Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުމޫން

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2017 | ހޮނިހިރު 00:26
ފްލެޓްތަކުގެ ބޮޑު ޑައުން ޕޭމެންޓަށް ލުއިއެއް ހޯދުމަށް ކުރި މުޒާހަރާގެ ތެރެއިން

ފްލެޓްތަކުގެ ބޮޑު ޑައުން ޕޭމެންޓަށް ލުއިއެއް ހޯދުމަށް ކުރި މުޒާހަރާގެ ތެރެއިން

ކުރީގެ އަރަބިއްޔާ ސްކޫލާ ގާކޮށި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ބޮޑު ޑައުން ޕޭމެންޓަށް ލުއިއެއް ހޯދުމުގެ ގޮތުން ފްލެޓް ލިބުނު 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައީސް އޮފީހަށް ހުށައެޅުމުން ހައުސިންގް މިނިސްޓްރީއަށް ގޮސްގެން މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހުން ބުނެފިއެވެ.

ދެ މިލިއަން ރުފިޔާއަށް ފްލެޓް ވިއްކަން ނިންމުމާ ގުޅިގެން ފުލެޓް ލިބުނު 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ކަމާބެހޭ މުވައްސަސާތަކަށް ރައީސް އޮފީހަށް އަދި ހިއުމަން ރައިޓްސް ކޮމިޝަނަން ހުށައެޅި ޕެޓީޝަންގެ ޖަވާބު ރައީސް އޮފީހުން ބުރާސްފަތި ދުވަހު ފްލެޓް ލިބުނު މީހުންނަން ވަކިވަކިން ދެމުން އަންނަ ކަމަށް އެމީހުން ބުންޏެއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ފްލެޓް ލިބުނު މީހަކު ބުނީ ރައީސް އޮފީހުގެ ޖަވާބުގައި ބުނެފައި ވަނީ ފްލެޓްތަކުގެ މައްސަލަތަށް ބަލަމުން އަންނީ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވާތީ އެ މިނިސްޓްރީއަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެ މައްސަލަ ހައުސިންގް މިނިސްޓްރީގެ ސަމާލު ކަމަށް ރައީސް އޮފީހުގެ ފަރާތުން ގެންނާނެ ކަމަށް ސިޓީގައި ބުނެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އާންމު މައްސަލަހަތަށް ފުށުއަރާފާނެތީ، އާންމު ފަރާތްތަކަށް ރައީސް އޮފީހަށް ފޮނުވާ ސިޓީ އާއި ޕެޓިޝަންތަކުގެ ޖަވާބު އެ އޮފީހުގެ ފަރާތުން މީޑިއާތަކަށް ހިއްސާ ނުކުރާ ކަމަށެވެ.

ފްލެޓް ލިބުނު މީހުންނަން ފްލެޓް ދޭން ސަރުކާރުން ނިންމާފައި ވަނީ ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވުމުންނެވެ. އަދި ޑައުންޕޭމެންޓެއްގެ ގޮތުގައި 400،000ރ. ދައްކަން ޖެއެވެ. ލޯނު ދެއްކުމަށް މަހެއްގެ މައްޗަށް 33،000ރ. ދައްކަންޖެހެއެވެ. ގެދޮރު ގަންނަން ބޭންކުތަކުން ލޯނު ދޭ އާންމު އުސޫލުން ލޯނަން ޝަރުތު ހަމަވާ އާމްދަނީއެއް ގިނަ މީހުންނަކަށް ނުލިބެއެވެ. ލޯނަން ޝަރުތު ހަމަވާ މީހުން ދެ މިލިއަން ރުފިޔާގެ ލޯނު އަބުރާ ދައްކައި ނިމޭއިރު ގާތްގަނޑަކަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރައެވެ.

މިކަމާ ގުޅިގެން ފްލެޓް ލިބުނު ފަރާތަށް ހުށައެޅި ޕެޓިޝަނަން ރަސްމީކޮށް ޖަވާބު ދީފައި ވަނީ ރައީސް އޮފީހުން އެކަންޏެވެ.

އެމްޑީޕީ ސަރުކާރުން 2012 ވަނަ އަހަރު ފްލެޓެއްގެ އަގު ކަމަށް ނިންމާފައި ވަނީ 20 އަހަރުގެ ތެރޭގައި 1.7 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެއީ ގާތްގަޑަކަށް މަހެއްގެ މައްޗަށް 9،000ރ. އެވެ. ޑައުންޕޭމެންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކި ބައި 20 އަހަރަށް ބަހާއިގެން ދައްކާ ގޮތަށް އެމްޑީޕީގެ ސަރުކަރުން އޭރު ހަމަޖައްސާފައިވާ ކަމަށް އެ ޕާޓީން ބުންޏެއެވެ. އަދި ކުރިން ކަނޑައަޅާފައިވާ އުސޫލުން ފްލެޓްތައް ހެޔޮ އަގުގައި ދޫކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. ފްލެޓްތަކުގެ ފެންވަރު ދައްވެގެން ވެސް ވަނީ ޝަކުވާ ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު