތަކުގައި އެބަހުއްޓޭ ސްޓޭޓްއާ އެއްކޮށް ދައުލަތާއި އެއްކޮށް 35 ޕަސަންޓްގެ ޖޭވީ އެގްރީމަންޓްތައް ހަދާފައި މިކަމުގެ ޑީލްތައް ކުރިއަށް ގެންގޮސްފައި އެހެންވީމަ އަބަދު ވެސް ބަލަން ވާނީ މީގައި ރައްޔިތުންނަށް މީގަ ފައިދާ ވާނެ ގޮތަކަށޭ. 
އާޔަތުﷲ ހުސެއިން

މީގެ އިތުރުން އާޔަތުﷲ ވަނީ ރައީސް މުއިއްޒުއަކީ އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ފާޑު ވިދާޅުވެފައި އެވެ. 

ތިބޭފުޅުންނަށް ހަނދުމަފުޅު ވާނެ އެންމެ ފުރަތަމަ ހައުސިންގ މިނިސްޓްރީގައި ރައީސް ވަހީދު ދައުރުގައި މިބޭފުޅާ ހުރިއިރު މީބޭފުޅާއަކަށް ނޭނގުނޭ، މިހާރު ޑީ ވޯޓަރިންގ ކުރާއިރު އާންމުކޮށް ހޮޅިތައް އަޅާނީ އަޑިން ހުރިހާ ގައުމެއްގައި ވެސް އެކަމަކު މިބޭފުޅާ އެ ހުރިހާ ހޮޅިތައް އެޅީ ޑީ ވޯޓަރިންގ ކުރަން ވެގެން މާލޭގެ މަގުތަކުގައި އެޅީ މަތިން އެއީ މިހާ މިބުނާ އެއްޗަކީ އަޅުގަނޑުދެން ވަރަށް ތިލަކޮށް ބުނާނަން މިހާ ތަންދޮރު ނޭނގޭ، މިހާ ގަމާރު މީހަކު މިގައުމުގެ ވެރިކަމަށް މިހުރީ 
އާޔަތުﷲ ހުސެއިން

ހަމައެއާއެކު އާޔަތުﷲ ވިދާޅުވީ މާލެ ސިޓީ މޭޔަރު ކަމަށް ވަޑައިގަތުމަށްފަހު ވެސް ވިސްނުން ބެހެއްޓެވީ އެމަނިކުފާނު ޖީބަށް ލެވޭނީ ކޯއްޗެއްތޯ ބެލުމަށް ކަމަށެވެ. އަދި ގައުމު ވިއްކާލާފައި ނަމަވެސް ރައީސް މުއިއްޒުގެ އަމިއްލަފުޅު ފައިދާއަށް ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ. 

އާޔަތުﷲ ހުސެއިންރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް

28 އޮކްޓޯބަރު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ރަސްކަމެއް ނެތި ރަސްކަލަކަށް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް