Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުމޫން

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ޖެނުއަރީ 2017 | ހޮނިހިރު 01:53
ރައީސް އޮފީސް

ރައީސް އޮފީސް

ކުށުން ދުރުވެގެން މުޖުތަމައު އަށް އަންބުރާ އައުމަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވާއިދުގެ ނަމުގައި އާ ގަވައިދެއް އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

ބުރާސްފަތި ދުވަހު އެކުލަވާލި މި އާ ގަވާއިދަކީ، ޖިނާއީ ކުށުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އުޅުމަށާއި އަހުލާގަށް ބެލުމަށްފަހު، އަދި މުޖުތަމައަށް އެނބުރި އައިސް، މުޖުތަމައަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުސަތެއް އޮތް މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ މީހަކު ކޮށްފައިވާ ކުށަށް މައާފުދިނުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދެކެވެ.މި ގަވައިދުގެ ދަށުން ލުއި ދޭނީ ރައީސް އަމިއްލައަށްފުޅަށް އިސް ނަންގަވައިގެންނެވެ. ގަވައިދުގައިވާ ގޮތުން ރައީސްގެ އިސްނެންގެވުމުގެ މަތިން ޝަރުތާއެކު މައާފުދޭން ފެންނަ މީހުން ކަނޑައެޅުމަށްޓަކައި، ކަމާބެހޭ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް، "ރައީސުލްޖުމްހޫރިއްޔާގެ މައާފުދިނުމުގެ ހާއްސަ ފުރުސަތު ދޭ ފަންނީ ކޮމިޓީ" ގެ ނަމުގައި ހޯމް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ.

Advertisement - newsAdvertisement

މިނިސްޓަރުގެ އިރުޝާދާއެކު ހިންގާ މި ކޮމެޓީން މައާފު ދިނުމަށް ފުރުސަތު ދޭން ނިންމައިފިނަމަ، އެނބުރި މުޖުތަމައަށް އައިސް، ކުށުން ދުރުހެލިވެފައިވާ އަދި މުޖުތަމައަށް ފައިދާހުރި މީހެއްގެ ގޮތުގައި ދިރިއުޅުމުގެ ފުރުސަތު އޮތް ކަމަށް ފެންނަ މީހުންގެ ލިސްޓު އެކުލަވައިލުމަށްފަހު، ކޮމިޓީން ރައީސްއަށް އެ މައުލޫމާތު ފޮނުވަން ޖެހޭނެ އެވެ.މާފު ނުދޭނެ ކުށްތަކުގެ ތެރޭގައި އިސްތިއުނާފު މަރުހަލާގައި ތިބި ކުށްވެރިން، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ މީހުން،ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުށްވެރިން،ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވާ މީހުން،މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ މީހުން އަދި ގަދަކަމުން ޖިންސީގުޅުން ހިންގުމުގެ ކުށްސަބިތުވެފައިވާ މީހުން ހިމެނެއެވެ.އަދި މާފު ދެވޭނީ ގަވައިދުގައިވާ ގޮތުން އެ މީހެއްގެ މައްޗަށް އެންމެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާނަމަ އެވެ. އެ މީހެއްގެ މައްޗަށް އެއް ހުކުމަށް ވުރެ ގިނަ ހުކުމްކޮށްފައިވާނަމަ، ތަންފީޒުކުރަމުންދާ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކުރުމުން ނޫނީ މާފު ނުދެވޭނެ ކަމަށް ގަވާއިދުގައި ވެއެވެ.މާފު ދޭން ފެންނަ ކަމަށް ކޮމެޓީން ނިންމާ މީހުންނަށް ހާއްސަ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ކޮމެޓީން ހިންގަން ޖެހެ އެވެ. ރައީސް މާފު ދޭނީ އެ ޕްރޮގްރާމް ފުރިހަމަކަމާއެކު ނިންމުމުންނެވެ. މައާފުދިނުމަށް ފުރުސަތުދޭން ކޮމިޓީއަށް ފެންނަ މީހުންނާ ގުޅޭގޮތުން ރައީސް ވަކި ގޮތެއް ނިންމަވައި، ހޯމް މިނިސްޓަރަށް އެންގެވުމުން، އެ ނިންމެވުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިނިސްޓަރުގެ އެންގެވުމުގެ މަތިން ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

މި ގަވާއިދުގެ ބޭނުމަކީ ޖިނާއީ ކުށުގެ ޙުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން، އެ މީހެއްގެ އުޅުމަށާއި އަޚުލާޤަށް ބެލުމަށްފަހު، އަދި މުޖުތަމަޢަށް އެނބުރި އައިސް، މުޖުތަމަޢަށް ފައިދާހުރި، ދިރިއުޅުމުގެ ފުރުޞަތެއް އޮތް މީހުންނަށް، އެފަދަ ފުރުޞަތު ފަހިކޮށްދިނުމެވެ.އަދި ތަކުރާރުކޮށް ކުށްކުރާ މީހުންގެ އަދަދު މަދުކޮށް، ކުށްކުރުމުގެ ތެރެއަށް އެ މީހުން ދިޔަނުދީ، ޢާއިލީ ދިރިއުޅުމަކަށް ދިޔުމަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ރީހެބިލިޓޭޝަންގެ އުޞޫލުތަކުގެ ތެރެއިން، ޖިނާއީ ކުށެއްގެ ޙުކުމް އިއްވާފައިވާ މީހުންނަށް ކުށުން ދުރުހެލިވެފައިވާ ދިރިއުޅުމަކަށް އަނބުރާ އައުމުގެ ފުރުޞަތު ފަހިކޮށްދިނމާއި ރީހެބިލިޓޭޝަންގެ އުސޫލުތަކުގެ ތެރެއިން، ފަރުވާދީގެން މުޖުތަމަޢަށް އަނބުރާ ގެންނަ މީހުންނަކީ، މުޖުތަމަޢުގެ ސަލާމަތާއި، އެންމެންގެ ޙައްޤުތަކަށް ރައްކާތެރިވެ ތިބެ، ޤައުމު އާރާސްތުކުރުމާއި، ތަރައްޤީކުރުމުގައި ބައިވެރިވެ، ޢާއިލީ ޒިންމާ އުފުލައި، އުފާވެރިކަމާއެކު ޞުލްޙަވެރި އަމާން މާހައުލެއްގައި ކާމިޔާބުކަމާއެކު ދިރިއުޅެވޭ ފަދަ މީހުންކަމުގައިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު