Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލޭ

ރަސްމާލޭ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން: މުސްތަފާ

1 ނޮވެމްބަރު 2026 | އާދީއްތަ 06:09

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން އިތުރުފުޅު ހައްދަވާކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ އަޑުކަނޑުވާލުމަށް މަޖިލީހާއި ޝަރުއީ ނިޒާމުގެ ބޭނުން ހިފަމުންދާކަމަށް ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ. މީގެ އިތުރުން، ގާނޫނުލްއުގޫބާތަށް ގެންނަ އިސްލާހަކީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ފަރާތްތައް ހުއްޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ނޮވެމްބަރު 2026 | އާދީއްތަ 06:09

ރައީސް މުއިއްޒުގެ ވެރިކަމުގައި ޑިކްޓޭޓަރޝިޕެއް އާންމުކުރުމަށް ރައްޔިތުންގެ އަނގަބަންދުކުރުމުގެ މަސައްކަތްތައް ރާވަމުންދާކަމަށް ޤާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ | ރާއްޖެ ޓީވީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޑިކްޓޭޓަރޝިޕެއް އާންމުކުރުމަށް ރައްޔިތުންގެ އަނގަބަންދުކުރުމުގެ މަސައްކަތްތައް ރާވަމުންދާކަމަށް ޤާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ، ތަނެއްގައި ޑިމޮކްރަސީއާ ޚިލާފުވެ ޑިކްޓޭޓަރޝިޕެއް އާންމުކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރާ ކަމަކީ އެތަނެއްގައި އުޅޭ އާންމު ރައްޔިތުންގެ އަނގަ ބަންދުކޮށްލުން ކަމަށެވެ. އަދި މިހާރު ރައީސް މުއިއްޒުގެ ވެރިކަމުގައިވެސް ފެންނަމުންދަނީ ހަމަ އެ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، އެކި އުކުޅުތައް ބޭނުންކޮށްގެން ރައްޔިތުންގެ އަނގަ ބަންދުކުރަމުންދާއިރު، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމުގެ ބޭނުންވެސް މި ސަރުކާރުން ގެންދަނީ ހިފަމުންކަމަށެވެ.

ރަސްމާލެ މައްސަލައާ ގުޅިގެން ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ، އެކަމާ ދެކޮޅަށް ވާހަކަދައްކަމުންދާ ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، ބޮޑެތި ފުށުއެރުންތަކެއް އެބަހުރިކަމަށާއި، ސުވާލު އުފެދޭ އެތައް ކަންތައްތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު މުސްތަފާ ހަމީދު ވަނީ ރައީސް މުއިއްޒު ވެސް މި މަޝްރޫއާ ގުޅޭގޮތުން އެތައް ދޮގުތަކެއް ހައްދަވަމުންދާކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، ރަސްމާލެއިން ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދެއްވާނެކަމަށް ރައީސް ވިދާޅުވިނަމަވެސް، މިއަދު ފެންނަމުންމިދަނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން މިތަނުގައި ޔަހޫދީން އާބާދުކުރަން މަސައްކަތްކުރަމުންދާ މަންޒަރު ކަމަށެވެ.

ދައުލަތުގެ އިގްތިސާދަށް ގެއްލުންދޭ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މި ދަނޑިވަޅުގައި މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން އެކިއެކި ކަންބޮޑުވުންތައް ފާޅުކޮށް އަޑުއުފުލާ ފަރާތްތައް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒުމުސްތަފާ ހަމީދުރަސްމާލެ

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2026

އިސްރާއީލު ޕާސްޕޯޓު މަނާކުރުން: ރައީސް މުއިއްޒު ވިދާޅުވާ ވާހަކަފުޅާއި ލޮލަށް ފެންނަން އޮތް ތާރީޚީ ހަގީގަތް!

31 އޮކްޓޯބަރު 2026
އިސްރާއީލު ޕާސްޕޯޓު މަނާކުރުން: ރައީސް މުއިއްޒު ވިދާޅުވާ ވާހަކަފުޅާއި ލޮލަށް ފެންނަން އޮތް ތާރީޚީ ހަގީގަތް!
31 އޮކްޓޯބަރު 2026

ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް

31 އޮކްޓޯބަރު 2026
ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވޭ، މިއީ ވަރަށް ބިރުވެރި ކަމެއް: މެންބަރު މީކާއިލް
31 އޮކްޓޯބަރު 2026

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ ވައްކަމާއި ޖަރީމާ ހިމެނޭތީ: ޝަމާއު

31 އޮކްޓޯބަރު 2026
ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ ވައްކަމާއި ޖަރީމާ ހިމެނޭތީ: ޝަމާއު
31 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް

31 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ރައީސް މުއިއްޒު 2028 ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް: މެންބަރު މައުރޫފް
31 އޮކްޓޯބަރު 2026

ސަރުކާރުން ގައުމިއްޔަތު ފުނޑާލަން މަސައްކަތްކުރާތީ މަގުމައްޗަށް ނުކުންނަން ޖެހޭ: އަލީ ހުސެއިން

31 އޮކްޓޯބަރު 2026
ސަރުކާރުން ގައުމިއްޔަތު ފުނޑާލަން މަސައްކަތްކުރާތީ މަގުމައްޗަށް ނުކުންނަން ޖެހޭ: އަލީ ހުސެއިން
31 އޮކްޓޯބަރު 2026

މިތާ މިއޮތް ދިވެހި މުސްލިމް އުއްމަތް އެއްކޮށް ވައްޓާލާއިރު އިސްލާމިކް މިނިސްޓަރު ޝަހީމް އަދި އިލްމުވެރިން ކޮބައިތޯ؟: ޖަމީލް

31 އޮކްޓޯބަރު 2026
މިތާ މިއޮތް ދިވެހި މުސްލިމް އުއްމަތް އެއްކޮށް ވައްޓާލާއިރު އިސްލާމިކް މިނިސްޓަރު ޝަހީމް އަދި އިލްމުވެރިން ކޮބައިތޯ؟: ޖަމީލް
30 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: ބޯހިޔާވަހިކަމުގެ ނަމުގައި ގައުމުގެ ސިޔާދަތާއި ގާނޫނީ އިންތަކަށް އުނިކަން އަތުވެދާނެތީ ކަންބޮޑުވުން

30 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: ބޯހިޔާވަހިކަމުގެ ނަމުގައި ގައުމުގެ ސިޔާދަތާއި ގާނޫނީ އިންތަކަށް އުނިކަން އަތުވެދާނެތީ ކަންބޮޑުވުން
30 އޮކްޓޯބަރު 2026

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

30 އޮކްޓޯބަރު 2026
ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު
30 އޮކްޓޯބަރު 2026

ރައްޔިތުންގެ ފައިސާއިން ހިއްކަމުންދާ ރަސްމާލެ "ޔަހޫދީއަކަށް" ދޫކޮށްލަން ނިންމުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ކުރި މަލާމާތެއް: މޮސްޓާ

30 އޮކްޓޯބަރު 2026
ރައްޔިތުންގެ ފައިސާއިން ހިއްކަމުންދާ ރަސްމާލެ "ޔަހޫދީއަކަށް" ދޫކޮށްލަން ނިންމުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ކުރި މަލާމާތެއް: މޮސްޓާ
30 އޮކްޓޯބަރު 2026

މިއީ ގައުމީ އަބްތާލުންގެ ލެއިން ގުރުބާންވެގެން ދިފާއުކޮށްފައިވާ ބިމެއް، މި ބިމުން ޣައިރު ދީންތަކުގެ މީހުންނަށް ވެލިފުކެއްގެ މިންވަރު ވެސް ދޫނުކުރެވޭނެ: އަލީ ހުސެއިން

30 އޮކްޓޯބަރު 2026
މިއީ ގައުމީ އަބްތާލުންގެ ލެއިން ގުރުބާންވެގެން ދިފާއުކޮށްފައިވާ ބިމެއް، މި ބިމުން ޣައިރު ދީންތަކުގެ މީހުންނަށް ވެލިފުކެއްގެ މިންވަރު ވެސް ދޫނުކުރެވޭނެ: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް