އަމްރިތާ ހޮސްޕިޓަލުގެ އެއްބަސްވުން އައުކުރުން ލަސްވެ، ބޭސް ފަރުވާ ހޯދަންދާ ގިނަ ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް!
25 ޖުލައި 2026 | ހޮނިހިރު 11:20އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ފޮނުވުން ލަސްވުމާ ގުޅިގެން، އެ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން ބަލިމީހުން ފޮނުވުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައި. ނަމަވެސް މިހާރު އަގުތައް މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އައު އެއްބަސްވުމުގައި ސޮއިކުރުމުން ހިދުމަތް އަލުން އިއާދަވާނެ ކަމަށް އާސަންދަ ކުންފުނިން ބުނޭ. މި މުއްދަތުގައި ވެސް ކުރިން ފަރުވާ


އަމްރިތާ ހޮސްޕިޓަލް | ވިކިޕީޑިއާ
އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާއެކު އާސަންދަ ކުންފުނިން ވެފައިވާ އެއްބަސްވުން އައުކުރުން ލަސްވުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ބޭސްފަރުވާ ހޯދުމަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހިންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ގިނަ އަދަދެއްގެ ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސް އުޅޭ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން ބަލިމީހުން ފޮނުވުން ދާދިފަހުން ވަނީ މެދުކަނޑާލާފައެވެ. މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ހޮސްޕިޓަލުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އައުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި، އާސަންދައިގެ ދަށުން ބޭރުގެ ހޮސްޕިޓަލުތަކުން ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުގެ ތިނެއް ނުވަތަ ހަތަރު މަސްދުވަސް ކުރިން، ޕެކޭޖްތަކުގެ އަގުތައް ހުށަހެޅުމަށް ހޮސްޕިޓަލްތަކަށް އަންގަ އެވެ. އަމްރިތާ ހޮސްޕިޓަލަށް ބަލިމީހުން ފޮނުވުން މެދުކަނޑާލަން ޖެހުނު ސަބަބަކީ އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ފޮނުވުން ލަސްވުމާ ގުޅިގެން ކަމަށެވެ. އަމްރިތާ ހޮސްޕިޓަލުން މިހާރު އަގުތައް ހިއްސާކޮށްފައިވާ ކަމަށާއި، އެ އަގުތައް މުރާޖައާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޒީނިއާ ވިދާޅުވި އެވެ.
އަގުތައް މުރާޖައާކުރުމަށް ފަހު ދެބައި މީހުން އެއްބަސްވާ އަގުތަކެއް ކަނޑައަޅާ އައު އެއްބަސްވުމުގައި ސޮއިކުރާނެ. މިހާރުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށް މެދުކެނޑުމެއްނެތި ހިދުމަތް ލިބޭނެ. އަމްރިތާ ހޮސްޕިޓަލުގެ އިތުރުން ވަރަށް ގިނަ ދިވެހިން ހިދުމަތް ހޯދާ ކޮޗިންގެ ހަތަރު ހޮސްޕިޓަލް ހުންނާނެ. އެއީ، ދިވެހިން ވަރަށް ބޭނުންވެގެން ދާ ހޮސްޕިޓަލުތަކެއްއާމިނަތު ޒީނިޔާ
އާސަންދައަކީ ދިވެހި ކޮންމެ ރައްޔިތަކަށް ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކުރުމަށް އެކުލަވާލާފައިވާ ނިޒާމެވެ. އަހަރަކު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ބޭސް ފަރުވާއަށް ހޭދަވާއިރު، އިންޑިއާގެ އިތުރުން ސްރީލަންކާގެ ބައެއް ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ލިބެ އެވެ. މީގެ އިތުރުން "މެރަނާ" ސްކީމްގެ ދަށުން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވެސް އާސަންދައިގެ ލުއިފަސޭހަކަން ދަނީ ފޯރުކޮށްދެމުންނެވެ.
މި ސަރުކާރުން ސިއްހީ ދާއިރާގައި ހުރި މައްސަލަތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރާނެ ކަމަށް ބުނި ނަމަވެސް، ބޭރުގެ ހޮސްޕިޓަލުތަކާއެކު ވެފައިވާ އެއްބަސްވުންތައް އައުކުރުން ލަސްވުމުގެ ސަބަބުން ބޭސް ފަރުވާ ހޯދުމަށް ބޭރުގެ ގައުމުތަކަށް ފުރާ އެތައް ބަޔަކަށް ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ. ހަމައެހެންމެ، ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން ސިއްހީ ހިދުމަތް ދެވޭނެ ގޮތެއް ނެތި އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ރައްޔިތުން ދަނީ ތަކުލީފުތަކެއް އުފުލަމުންނެވެ.









