Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ އުތުރު ފަރާތު ބަނދަރު

މާލޭ އުތުރު ފަރާތު ބަނދަރުގައި ހަދާ ތިން ފިންގަރ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފި

1 ނޮވެމްބަރު 2026 | އާދީއްތަ 12:48

މާލޭ އުތުރު ބަނދަރުގައި ތަރައްޤީކުރާ 15 މީޓަރުގެ ތިން ފިންގަރ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ފިނިޝިންގ މަރުހަލާގެ މަސައްކަތްތައްކަމަށް އެމްޓީސީސީ އިން މައުލޫމާތުދޭ. މީގެ ތެރޭގައި ޑެކްގައި ފިލާޖެހުމާއި، ބައްތި ހަރުކުރުމުގެ އިތުރުން މޫރިންގ ބޮލާޑް ހަރުކުރުން ހިމެނޭ. މި މަޝްރޫއު ނިމުމުން ބަނދަރުގެ ތޮއްޖެހުން ކުޑަވެ، މުދާ ބަރުކުރުމާއި ބޭލުމުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް އެމްޓީސީސީ އިން ބުނޭ

ދެލިކޮޕީ
ދެލިކޮޕީ | 1 ނޮވެމްބަރު 2026 | އާދީއްތަ 12:48
މާލެ އުތުރު ފަރާތު ބަނދަރުގައި ތަރައްގީކުރަމުންދާ ފިންގަރ ޖެޓީތަކުގެ މަޝްރޫއު

މާލެ އުތުރު ފަރާތު ބަނދަރުގައި ތަރައްގީކުރަމުންދާ ފިންގަރ ޖެޓީތަކުގެ މަޝްރޫއު | އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ފިންގަރ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، ތިން ޖެޓީގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތު ބަނދަރަށް މުދާ ހިފައިގެން އަންނަ އޮޑިދޯނިފަހަރަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. 

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދަނީ 15 މީޓަރުގެ ދިގުމިން ހުންނަ ތިން ފިންގަރ ޖެޓީ އެވެ. މި ޖެޓީތަކުގެ އޮނިގަނޑު ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކޮންކްރީޓްގެ ހުރިހާ މަރުހަލާއެއް ނިންމާލާފައިވުމާ އެކު، މި މަޝްރޫއުގެ އެންމެ ބުރަ އަދި އެންމެ މުހިންމު އެއް މަރުހަލާ މިވަނީ ނިމިފައި ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

އެމްޓީސީސީ އިން ބުނީ ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޖެޓީތަކުގެ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ. މީގެ ތެރޭގައި ޖެޓީތަކުގެ ޑެކްގައި ލަކުޑި ފިލާ ޖެހުމުގެ މަސައްކަތާއި، އޮޑިދޯނިފަހަރު ގާތްކޮށްފައި ބޭއްވުމަށް ބޭނުންވާ މޫރިންގ ބޮލާޑް ނުވަތަ ބިތްގަނޑު ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ރޭގަނޑު ވަގުތުތަކުގައި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަަކޮށްދިނުމުގެ ގޮތުން ޖެޓީތަކުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެ އެވެ. 

މާލޭ އުތުރު ފަރާތު ބަނދަރަކީ އަތޮޅުތެރެއިން މާލެއަށް މުދާ އުފުލާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އަލަށް ތަރައްޤީކުރާ ފިންގަރ ޖެޓީތަކާއެކު، ބަނދަރުގައި އުޅަނދުފަހަރު އެތުރުމަށް އިތުރު ޖާގަ ލިބި، މުދާ ބޭލުމާއި ބަރުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް މި މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ބުނެފައިވެ އެވެ.

އަދި މި މަޝްރޫއު ނިމުމުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ސަރުކާރުން އަމާޒު ހިފާފައިވަނީ ވީހާވެސް އަވަހަށް މި މަސައްކަތްތައް އެއްކޮށް ނިންމާލައި، އާންމު ވިޔަފާރިވެރިންނާއި އޮޑިވެރިންނަށް މި ޖެޓީތަކުގެ ބޭނުން ހިފޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

މާލޭ ނޯތުހާބަރުފިންގަރ ޖެޓީއެމްޓީސީސީ

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2026

ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!

28 އޮކްޓޯބަރު 2026
ށ. ފީވަކު ފުޓްބޯޅަ ދަނޑު ފެންސް ޖެހުމުގެ މަޝްރޫއު: ކުރީ ސަރުކާރުން ހަދަން ފަށާފައިވާ ފާރުތައް ނެގުން ނޫން އިތުރު ކަމެއް އަދި ނުވޭ!
10 އޮކްޓޯބަރު 2026

ނިލަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް: "މަޝްރޫއުތައް ހުއްޓި، ތަރައްގީގެ އުއްމީދު ގެއްލިއްޖެ"

10 އޮކްޓޯބަރު 2026
ނިލަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް: "މަޝްރޫއުތައް ހުއްޓި، ތަރައްގީގެ އުއްމީދު ގެއްލިއްޖެ"
07 އޮކްޓޯބަރު 2026

މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!

07 އޮކްޓޯބަރު 2026
މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!
27 ސެޕްޓެމްބަރު 2026

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ވަހީދު ސުވާލު އުފައްދަވައިފި

27 ސެޕްޓެމްބަރު 2026
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ވަހީދު ސުވާލު އުފައްދަވައިފި
20 ސެޕްޓެމްބަރު 2026

ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން!

20 ސެޕްޓެމްބަރު 2026
ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން!
16 ސެޕްޓެމްބަރު 2026

ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!

16 ސެޕްޓެމްބަރު 2026
ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!
08 ސެޕްޓެމްބަރު 2026

އެމްޓީސީސީގައި ރަހުނު ނުކުރާ އެންމެ މުދަލެއްވެސް ނެތް: ޒަރިޔަންދު

08 ސެޕްޓެމްބަރު 2026
އެމްޓީސީސީގައި ރަހުނު ނުކުރާ އެންމެ މުދަލެއްވެސް ނެތް: ޒަރިޔަންދު
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
02 ސެޕްޓެމްބަރު 2026

މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި

02 ސެޕްޓެމްބަރު 2026
މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި
23 އޯގަސްޓު 2026

މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!

23 އޯގަސްޓު 2026
މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް