Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޭދޫ ފިނޮޅު

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ފޭދޫ ފިނޮޅު ގަނެފައިވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް އިން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 10 ޖެނުއަރީ 2017 | އަންގާރަ 12:30
ރައީސް މައުމޫން: ފޭދޫ ފިނޮޅު ބާއްވަން ޖެހޭނީ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ކަމަށް އެ މަނިކުފާނު ގޮވާލައްވާ

ރައީސް މައުމޫން: ފޭދޫ ފިނޮޅު ބާއްވަން ޖެހޭނީ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ކަމަށް އެ މަނިކުފާނު ގޮވާލައްވާ

މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފޭދޫ ފިނޮޅު ބާއްވައި ދިނުމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ހާއްސަކުރެވިފައިވާ ރަށެއްގެ ގޮތުގައި ފޭދޫ ފިނޮޅު އަލުން ކަނޑައަޅައިދިނުމަށް ޓޫރިޒަމް މިނިސްޓަރަށް ގޮވާލައްވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ކުރިން، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ކުޑަބަނޑޮހުގައި ވެސް ރިސޯޓެއް ހުޅުވާފައިވާއިރު، ރައީސް މައުމޫން ވިދާޅުވީ މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ އެއްވެސް ރަށެއް މިހާރު ނެތް ކަމަށެވެ.

މިހާރު ފުލުހުންގެ އެކިއެކި ބޭނުންތަކަށް ހާއްސަކުރެވިފައިވާ ފޭދޫ ފިނޮޅު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި، ބޭއްވުމަށް ރައީސް މައުމޫން މީގެ ކުރިން ވެސް ގޮވާލެއްވި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޓޫރިޒަމް މިނިސްޓަރަށް ރައީސް މައުމޫން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ސްކޫލު ކުދިންނާއި ޒުވާނުންގެ ނިސްބަތަށް ބަލާއިރު ފޭދޫ ފިނޮޅު ފަދަ ރަށެއް މާލެ ކައިރީގައި, ސްކޫލް ކުދިންގެ ކޭންޕިންއަށާއި ޒުވާނުންނާއި އާއިލާތަކަށް ދަތުރުދިޔުން ފަދަ ބޭނުންތަކަށް ކަނޑައަޅާފައިވާ ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެެވެ.

ބީލަމަކާ ނުލައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ލިސްޓު އޮކްޓޯބަރު މަހު އިއުލާނުކުރުމާއެކު ފޭދޫ ފިނޮޅު ވިއްކާނުލުމަށް ރައީސް މައުމޫނުގެ އިތުރުން އެމްޑީޕީ އިން ވެސް ގޮވާލާފައި ވެއެވެ. އަދި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށް އަމިއްލަ ޖަމިއްޔާތަކާއި އާންމު ރައްޔިތުން ވެސް ވަނީ ގޮވާލާފަ އެވެ.

ނަމަވެސް، ސަރުކާރުން މިހާރު ވަނީ ބީލަމަކާ ނުލައި ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް އެ ރަށް ވިއްކާލާފަ އެވެ. ފޭދޫ ފިނޮޅު ގަނެފައިވަނީ ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެެވެ.

ޕާލް އެޓޯލް ކުންފުންޏަކީ ޗައިނާގެ ޝެންޒެން ސުުންޕެން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ހޮންގ ކޮންގެ މިރީޗް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ އިތުރުން އައްޑޫ ވިޔަފާރިވެރިޔަކު ހިއްސާވާ ކުންފުންޏެކެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނިން ބަލަހައްޓަމުންދާ 4.1 ހެކްޓަރުގެ ފޭދޫ ފިނޮޅު އެ ކުންފުންޏަށް ވިއްކާލާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު 99 އަހަރަށް އިތުރު ވެސް ކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވެފައިވާ ގޮތުގައި އެ ރަށް ވިއްކާލާފައިވަނީ، ފުލުހުންގެ ވެލްފެއާ ކުންފުންޏަށް 50 އަހަރުގެ ތެރޭގައި 80 މިލިއަނެއްހާ ޑޮލަރު ވަންނަ ގޮތަށެވެ.

ފޭދޫ ފިނޮޅުގެ އިތުރުން 11 ރަށަކާއި ދެ ފަޅެއް ވިއްކާލުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެ ރަށްތައް ވިއްކަން އިއުލާނުކޮށްފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ހުޅުވާލެވިފައިވާ ބީލަމަކާ ނުލަ އެވެ.

އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައިވާ ގޮތުގައި ބީލަކަމާ ނުލައި ރަށްތައް ވިއްކޭ ގޮތަށް ގެނައި އިސްލާހަކީ ކޮރަޕްޝަނަށް ހުޅުވާލި ދޮރެކެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު