Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ޕީއެންސީ އަކީ އިދިކޮޅުގައި އޮތްއިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް، ސަރުކާރުގަ އޮވެގެން ވެސް ކުރަނީ އެކަންތައް: ޝާހިދު

2 ނޮވެމްބަރު 2026 | ހޯމަ 07:13

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން 500 ހެކްޓަރު ބޭރުގެ ކުންފުންޏަކަށް ހިލޭ ދޭން ނިންމާފައިވާތީ، އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ގަރާރެއް ފާސްކޮށްފި. މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ އޮޅުވާލުންތަކެއް އެކުލެވޭ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތުހުމަތު ކުރައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ނޮވެމްބަރު 2026 | ހޯމަ 07:13
އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު | އެމްޑީޕީ

މިހާރު ސަރުކާރުގަ އޮތް ޕީއެންސީ އަކީ އިދިކޮޅުގަ އޮތް އިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް ކަމަށާއި މިހާރު ސަރުކާރުގައި ތިބެގެން ވެސް ކުރަމުންދާ ކަމަކީ ގާތް ގައުމުތަކާ މެދު ފިތުނަ އުފައްދަން މަގުފަހި ކުރަމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ފުށިދިއްގަރު ފަޅުގެ މުޅި މަޝްރޫއަކީ އޮޅުވާލުމެއް ކަމަށެވެ. އެގޮތުން އެތަނުގެ ނަމުން ފެށިގެން ގޮސް އެ މަޝްރޫއާ ގުޅުންހުރި ހުރިހާ ކަމެއްގައި ވެސް މި ސަރުކާރުން ދަނީ އޮޅުވާލަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement
އެތަނަށް ފައިސާ ޚަރަދުކުރަމުން ދިޔަ ގޮތް ވެސް އޮޅުވާލާފަ އޮތީ. ބަޖެޓު ފާސްކުރިއިރު ބަޖެޓުގައި ނެތް ޚަރަދުތަކެއް އޮޅުވާލުމުގެ ތެރެއިން ޚަރަދު ކުރަމުން ގޮސް، 800 މިލިއަން ޑޮލަރާ ހަމައަށް ރައްޔިތުންގެ ފައިސާ އެހެރީ އެތަނަށް އަޅާފަ. އެތަނަށް އެ ފައިސާ އަޅުއްވަމުން ވިދާޅުވީ މިކަން މި ކުރައްވަނީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަގުފަހި ކުރުމަށް ކަމަށް. އެހެން ވިދާޅުވެ އެކަން ކުރެއްވީ. ދެން ވިދާޅުވީ މާލެއާ އެތަނާ ގުޅުވާލާނީ ބިއްލޫރި ޓަނަލަކުންނޭ. އެ ޓަނަލް ގެ ވާހަކަދެއްކެވީމަ ދެބުރަށް އެތަނުގެ ތިއްބެވި ބޭފުޅުން ތެދުވެވަޑައިގެން އަތްޖަހަމުން ދިޔައީ ކޮނޑުހުޅު ނެއްޓޭ ވަރަށް
އަބްދުﷲ ޝާހިދު

މިހާރު މިއުޅެނީ ބިއްލޫރި ޓަނަލުގެ ވާހަކަ އެއް ނޫން ކަމަށާއި އަދި މިހާރު މި އުޅެނީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

މިހާރު އިވެމުން ދަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިއްކި ބިމެއް، ބޭރުގެ ކުންފުންޏަކަށް ގަނޑުކޮށް، ހިލޭ، ދޭ ވާހަކަ ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ސަރުކާރުން މިގޮތަށް މިކަން ކުރަމުންގެންދާއިރު ހުރިހާ ނިކަމެތި ކަމެއް ލިބެމުން ދަނީ ދިވެހި ރައްޔިތުންނާ މި ގައުމަށް  ކަމަށެވެ.

ސަރުކާރުން މި ކަންކުރަމުން ގޮތުން އަޅުގަނޑުމެންނަށް މި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގަ ފިތުނަ އަށް ޖާގަ ލިބިގެން ދިޔުން. މިހާރު ސަރުކާރުގަ އެ އޮތް ޕާޓީ އަކީ އެބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން ވެސް އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދެވި ބޭފުޅުން. އަދި މިހާރު ސަރުކާރުގަ ތިއްބަވައިގެން ވެސް އެ ކުރައްވަނީ އަޅުގަނޑުމެންގެ ގާތް ގައުމުތަކާ ދޭތެރޭ ފިތުނަ އަށް މަގުފަހިވާނެ ކަންކަން
އަބްދުﷲ ޝާހިދު

އެ ބައްދަލުވުމުގައި އެ ޕާޓީ އިން ވަނީ ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރަމުންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެ މަޝްރޫއާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައި ރައްޔިތުން ނިންމާ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ވެސް ފާސްކޮށްފަ އެވެ. 

މި ގަރާރުގައި ބަޔާންކޮށްފައިވަނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް، ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު 21 ސެޕްޓެމްބަރު 2026 ގައި ކޮމާޝަލް ޓާމްސް އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް ދޭން ނިންމާފައިވަނީ އެއްވެސް އިކުއިޒިޝަން ކޮސްޓަކާ ނުލައި އަދި ބިން ދޫކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް ކުއްޔެއް ނުހިނގާ ގޮތަށް ކަމަށް ވެސް ގަރާރުގައިވެ އެވެ.

މީގެ އިތުރުން، މި މަޝްރޫއު ހިންގުމަށް އީގަލް ހިލްސް ކުންފުނި ހޮވާފައިވަނީ ގާނޫނީ އުސޫލުތަކުގެ ބޭރުން ކަމަށް ބެލެވޭ ސަބަބުތައް ގަރާރުގައި ތަފުސީލުކޮށްދީފައިވެ އެވެ.

ޕީއެންސީއަބްދުﷲ ޝާހިދުއެމްޑީޕީއީގަލް ހިލްސްރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2026

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

02 ނޮވެމްބަރު 2026
ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ
02 ނޮވެމްބަރު 2026

ފައިސާއަށް ހެއްލި ސަރުކާރުން ރަސްމާލެ މަޝްރޫއަށް ތާއީދު ކުރުމަކީ މުޅި ދިވެހި ރައްޔިތުންގެ ތާއީދު އޮތުމެއް ނޫންކަމަށް ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޕޯސްޓަށް 1.5 މިލިއަން ވިއުސް!

ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް
01 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

01 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި
01 ނޮވެމްބަރު 2026

އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ލުއިތައް ހޯދައިދޭނަން: އާޒިމް

01 ނޮވެމްބަރު 2026
އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިކަމުގެ ޕްރޮޖެކްޓްތައް ނިންމައި މަސްވެރިންނަށް ލުއިތައް ހޯދައިދޭނަން: އާޒިމް
01 ނޮވެމްބަރު 2026

ބޭރުގެ އެކުވެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުންތަކަކީ ވަކި ޕާޓީއެއްގެ ސިޔާސީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ ގައުމީ ގުޅުމެއް: ޝާހިދު

01 ނޮވެމްބަރު 2026
ބޭރުގެ އެކުވެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުންތަކަކީ ވަކި ޕާޓީއެއްގެ ސިޔާސީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ ގައުމީ ގުޅުމެއް: ޝާހިދު
01 ނޮވެމްބަރު 2026

ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތި ރަސްމާލެ މަޝްރޫއުގައި ސޮއިކޮށްފި ނަމަ އެމްޑީޕީގެ ސަރުކާރެއްގައި އެއްބަސްވުން ބާތިލު ކުރާނަން، ބަދަލު ނުލިބޭނެ ކަމަށް އީގަލް ހިލްސް އަށް ވެސް އަންގާނަން: ފައްޔާޒް

ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ

01 ނޮވެމްބަރު 2026
ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ
31 އޮކްޓޯބަރު 2026

އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީއެންސީއަށް

31 އޮކްޓޯބަރު 2026
އެލްޖީއޭގެ ބޯޑުގެ ރަށު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީއެންސީއަށް
31 އޮކްޓޯބަރު 2026

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް

31 އޮކްޓޯބަރު 2026
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް