Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާސަންދަ

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

2 ނޮވެމްބަރު 2026 | ހޯމަ 16:04

މަސްވެރިކަމުގައި އުޅެނިކޮށް ޑީކޯވެގެން އިންޑިއާގައި ފަރުވާ ހޯދަމުންދާ ޒުވާނެއްގެ އާސަންދަ އެހީ މެދުކަނޑާލުމާ ގުޅިގެން، އާއިލާއަށް ބޮޑެތި މާލީ ދަތިތަކަކާ ވަނީ ކުރިމަތިވެފައި. ރާއްޖެއިން ލިބެންނެތް ޚާއްސަ ފަރުވާއެއް ބޭނުންވާ މި ޒުވާނާގެ އާސަންދަ ކަނޑާލުމުން، އަމިއްލަ ޚަރަދުގައި ފަރުވާ ކުރިއަށްގެންދަން މަޖުބޫރުވެފައިވާއިރު، މިއީ ސިއްހީ ނިޒާމުގެ ތެރެއިން ނިކަމެތި ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 2 ނޮވެމްބަރު 2026 | ހޯމަ 16:04
30 އަހަރުގެ އަފްރާހު ފަރުހާދާއި އޭނާގެ މަންމަ ސަލްމާ ސޯލިހު

30 އަހަރުގެ އަފްރާހު ފަރުހާދާއި އޭނާގެ މަންމަ ސަލްމާ ސޯލިހު | ރާއްޖެއެމްވީ

އުމުރުން އެންމެ 30 އަހަރުގެ އަފްރާހު ފަރުހާދަކީ މުޅި އާއިލާގެ އެންމެ ބޮޑު އުންމީދެވެ. އެ އާއިލާގެ އެންމެ ދޮށީ ދަރިފުޅު އަދި ތިން އަންހެން ކުދިންނާއެކު މައިންބަފައިންގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާ އެވެ. އަފްރާހަކީ އާއިލާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީ، މުޅި ގޭގެ ޒިންމާތައް އުފުލަމުން އައި ނުހަނު އަޚުލާގު ރަނގަޅު، ހީވާގި ޒުވާނެކެވެ. އެހެން ނަމަވެސް، އާއިލާއަށް ދިމާވި ހިތްދަތި އިމްތިހާނެއްގައި މިއަދު އޭނާ އޮތީ ބަލި އެނދުގައި ގުޑައި ވެސް ނުލެވޭ ހާލުގަ އެވެ.

މަސްވެރިކަމުގައި އުޅެނިކޮށް ޑީކޯވެގެން ހިނގި ހިތާމަވެރި ހާދިސާއަށްފަހު، އެނދުގައި ރަނގަޅަށް އިށީނދެ ނީންދެވޭ އަދި ކޮޅަށް ހުރުމުގެ އެއްވެސް ކުޅަދާނަކަމެއް ނެތް ޒުވާން ދަރިފުޅުގެ ހާލު ފެނި، އެ މަންމަގެ ހިތް ވަނީ ކުދިކުދިވެފަ އެވެ. އޭނާގެ ހިތާމައަކީ ހަމައެކަނި ދަރިފުޅުގެ ބަލި ހާލަތެއް ނޫނެވެ. ފަރުވާ މެދުކެނޑިއްޖެނަމަ އެ ދަރިފުޅަށް ވާނެ ގޮތަކާމެދު ކުރަންޖެހިފައިވާ ބިރުވެރި އިންތިޒާރެވެ.

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި | ރާއްޖެއެމްވީ

ޖުލައި މަހުގެ 11 ވަނަ ދުވަހު ހިނގި އެ ހާދިސާއަށްފަހު، އޭޑީކޭ ހޮސްޕިޓަލުގެ ޑީކޯ ޗެމްބަރުގައި 26 ދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު އަފްރާހު އިތުރު ފަރުވާއަށް އިންޑިއާގެ ކެރެލާގައި ހުންނަ ކިމްސް ހޮސްޕިޓަލަށް ގެންދެވުނީ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު އެވެ. އުނަގަނޑާއި ފައިގެ މަސްތަކުގައި އެއްވެސް ބާރެއް ނެތިފައިވާ އަފްރާހަށް ބޭނުންވަނީ ނިއުރޯ ރޮބޮޓިކްސް ރީހެބިލިޓޭޝަންގެ ޚާއްސަ ފަރުވާ އެވެ.

އެކަމަކު، އެންމެ ހިތްދަތި ވަގުތު އާސަންދަ ލިމިޓް ހަމަވެއްޖެ ކަމަށް ބުނެ، ސަރުކާރުން ވަނީ އެހީތެރިކަން މެދުކަނޑާލާފަ އެވެ. 5 ސެޕްޓެމްބަރުގައި އާސަންދަ ކަނޑާލިކަން އާއިލާއަށް އެންގީ 28 ސެޕްޓެމްބަރުގަ އެވެ. މީސްމީހުންގެ ކައިރީގައި ރޮއެ އާދޭސްކޮށްގެން ދެ ފަހަރެއްގެ މަތިން ލިބުނު މަދު ދުވަސްކޮޅަކަށްފަހު، އޮކްޓޫބަރު 29 އިން ފެށިގެން މިހާރު ހުރިހާ ޚަރަދެއް ކުރަން ޖެހިފައިވަނީ ނިކަމެތި އާއިލާގެ އަމިއްލަ ޖީބުންނެވެ.

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި.

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި.

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި

އަފްރާހުގެ މަންމަ ސަލްމާ ސޯލިހު، ކަރުނުން ފުރިގެންވާ އަޑަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި، ދަރިފުޅަށް އާސަންދަ ނުލިބޭނެ ކަމަށް ބުނެ އެންގި އެންގުމަކީ ހިތްފަޅައިގެންދާ ފަދަ ޚަބަރެކެވެ.

ރާއްޖޭގައި އެއްބަޔަކު ވަރަށް މުއްސަނދިކޮށް އެބައުޅޭ. އެކަމަކު އާދައިގެ ނިކަމެތި ރައްޔިތު މީހާއަށް ކަމެއް ދިމާވާއިރު މިހާ ހާލުގައި މި ޖައްސަނީ ކީއްވެގެން ހެއްޔެވެ؟ މިހާވަރަށް ސަލާން ނުޖަހައިވެސް މިއަށްވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހެންޖެހޭނެ ނޫން ހެއްޔެވެ؟
ސަލްމާ ސުވާލުކުރި އެވެ

ރާއްޖެއިން ލިބެން ނެތް ޚާއްސަ ފަރުވާއަކަށް ރާއްޖެ ދިއުމަށް އާސަންދައިން އެންގި ނަމަވެސް، އެފަދަ ފަރުވާއެއް ލިބޭނެ ވަކި މަރުކަޒެއް އަދިވެސް ބުނެދެވިފައެއް ނުވެ އެވެ.

އުމުރުން އެންމެ 30 އަހަރުގެ މި ޒުވާނާގެ މުޅި މުސްތަގުބަލު އޮތީ ކުރިއަށެވެ. އެހެން ޒުވާނުންނެކޭ އެއްފަދައިން އަމިއްލަ ފައިމައްޗަށް ތެދުވެ، އާއިލާއަށް ހިމާޔަތްދީ، އުފާވެރި ދިރިއުޅުމެއް އުޅުމަކީ އަފްރާހުގެ ހަމައެކަނި ހުވަފެނެވެ. ނަމަވެސް، އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހުރަސްއަޅަނީ މާލީ ތަނަވަސްކަމެއް ނެތް ނިކަމެތިކަމެވެ. އަމިއްލަ ލޯބިވާ ދަރިފުޅުގެ ފުރާނަ އާއި ސިއްހަތަށްޓަކައި މީސްމީހުންގެ ގާތަށް ގޮސް އާދޭސްކުރަން ޖެހުމަކީ އެއްވެސް މަންމައަކަށް ކެތްކުރެވޭނެ ވަރުގެ ހިތްދަތިކަމެއް ނޫނެވެ. ކަރުނައަޅައި އެ މަންމަ ކުރާ އާދޭހަކީ އެންމެ އާދޭހެކެވެ. "މަގޭ ދަރިފުޅަށް ފަރުވާ ދެވޭނެ ގޮތެއް ހަދައިދޭށެވެ!"

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި

އަފްރާހު ފަރުހާދު ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ. ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ވަނީ ކަނޑާލާފައި

ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަދަ "ސިންގަޕޫރެއް" ފަދަ ތަނަކަށް ހެދުމުގެ ފޮނި ދައުވާތައް ވެރިން ކުރައްވަމުން ގެންދަވާއިރު، އަސާސީ ސިއްހީ ފަރުވާއަށްޓަކައި އާދައިގެ ރައްޔިތު މީހާ އުފުލަންޖެހޭ މިފަދަ ވޭނާއި ނިކަމެތިކަމުން ދައްކުވައިދެނީ ކޮން ހަގީގަތެއް ހެއްޔެވެ؟ ސިއްހީ ނިޒާމުގެ ރައްކާތެރިކަމުން މަހުރޫމުވެ، ބޭސްފަރުވާއަށް ސަލާންޖަހަން މަޖުބޫރުވެފައިވާ އަފްރާހު ފަދަ އެތައް ޒުވާނުންނަކާއި ނިކަމެތި އެތައް އާއިލާތަކެއް މިއަދުވެސް މި ކުޑަކުޑަ ރާއްޖޭގައި އެބަތިއްބެވެ. އެންމެންގެ ހެޔޮ ދުއާއަކީ އަފްރާހަށް އަވަސް ފަރުވާއެއްގެ މަގު އަލުން ތަނަވަސްވެ، އޭނާ ގެ ހަޔާތަށް އުފާވެރި އައު ދުވަހެއް ފެނިގެން ދިއުމެވެ.

އާސަންދަ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް

28 އޮކްޓޯބަރު 2026
ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް
21 އޮކްޓޯބަރު 2026

ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަނބުރާ 30 އަހަރުގެ ސަގާފަތަށް ގެންދަން: ޑރ. ޑީޑީ

21 އޮކްޓޯބަރު 2026
ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަނބުރާ 30 އަހަރުގެ ސަގާފަތަށް ގެންދަން: ޑރ. ޑީޑީ
14 އޮކްޓޯބަރު 2026

ލޮލުގެ ޚާއްސަ ފަރުވާއެއް ކަމަށްވާ އިންޓްރާވިޓްރިއަލް އިންޖެކްޝަން ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން މެންބަރު ކުޑޫގެ ސިޓީއެއް އާސަންދައަށް!

14 އޮކްޓޯބަރު 2026
ލޮލުގެ ޚާއްސަ ފަރުވާއެއް ކަމަށްވާ އިންޓްރާވިޓްރިއަލް އިންޖެކްޝަން ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން މެންބަރު ކުޑޫގެ ސިޓީއެއް އާސަންދައަށް!
03 ސެޕްޓެމްބަރު 2026

މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު

03 ސެޕްޓެމްބަރު 2026
މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު
11 އޯގަސްޓު 2026

މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ

11 އޯގަސްޓު 2026
މިސަރުކާރުގައި އުޅެނީ މެނޭޖުކުރަން ނޭނގުމުގެ މައްސަލަ ކަމަށް ފައިސަލް ވިދާޅުވެއްޖެ
01 އޯގަސްޓު 2026

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!

01 އޯގަސްޓު 2026
ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
25 ޖުލައި 2026

އަމްރިތާ ހޮސްޕިޓަލުގެ އެއްބަސްވުން އައުކުރުން ލަސްވެ، ބޭސް ފަރުވާ ހޯދަންދާ ގިނަ ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް!

25 ޖުލައި 2026
އަމްރިތާ ހޮސްޕިޓަލުގެ އެއްބަސްވުން އައުކުރުން ލަސްވެ، ބޭސް ފަރުވާ ހޯދަންދާ ގިނަ ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް!
08 ޖުލައި 2026

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

08 ޖުލައި 2026
ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟
07 ޖުލައި 2026

އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!

07 ޖުލައި 2026
އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް