Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ

ސަރުކާރުން މަސައްކަތް ކުރަނީ އާސަންދަ އަނބުރާ 30 އަހަރުގެ ސަގާފަތަށް ގެންދަން: ޑރ. ޑީޑީ

21 އޮކްޓޯބަރު 2026 | ބުދަ 10:01

އާސަންދައަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ގާނޫނީ ހައްގަކަށް ހަދާފައިވާ ޚިދުމަތެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ އެ ޚިދުމަތް ހަނިކޮށް ކުރީގެ "ބޭސް ސިޓީއަށް ސަލާންޖެހުމުގެ" ސަގާފަތަށް އަނބުރާ ގެންދިއުމަށް ކަމަށް ޑރ. ޑީޑީ ވިދާޅުވި. އޭނާ ވިދާޅުވީ އާސަންދައަކީ ރައީސްގެ ހެޔޮފުޅުކަމުން ދޭ އެއްޗެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ރައްޔިތުންގެ ހޭލުންތެރިކަމުގެ ސަބަބުން އެކަން ކާމިޔާބު ނުވާނެ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2026 | ބުދަ 10:01
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ވޭތުވެދިޔަ 30 އަހަރުގެ ދިގު ވެރިކަމުގައި އޮތް ފަދަ ސަގާފަތަކަށް އާސަންދައިގެ ޚިދުމަތް އަނބުރާލަން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، އާސަންދައަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހެޔޮފުޅުކަމުން ކަނޑައަޅުއްވާފައި އޮންނަ ބަޖެޓެއް ނޫން ކަމަށާއި، އެއީ ސީދާ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަނޑައެޅިފައި އޮންނަ ބަޖެޓެއް ކަމަށެވެ. އަދި އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެ ޚިދުމަތް އެގޮތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނުތައް ހަދައި، ރައްޔިތުންނާ ހަމައަށް އެ ހައްގުތައް ފޯރުކޮށްދީ ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު އެ ފުރުސަތު ހަނިކުރައްވަން އުޅުއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ، މިއަދު ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް ކަމަށާއި، އާސަންދައިގެ ތެރެއިން މި ލިބޭ ޚިދުމަތަކީ ރައްޔިތުންގެ އަމިއްލަ ފައިސާއިން ދިނުން ލާޒިމުކޮށްފައި އޮތް ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ ދެ ސަރުކާރުން ވެސް އެ މަގު ގާނޫނަކުން ފަހިކޮށްދީފައިވާ ކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ރައީސް މުޢިއްޒު ހެޔޮފުޅުކަމުން ކަނޑައަޅުއްވާފައި އޮންނަ ބަޖެޓެއް ނޫން. އެއީ ސީދާ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަނޑައެޅިފައި އޮންނަ ބަޖެޓެއް
ޑރ. އިބްރާހީމް ދީދީ (ޑީޑީ) 

ނަމަވެސް އެ ހަގީގަތް އޮޅުވާލައްވަން ރައީސް މުއިއްޒު މަސައްކަތްކުރައްވާ ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ އާސަންދައިގެ ޚިދުމަތަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދެއްވާ ކަމެއްގެ ގޮތުގައި ބައްޓަންކުރުމަށް ކަމަށެވެ.

އެގޮތުން ކުރީގެ ވެރިކަމުގެ ސަގާފަތަށް އަލިއަޅުއްވާލައްވައި ޑރ. ޑީޑީ ވިދާޅުވީ، ރާއްޖޭގައި އޮތް ދިގު 30 އަހަރުގެ ވެރިކަމުގައި އޮތީ ބޭސް ސިޓީއަށް ސަލާންޖެހުމުގެ ސަގާފަތެއް ކަމަށެވެ.

އެ ދުވަސްވަރު ކިތަންމެ ބޮޑު ބައްޔަކަށް ފަރުވާ ހޯދަން ޖެހުނު ނަމަވެސް، ތީމުގެއަށް ސިޓީ ހުށަހަޅައި، ވެރިމީހާއަށް ދަންނަވައި އަދި މަތީ ފަންތީގެ ބޭފުޅުން މެދުވެރިކޮށް އާދޭސްކޮށްގެން 200 ޑޮލަރު ވަރުގެ މިންވަރެއް ހޯދަން ޖެހުނު ހާލަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދު އާސަންދައިގެ ޚިދުމަތް އަނބުރާލަން މަސައްކަތްކުރަނީ އެފަދަ ސަގާފަތަކާ ދިމާއަށް ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ. 

އާސަންދަޑރ. އިބްރާހީމް ދީދީއެމްޑީޕީރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

އެމްޑީޕީ އަކީ ބުނެލުމަށްފަހު ނިންމާލާނެ ބައެއް ނޫން، ޕާޓީގެ ވެރިކަމުގައި ރައްޔިތުންނަށް ކަންތައް ކޮށްދޭ މަންޒަރު ފެންނާނެ: އާޒިމް

20 އޮކްޓޯބަރު 2026
އެމްޑީޕީ އަކީ ބުނެލުމަށްފަހު ނިންމާލާނެ ބައެއް ނޫން، ޕާޓީގެ ވެރިކަމުގައި ރައްޔިތުންނަށް ކަންތައް ކޮށްދޭ މަންޒަރު ފެންނާނެ: އާޒިމް
20 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ: ޝަމާއު

20 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ: ޝަމާއު
20 އޮކްޓޯބަރު 2026

ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

20 އޮކްޓޯބަރު 2026
ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް މަސައްކަތް ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
18 އޮކްޓޯބަރު 2026

މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް

18 އޮކްޓޯބަރު 2026
މަސްކިރާ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ ދަނީ ދަށްވަމުން: މޭޔަރު އާޒިމް
18 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް

18 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ފައްޔާޒް އައްޑޫގައި: ދޮރުން ދޮރަށް ހަރަކާތާއި ވޯކްޝޮޕްތައް ކުރިއަށް
17 އޮކްޓޯބަރު 2026

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

17 އޮކްޓޯބަރު 2026
ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!
15 އޮކްޓޯބަރު 2026

މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު

15 އޮކްޓޯބަރު 2026
މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް

15 އޮކްޓޯބަރު 2026
ގޯތިތަކާއި ފްލެޓުތައް ނުހަދައިފިނަމަ ތިލަމާލެ ބްރިޖު އޮންނާނީ ލޮރީ ދުއްވަން ނުވަތަ ގާޑިޔާ ދަމަން: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް