Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ގަސްދުގައި އާސަންދަ ނުދީ، އާސަންދައިގެ ދަށުން ބޭރަށް ދާ މީހުން މަދުވީ ކަމަށް ބުނުމަކީ ބަލީގައި އުޅެންޖެހިފައިވާ މީހުންނަށް ކުރާ މަލާމާތެއް ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟

8 ޖުލައި 2026 | ބުދަ 11:50

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުވުމަކީ ސަރުކާރުގެ ބޮޑު ކާމިޔާބީއެއް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ނުހަނު ފަޚުރުވެރިކަމާއެކުގަ. މިނިސްޓަރު ގެ މި ކާމިޔާބީ އަށް އަތް ޖަހަންވީ ކަމެއް ނުވަތަ އަޖައިބުވެ އަންތަރީސްވެގެން ހުޅުވަން ޖެހުނު އަނގަ ލައްޕާލަން ވީކަމެއް ވެސް ނޭނގޭ. މިނިސްޓަރު މަޖިލީހުގައި ތަފާސްހިސާބުތައް ދައްކަވައި، އެއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރައިގެން ދިއުމުގެ ނަތީޖާ ކަމަށް ވިދާޅުވި ނަމަވެސް، ހަގީގީ މަންޒަރަކީ މުޅިން ތަފާތު މަންޒަރެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ޖުލައި 2026 | ބުދަ 11:50
ރާއްޖޭގެ ފުރަތަމަ "ޒައިސް ވިޜަން އެކްސްޕާޓް" އަކަށް އައިކެއަރ ވިކަން އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ގީލާ ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖޭގެ ފުރަތަމަ "ޒައިސް ވިޜަން އެކްސްޕާޓް" އަކަށް އައިކެއަރ ވިކަން އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ގީލާ ބައިވެރިވެވަޑައިގަންނަވަނީ | ސަން

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު މަދުވުމަކީ ސަރުކާރުގެ ބޮޑު ކާމިޔާބީއެއް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ނުހަނު ފަޚުރުވެރިކަމާއެކުގަ އެވެ. މިނިސްޓަރު ގެ މި ކާމިޔާބީ އަށް އަތް ޖަހަންވީ ކަމެއް ނުވަތަ އަޖައިބުވެ އަންތަރީސްވެގެން ހުޅުވަން ޖެހުނު އަނގަ ލައްޕާލަން ވީކަމެއް ވެސް ނޭނގެ އެވެ. މިނިސްޓަރު މަޖިލީހުގައި ތަފާސްހިސާބުތައް ދައްކަވައި، އެއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރައިގެން ދިއުމުގެ ނަތީޖާ ކަމަށް ވިދާޅުވި ނަމަވެސް، ހަގީގީ މަންޒަރަކީ މުޅިން ތަފާތު މަންޒަރެކެވެ. 

މިނިސްޓަރު ގީލާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އެ އުޅެނީ "ދިވެހީންގެ ރާއްޖެ" ގައި ކަމަށް ވެދާނެ އެވެ. ނަމަވެސް ރައްޔިތުން އުޅެމުންދަނީ ދިވެހި ރާއްޖޭގަ އެވެ. އެބޭފުޅުންނަށް ފެންނަ މަންޒަރު ތަފާތުވިޔަސް، ރާއްޖޭން ބޭރަށްދާ މީހުން މަދުވެފައިވަނީ ރާއްޖޭގެ ބޭސްފަރުވާގެ ފެންވަރު ރަނގަޅުވެގެނެއް ނޫނެވެ. އޭގެ ބަދަލުގައި، އެ އަދަދުތައް މަދުވަމުން ދަނީ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުންނަށް އާސަންދަ އެހީ ނުލިބި، ސަރުކާރުން އެ ހިދުމަތް ހިފަހައްޓަމުންދާތީ އެވެ.

އާސަންދަ ނިޒާމުގެ ތެރެއިން މިހާރު ފެންނަމުންދަނީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ކަނޑާލައި، ބަލިމީހުން ހާލުގައި ޖައްސަމުންދާ މަންޒަރެވެ. ގައުމީ ސިއްހީ ނިޒާމު ފެއިލްވެ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ނިންމުންތައް ނިންމަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ ފެންނަން އޮތް ހަގީގަތްވެސްމެ އެވެ.

ހާއްސަކޮށް، ރާއްޖޭން ދެވެން ނެތް ފަރުވާތަކަށް ބޭރަށް ދާންޖެހޭ މީހުންނަށް އާސަންދަ ހަމަޖައްސައިނުދީ، އެކި ބަހަނާތައް ދައްކައި ފޯމުތައް ބޭރުކޮށްލުން ވަނީ އާންމުވެފަ އެވެ. މިފަދަ ބޮޑު އިހުމާލެއްގެ ސަބަބުން ރައްޔިތުން ބޭރަށް ނުދެވިފައި ތިބި ތިބުމަކީ ކާމިޔާބީއެއް ކަމަށް ބުނެ ސަރުކާރުގެ ސަޅިބައިސާ ކެނޑުމަކީ ރައްޔިތުންގެ ނިކަމެތި ހާލަތަށް މަލާމާތްކުރުމެވެ.

މީގެ އިތުރުން، އާސަންދައިގެ ދަށުން ބޭސް ސިޓީތަކަށް ސަބްސިޑީ ދިނުން ހުއްޓާލުމާއި، އާސަންދައިން ކަވަރުކުރާ ބޭސްތަކުގެ އަދަދު މަދުކުރުމުގެ ސަބަބުން އާންމު ރައްޔިތުން އަތުން ކުރަންޖެހޭ ހަރަދު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ކުރިން ހިލޭ ލިބެމުންދިޔަ ދާއިމީ ބަލިތަކުގެ ބޭސްތަކަށް ވެސް މިހާރު ރައްޔިތުންގެ ޖީބުން ބޮޑެތި ހަރަދުތައް ކުރަންޖެހުމަކީ ސިއްހީ ހިދުމަތް ފުޅާވުމެއް ނޫނެވެ. މިއީ ސަރުކާރުގެ ނާގާބިލުކަމާއި، އިގްތިސާދީ ގޮތުން ނިންމާ ނުބައި ނިންމުންތަކުގެ ބުރަ ސީދާ ރައްޔިތުންގެ ބޮލުގައި އެޅުވުމެވެ. ބަލިމީހުންނަށް ބޭނުންވާ އަސާސީ ބޭސްތައް ނުލިބި، ސިއްހީ ނިޒާމު ބަނގުރޫޓުވަމުންދާއިރު، ހެލްތު މިނިސްޓްރީން މިކަންކަން ފޮރުވުމަށް މަސައްކަތް ކުރުމަކީ ހަގީގަތުގައި ވެސް ލަދުވެތި ކަމެކެވެ. 

މިނިސްޓަރު ގީލާ ދެއްކެވި ވާހަކަތަކަކީ ހަގީގަތާ މުޅިން ހިލާފު، ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި ދެއްކެވި ވާހަކަތަކެކެވެ. އާސަންދައިގެ އެހީތެރިކަން ބޭނުންވެފައިވާ އެތައް ސަތޭކަ ރައްޔިތުންނެއް ސަރުކާރުގެ އިދާރާތަކުގެ ދޮރުމަތީގައި ސަލާމް ޖަހަމުންދާއިރު، އެހީ ނުދީ ހިފަހައްޓައިގެން ތަފާސްހިސާބުތަކުން އަދަދުތައް ދަށްކޮށްލުމަކީ ސިއްހީ ދާއިރާގެ ކުރިއެރުމެއް ނޫނެވެ. ރައްޔިތުން މިއަދު ސަލާމް ނުޖަހާ އެންމެ އިދާރާއެއް، އެންމެ ދޮރެެއް ވެސް ނެތެވެ. ނަމަވެސް ހެލްތު މިނިސްޓަރު ކަމަށް ކުފޫ ވެސް ހަމަ ނުވާ ބޭފުޅަކު އައްޔަނު ކޮށްގެން މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ސަރުކާރުގެ މޫނުމަތި ރީތި ކުރުމެވެ. 

ސަރުކާރުން ޖެހޭނީ ރައްޔިތުންނަށް އާސަންދަ ނުލިބިގެން އުޅޭ ހަގީގީ ސަބަބުތަކަށް ޖަވާބުދާރީވާށެވެ. ރައްޔިތުންނަށް ބޭސްފަރުވާގެ ހައްގު ނިގުޅައިގަނެ، އެކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރުމަކީ މި ސަރުކާރުގެ ރައްޔިތުންނާމެދު ހަމްދަރުދީއެއް ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. ސަރުކާރުން ކިތަން ވަރަކަށް ގިރިޓީކުރަން އުޅުނަސް، ރައްޔިތުން ދިރިއުޅެމުންދަނީ ނުހަނު ހާލުގަ އެވެ. މި ސަރުކާރުން ލޯ މަރާލައިގެން އެކަން ނުބަލަން ތިއްބަސް ރައްޔިތުންނަށް މަންޒަރު ވަރަށް ސާފެވެ. މި ސަރުކާރަކީ ރައްޔިތުންގެ ހިތާމަތަކުންނާ، ލިބޭ ތަކުލީފުތަކުން ކާމިޔާބީ ހޯދާ ގިރިޓީ ސަރުކާރެކެވެ. 

ގީލާ އަލީޑރ. މުޙައްމަދު މުޢިއްޒުއާސަންދަ

އިތުރަށް ކިޔާލަން

08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
08 ޖުލައި 2026

ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި

08 ޖުލައި 2026
ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
07 ޖުލައި 2026

އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!

07 ޖުލައި 2026
އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!
07 ޖުލައި 2026

ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!

07 ޖުލައި 2026
ސިއްހީ އިހުމާލާއި ރަހުމެއްނެތް ނިންމުންތަކުން އަޙްސަނާގެ ދިރިއުޅުން ކަރުނައިގެ ތެރޭގައި!
06 ޖުލައި 2026

މިފްކޯ އިން އައިސް ވިއްކުން ލިމިޓްކުރުމުން ކަންނެލި މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

06 ޖުލައި 2026
މިފްކޯ އިން އައިސް ވިއްކުން ލިމިޓްކުރުމުން ކަންނެލި މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ
06 ޖުލައި 2026

ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

06 ޖުލައި 2026
ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް