Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2 ނޮވެމްބަރު 2026 | ހޯމަ 07:09

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ގުޅޭ އެއްބަސްވުމާ މެދު ސަރުކާރުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައި. މި މަޝްރޫއާ ދެކޮޅަށް ދީނީ އިލްމުވެރިންނާއި ކުރީގެ ވަޒީރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހާއި އާންމު ރައްޔިތުންގެ މެދުގައި ވެސް ބޮޑު ބަހުސަކަށް ވެފައިވާ މައްސަލައެއް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 2 ނޮވެމްބަރު 2026 | ހޯމަ 07:09
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަ ދައްކަވަނީ | ޕީޕަލްސް މަޖްލިސް

ރަސްމާލޭގެ ބޮޑު ބައެއް ދީފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރައީސް މުއިއްޒު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ، ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވާފައިވާން "ރާއްޖެއެމްވީ" އަށް ކަށަވަރުވެއްޖެ އެވެ.

މި ނޫހަށް އިތުބާރުހުރި މަސްދަރަކުން ކަށަވަރުކޮށްދީފައިވާ  ގޮތުގައި، ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކުރުމާ ދެކޮޅަށް ވަޒީރު ޑރ. ޝަހީމް ވަނީ އެމަނިކުފާނުގެ ސްޓޭންޑް ހާމަކުރައްވާފަ އެވެ.

Advertisement - newsAdvertisement

އީގަލް ހިލްސް ކުންފުންޏާއެކު ހަދަން އުޅޭ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައާއި އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ވަޒީރު ޑރ. ޝަހީމް މިފަދަ ނިންމެވުމެއް ނިންމެވިކަން ވަނީ ކަށަވަރުވެފަ އެވެ. 

މިކަމާ ގުޅޭގޮތުން ޝަހީމުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ފޮނުވި މެސެޖުތަކަށް އެމަނިކުފާނު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

މި މައްސަލައިގައި ސަރުކާރުގެ އެތެރޭގައި ވެސް ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު، ސަރުކާރުގެ ކުރީގެ ކެބިނެޓް ވަޒީރުން ވެސް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. 

ދިވެހިންގެ ޓެކްސް ފައިސާއިން ހިއްކަމުންދާ ރަސްމާލޭ ސަރަހައްދުން ބޮޑު ބިމެއް ވަގުތުން އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެތައް ފަރާތްތަކަކުން ދަނީ މި އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލަމުންނެވެ. އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ އިގްތިސާދީ ފައިދާއާއި ޤާނޫނީ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވީހާވެސް އަވަހަކަށް މިނިވަން އޮޑިޓެއް ހެދުމަށް އިގްތިސާދީ އަދި މާލީ ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ.

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދީފައިވާ އީގަލްސް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ރާއްޖެއަށް ކުރި ދަތުރުގައި ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހާޒިރުގައި، "އަބްދުﷲ" ނަމަކަށް ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.

ރަސްމާލެއީގަލް ހިލްސްޑރ މުޙައްމަދު ޝަހީމް އަލީ ސައީދުޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2026

ފައިސާއަށް ހެއްލި ސަރުކާރުން ރަސްމާލެ މަޝްރޫއަށް ތާއީދު ކުރުމަކީ މުޅި ދިވެހި ރައްޔިތުންގެ ތާއީދު އޮތުމެއް ނޫންކަމަށް ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޕޯސްޓަށް 1.5 މިލިއަން ވިއުސް!

ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން މި މަހުގެ 15 އާ ހަމައަށް ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ އިހުތިޖާޖަށް ނުކުންނަން ޖެހޭ: ފައްޔާޒް
01 ނޮވެމްބަރު 2026

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި

01 ނޮވެމްބަރު 2026
ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާމެދު ރައްޔިތުން ދެކޭ ގޮތް ބަލަން ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައި، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި
01 ނޮވެމްބަރު 2026

ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތި ރަސްމާލެ މަޝްރޫއުގައި ސޮއިކޮށްފި ނަމަ އެމްޑީޕީގެ ސަރުކާރެއްގައި އެއްބަސްވުން ބާތިލު ކުރާނަން، ބަދަލު ނުލިބޭނެ ކަމަށް އީގަލް ހިލްސް އަށް ވެސް އަންގާނަން: ފައްޔާޒް

ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ

01 ނޮވެމްބަރު 2026
ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ
31 އޮކްޓޯބަރު 2026

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް

31 އޮކްޓޯބަރު 2026
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް
31 އޮކްޓޯބަރު 2026

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ ވައްކަމާއި ޖަރީމާ ހިމެނޭތީ: ޝަމާއު

31 އޮކްޓޯބަރު 2026
ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ ވައްކަމާއި ޖަރީމާ ހިމެނޭތީ: ޝަމާއު
31 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް

31 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް
30 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: ބޯހިޔާވަހިކަމުގެ ނަމުގައި ގައުމުގެ ސިޔާދަތާއި ގާނޫނީ އިންތަކަށް އުނިކަން އަތުވެދާނެތީ ކަންބޮޑުވުން

30 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: ބޯހިޔާވަހިކަމުގެ ނަމުގައި ގައުމުގެ ސިޔާދަތާއި ގާނޫނީ އިންތަކަށް އުނިކަން އަތުވެދާނެތީ ކަންބޮޑުވުން
30 އޮކްޓޯބަރު 2026

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

30 އޮކްޓޯބަރު 2026
ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް