Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާރިޖީ ގުޅުން

ބޭރުގެ އެކުވެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުންތަކަކީ ވަކި ޕާޓީއެއްގެ ސިޔާސީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ ގައުމީ ގުޅުމެއް: ޝާހިދު

1 ނޮވެމްބަރު 2026 | އާދީއްތަ 14:39

ބޭރުގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތަކަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވައްދަންޖެހޭ ކަމެއް ނޫން ކަމަށާއި، އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރިމަތިލާންވާނީ ސީދާ ސަރުކާރާ ކަމަށް ޝާހިދު ވިދާޅުވި. ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކާއި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލި ނަމަވެސް، ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާ އޮންނަ ޒަމާންވީ އެކުވެރިކަމަށް ބުރޫއަރާފަދަ ކަންކަން ނުކުރުމަށް ޝާހިދު ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ނޮވެމްބަރު 2026 | އާދީއްތަ 14:39
 ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު | ފޮރިން މިނިސްޓްރީ

ބޭރުގެ އެކުވެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުންތަކަކީ ވަކި ޕާޓީއެއްގެ ސިޔާސީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ ގައުމީ ގުޅުމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެކުވެރި ގައުމުތަކާއި ރާއްޖޭގެ ޒަމާންވީ ތަރައްގީގެ ބައިވެރިން، ރާއްޖޭގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމާއި ޕާޓީ ސިޔާސަތުގެ ތެރެއަށް ވެއްދުމަކީ ދިވެހި ގައުމަށް އެންމެ ފައިދާހުރި އަދި ރަނގަޅު ގޮތް ނޫން ކަމަށެވެ. 

Advertisement - newsAdvertisement

މިއީ  ގައުމީ މަސްލަހަތު އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެކަން ރާއްޖޭގެ ތަޖުރިބާއިން އެކަން ވަރަށް ސާފުކޮށް އެނގިފައިވާ ކަމަށާއި، ބޭރުގެ ފަރާތްތަކާ އެކު އޮންނަ ގުޅުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ ކަންކަމަށްވުރެ މަތީގައި ބާއްވަންޖެހޭ މުހިންމު ގުޅުމެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން އަބަދުވެސް ކުރިމަތިލުން އޮންނަންވާނީ ސީދާ ސަރުކާރާ އެކުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ. 

މީގެއިތުރުން، އިދިކޮޅުން ދެކޮޅުހަދަނީ މިހާރުގެ ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކާއި، އަޑިއަޑިން ހިންގާ ނޭއްގާނީ މުއާމަލާތްތަކުގެ އިތުރުން ގައުމީ މަސްލަހަތަށް ގެއްލުންހުރި ސިޔާސަތުތަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ކޮރަޕްޝަނާއި، ސިޔާސަތުތައް ތަކުރާރުކޮށް ބަދަލުކުރުމާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ޚިލާފުވުމާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އެހެން ގައުމުތަކާއެކު އޮތް ޒަމާންވީ އެކުވެރިކަމަށް އެއްވެސް ބުރޫއެއް އެރިޔަނުދީ، ގައުމުގެ މަސްލަހަތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެ ކަމަށެވެ.

އަބްދުﷲ ޝާހިދުޚާރިޖީ ގުޅުންގައުމީ މަސްލަހަތު

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2026

ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު

04 އޮކްޓޯބަރު 2026
ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު
03 އޮކްޓޯބަރު 2026

ރާއްޖޭގެ އިގުތިސާދާއި ސިއްހީ ނިޒާމު މިއޮތީ ފުލުން ގޮސްފައި: ޝާހިދު

03 އޮކްޓޯބަރު 2026
ރާއްޖޭގެ އިގުތިސާދާއި ސިއްހީ ނިޒާމު މިއޮތީ ފުލުން ގޮސްފައި: ޝާހިދު
02 އޮކްޓޯބަރު 2026

ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް: ޝާހިދު

02 އޮކްޓޯބަރު 2026
ވަރުގަދަ ޑިމޮކްރަސީއެއްގެ ހަގީގީ އެއް ބިންގަލަކީ އާންމު ރައްޔިތުންގެ ފުދުންތެރިކަމާއި ހަރުދަނާ އިގުތިސާދެއް: ޝާހިދު
19 ސެޕްޓެމްބަރު 2026

ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު

19 ސެޕްޓެމްބަރު 2026
ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު
19 ސެޕްޓެމްބަރު 2026

އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު

19 ސެޕްޓެމްބަރު 2026
އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު
19 ސެޕްޓެމްބަރު 2026

ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!

19 ސެޕްޓެމްބަރު 2026
ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!
17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
05 ސެޕްޓެމްބަރު 2026

ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ

05 ސެޕްޓެމްބަރު 2026
ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ
05 ސެޕްޓެމްބަރު 2026

މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު

05 ސެޕްޓެމްބަރު 2026
މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު
04 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!

04 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް