Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒާއި މުއިއްޒުގެ ހިސާބު ކިތާބު

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:28

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބޮޑެތި މަޝްރޫއުތަކާއި އިގްތިސާދީ އިސްލާހުތައް ގެންނާނީ ވަރަށް ބޮޑަށް ދިރާސާކޮށް، "ޓެކްނިކަލީ" ބަލައިގެން ކަމަށް ވިދާޅުވި ނަމަވެސް، އަމަލީ މައިދާނުން ފެންނަނީ އެއާ ދިމާ އިދިކޮޅު މަންޒަރެއް. ރަސްމާލެ މަޝްރޫއާއި، ޑޮލަރުގެ މައްސަލައާއި، އާސަންދަ ފަދަ ކަންކަމުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި ސަރުކާރު ނުކުޅެދިފައިވާކަން މި ލިޔުމުގައި ފާހަގަކޮށްފައިވޭ. އެހެންކަމުން، ސަރުކާރުގެ ހިސާބު ކިތާބުތަކާއި އަމަލީ ނަތީޖާއާ ދިމާނުވާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:28
ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް

އޭރު ސަހަރޯއޭ ހީވި އެވެ. ދެން މި ނިމުނީއޭ ދުވަސްކޮޅެއްގެ ފަހުން އުޅެވޭނީ މުޅިން އެހެން ގައުމެއްގައޭވެސް ހިތަށް އެރި އެވެ. ރައީސް ކަމަށް ވަޑައިގަންނަވަން ޕީއެންސީގެ ކެންޑިޑޭޓް ޑރ މުއިއްޒު ވިދާޅުވި ވިދާޅުވުން އަޑު އަހަ ދިން ވޯޓާއެކު ހޮވުނީތީ އެވެ.

"ހުރިހާ ޕްލޭންތަކެއް ހުރީ ހަދާ ނިމިފަ އެވެ. ފައިސާ ހުރީ ހަމަ ޖެހިފަ އެވެ. އިގްތިސޯދު ކޮންމެ ގޮތަކަށް އޮތަސް ވަރިހަމަ އެވެ. ނަގާ ކޮޅަށް ޖަހައިގެން ކަން ކުރާނަމެވެ" މުއިއްޒު ވަރަށް ޔަގީން ކަމާއެކު ވިދާޅުވި އެވެ.

އެވާހަކަތަކުން ދޭހަވީ ކަންކަން ހުރީ ވަރަށް ބޮޑަށް ޕްލޭން ކުރެވިފައި ކަމަށެވެ. އެކަން ކަމަށް ބޭނުންވާނެ ފައިސާ އާމެދު އެއްވެސް ހާސްކަމެއް ނެތް ކަމެވެ. ހިސާބު ކިތާބުތައް ހުރީ ނިމިފައި ކަމަށެވެ.

ދެއްވި އެއް ޔަޤީން ކަމަކީ ރަސްމާލެ އެވެ. ބޯހިޔާ ވަހިކަމުގެ ބިޔަ މަޝްރޫއެވެ. ވިދާޅުވީ އެތަން ނިންމާނީ ލޯ ލާރިއެއްވެސް ދައުލަތުގެ ބަޖެޓުން ނުނަގައެވެ. ވެރިކަން ދެބައިން ބޮޑުވީއެވެ. ދެބައި ކުޅަ އެއްބައިވެސް ނުނިމުނެވެ. އެއެއްވެސް ނޫނެވެ. ޚަރަދު ނުކުރަނީކީ ލޯލާރިއެއް ނޫނެވެ. އެތަނަށް އެއަޅާލީ މިލިޔަން ޑޮލަރުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުތައް ގެނެއީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ޑޮލަރެއް ދީފަ އެވެ. ޖެހި ހިސާބު ކިތާބަށް ވީ ގޮތެއް ނޭނގުނެވެ.

ވެރިކަމުގެ ކުރީކޮޅެވެ. މަޖިލިސް އިންތިޚާބަށް މީހުންގެ ގާތަށް ހިނގި ދުވަސްވަރެވެ. ވިދާޅުވި އެވެ. އަދި އޮތީ ކުރީ ސަރުކާރުން ކަނޑައެޅި ބަޖެޓެކެވެ. އެބަޖެޓްގައި އޮތީ ޖެއްސުން ކޮށްފައެވެ. ކަމެއް ކުރިއަ ނުދީފައެވެ. ތިމަންމެންގެ ބަޖެޓް ހަދާނީ އާ މަޖިލީހުންނެވެ. އެވިދާޅުވި އާ މަޖިލިސް ދިނީމާ އެމަޖިލީހުން އެވިދާޅުވާ ބަޖެޓްތައްވެސް ހަދާފައި ދީފިއެވެ. އަދިއެއް އެބުނާ ބިޔަ ބޮޑު މަޝްރޫއެއްގެ ހިލަމެއް ނުވިއެވެ. ކުރިން ކުރަމުން އައި ކަންކަން ހުއްޓުނު ގޮތަށް ހުރީއެވެ. ދަގަނޑުތައް ދަބަރަށްވެ، ސިމެންތިތައް ގާ ވީ އެވެ. ކޮނެފައި އޮތް ބަނދަރުތައް ތިލަވެ، ހިއްކަން އެޅި ވެލިކޮޅުގެ ގިރާ ލައިގެން ދަނީއެވެ. ބޮޑު ހިލަ ހިފައިގެން ދަތުރުކުރި ބާޖުތައް ވީތަނެއް ނޭނގި ކެންޕޭނަށް އެރުވި ހައިމާކުތައް ބަނޑު ޖެހިގޮތައް އޮތީ އެވެ. ހިސާބު ކިތާބު ހަމަ ބަރާބަރެވެ.

ބުނިގޮތައް މަޖިލިސް ދިނެވެ. އެމަޖިލިސް ދީފިނަމަ ޑޮލަރުގެ ހަމަ އަގަށް ތިރިކުރާނެ ކަމުގެ ޔަގީންކަން ދިނެވެ. ހިސާބު ކިތާބު ޖަހައިގެންނެވެ.

ވިދާޅުވި އެވެ. ޕްލޭންކޮށްގެން، ޓެކްނިކަލީ ވާކްކޮށްގެން ކުރާ ކަންތައްކެއް ކަމަށް ވިދާޅުވެ އެވެ. 2026 ގެ ފުރަތަމަ ކުއާޓަރު ތެރެއަށް ދާއިރު ރާއްޖެއިން ފުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރުގެ ބަދަލުގައި ދޭނީ 1000 ޑޮލަރެވެ. ހިސާބު ކިތާބު ބެލިގެން ޕްލޭން ކޮށްގެން، ޓެކްނިކަލީ ވާކް ކޮށްގެން ކުރި ކަމެކެވެ. އެކަމަކު އެ އެއްހާސް ޑޮލަރު ގަންނަން ލިބުނު މީހަކު އަދިއަދަށްވެސް ބޭރަކަށް ނުފުރައެވެ.

ވިދާޅުވި އެވެ. ޓީޓީތަކަށް 50 ޕަސެންޓު ޑޮލަރު ސަޕޯޓު ދޭނަމެވެ. ހިސާބު ކިތާބު ޖަހާފައި ޓެކްނިކަލީ ވާކް ކޮށްގެންވެސް އެވިދާޅުވި ވަރަށް ޑޮލަރު ލިބުނު އާއްމު ވިޔަފާރި ވެރިއަކު ނެތެވެ. އަމިއްލަ ޕާޓީގެ މީހަކު ނެތްކަމެއް ނޭނގެ އެވެ.

ވިދާޅުވި އެވެ. ވަރަށް ބޮޑަށް ދިރާސާވެސް ކޮށްފަ އެވެ. ހިސާބު ކިތާބު ބަލައި ޓެކްނިކަލީ ވާކްވެސް ކޮށްފަ އެވެ. އާސަންދައަށް ފޮނުވާނީ ލަންކާ އިންޑިއާއަކަށް ނޫނެވެ. ބެންކޮކަށެވެ. ގެންނާނީ ކައްޕަޅި އިންޑިޔާ ބޭހެއް ނޫނެވެ. އެބުނާ އާސަންދަ ލިބުނު އާދައިގެ މީހެއް ނެތެވެ. މުޅި މާލޭގައި ހިނގައިގެންވެސް ސިޓީއަކަށް ބޭސް ހަމައެއް ނުކުރެވެ އެވެ. އެކަމަކު އެބަދަލަކީ ސީދާ ހިސާބު ކިތާބު ބަލައިގެން ކުރި ކަމެކެވެ.

ވިދާޅުވެއްޖެއެވެ. އާސަންދައިން ފުރާ ކޮންމެ މީހަކަށް 2000 ޑޮލަރު ދޭން ފަށައިފީ މެވެ. ވަރަށް މޮޅެވެ. ހިސާބު ކިތާބު ޖަހައިގެން ކުރި އެދިޔައީ ސީދާ ފަހަތަށެވެ. އެއީ ކުރިންވެސް ލިބޭ އެއްޗެކެވެ. އެކަމަކު އެންމެ 2000 ޑޮލަރެއް ނޫނެވެ. ރާއްޖޭގައި ހުރި ކޮންމެ ބޭންކަކުންނެވެ. ހިސާބު ކިތާބު ޖަހައިގެން އެގެނައި މޮޅު ބަދަލުން މިހާރު ލިބެނީ އެންމެ ކޮންމެވެސް އެއް ބޭންކަކުން ލިބޭ 2000 ޑޮލަރެވެ.

ކޮންމެއަކަސް ދިއުޅި ދިގު ކުރާކަށް އިތުރަކަށް ކިޔާނެ ކަމެއް ނެތެވެ. މުއިއްޒު ވިދާޅުވާ ގޮތުންނަމަ ކަންކުރައްވަނީ ވަރަށް ބޮޑަށް ދިރާސާކޮށް ޓެކްނިކަލީ ވާކް ކޮށްގެންނެވެ. ހިސާބު ކިތާބު ޖެހިގެންނެވެ. ކުރެވޭނެ ކަމުގެ ސީދާ ޔަޤީން ކަމާއެކުގަ އެވެ. އެކަންކަމަށް މީހަކު ހުރަސް އެޅުމުގެ މާނައެއް ނެތެވެ. އެކަމަކު ފެންނަނީ ދިމާ އިދިކޮޅަށެވެ. ސީދާ ނުއަތަށެވެ. މުއިއްޒާ މުއިއްޒުގެ ހިސާބު ކިތާބެވެ. ޓެކްނިކަލީ އެޔެއް ދިމައެއް ނުވެއެވެ.

ޑރ. މުއިއްޒުޕީއެންސީރަސްމާލެ އާސަންދަބެންކޮކްމަޖިލިސް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!

03 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ސޮއިކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަން ހާމަވުމުން ސްޓެލްކޯއިން އެޗްއާރް މުވައްޒަފު ބަދުނާމުކޮށް، އޭނާ ސަސްޕެންޑުކޮށްފި!
03 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫޢުގެ ޚަރަދުތައް ހާމަކުރުމަށާއި، އިޤްތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ގޮވާލައްވައިފި
01 ސެޕްޓެމްބަރު 2026

ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު

01 ސެޕްޓެމްބަރު 2026
ރާއްޖެ އަށް ވަންނަ ހުރިހާ ޑޮލަރެއް އަޅައި ވަޅުލަނީ ރަސްމާލެ އަށް: އަބްދުﷲ ރަޝީދު
27 އޯގަސްޓު 2026

ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: މައުރޫފް

27 އޯގަސްޓު 2026
ޑޮލަރުގެ އަގު 23 ރުފިޔާއިން މައްޗަށް އަރާއިރު އެ ވާހަކަ ބުނުމުން ޖަލަށްލާ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފި: މައުރޫފް
24 އޯގަސްޓު 2026

ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!

24 އޯގަސްޓު 2026
ޚަރަދު ކުޑަކުރަން ކުންފުނިތައް ރައިޓްސައިޒް ކުރަނީ: މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަށް!
22 އޯގަސްޓު 2026

ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އެރުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުން: ފައިސަލް

22 އޯގަސްޓު 2026
ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އެރުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުން: ފައިސަލް
18 އޯގަސްޓު 2026

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

18 އޯގަސްޓު 2026
ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
16 އޯގަސްޓު 2026

ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!

16 އޯގަސްޓު 2026
ކޯޓުތަކުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމަށް ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލަކަށް ހުންނެވި ޝަމީމް!
15 އޯގަސްޓު 2026

އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟

15 އޯގަސްޓު 2026
އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިހުރިހާ ދުވަހު މިގައުމުގައި އޮތީ ކޮން ނިޒާމެއްތޯ؟
14 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

14 އޯގަސްޓު 2026
ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުން ބުނަމުން ދަނިކޮށް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް