Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

އައިޝަތު ޝާނާ
އައިޝަތު ޝާނާ, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2017 | ހުކުރު 23:30
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހި ރައްޔިތުންގެ ތާއީދު ލިބިވަޑައިގަނެފައިވާ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނު މިއަދު ވަނީ ވަރަށް ބޮޑަށް ފެއިލްވެފައިކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ބ.ދަރަވަންދޫގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ކުރާ ކޮންމެ ކަމެއްމެ ކުރަމުންގެންދަނީ ކޮރަޕްޝަން އެކަމުގައި ހިމެނޭފަދަ ގޮތަކަށް ކަމަށެވެ. ޝިފާ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ހެޔޮ ނިޔަތެއްގައި މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާކަމަށާއި، ކުރާ ކޮންމެ ކަމެއްގައިވެސް ހިމެނެނީ ވައްކަމާއި ފަސާދަކަމަށް ޝިފާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝިފާ ވިދާޅުވީ، ރައީސް ޔާމީންގެ މިފަދަ ނޭދެވޭ އަމަލުތައް މިއަދު ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. އަދި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއިދު ނެތްކަމަށާއި، އެމަނިކުފާނާއި އެމަނިކުފާނުގެ ސިޔާސަތު ފެއިލްވެފައިވާކަމަށެވެ.

"ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫން، އެމަނިކުފާނު މިއަދު ވަނީ ވަރަށް ބޮޑަށް ފެއިލްވެފަ،" ޝިފާ ވިދާޅުވި އެވެ.

މިސަރުކާރުގެ އަމާޒުހުރީ ރައްޔިތުން ބަނޑަށް ޖެއްސުމަށްކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ، ކާޑުގެ ބާވަތްތަކާއި، ކަރަންޓާއި އަދި އަސާސީ ބޭނުންތަކަށް ބޭނުންކުރާ އެންމެހާ ބާވަތްތަކުގެ އަގު މިއަދު އިންތިހާއަށް ބޮޑުކުރަމުންދާ ކަމަށެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، މިގައުމު ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކޮށް، އަމާންތަނަކަށް ހެދުމަށް ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޔޫއޯގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށްވެސް ޝިފާ ވަނީ ގޮވާލައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު