Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ޓެކްސީ ލައިން

މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!

23 އޯގަސްޓު 2026 | އާދީއްތަ 10:29

މާލެ ޓެކްސީ ޕްރޮޖެކްޓަށް ގެނައި ކާރުތަކުގެ އަގު ބޮޑުވުމާއި، އޯޕަން ބިޑަކާ ނުލައި 13 މިލިއަން ރުފިޔާއަށް އެޕްލިކޭޝަން ހެދުން ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އޭސީސީއަށް މައްސަލަ ހުށަހަޅައިފި. މި މަޝްރޫއުގެ ދަށުން ގެނައި ކާރުތައް ބޭނުންނުކޮށް ގިނަ ދުވަސްވުމާއި ސިޔާސީ ފަރާތްތަކުގެ އަމިއްލަ ބޭނުމަށް ބައެއް ކާރުތައް ބޭނުންކުރާ ކަމުގެ ޝަކުވާ ވެސް ވަނީ ފެންމަތިވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 އޯގަސްޓު 2026 | އާދީއްތަ 10:29
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް ފަހު ރާއްޖެޓީވީ އަށް އިންޓަރވިއު ދެއްވަނީ | ރާއްޖެ އެމްވީ

މާލެ ޓެކްސީ ލައިންއާ ގުޅިގެން ފާހަގަ ކުރެވޭ އެތައް މައްސަލައެއް ފާހަގަކޮށް، އެ ކަންކަން ތަހުގީގު ކުރުމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މާޒް އަހުމަދު ސަލީމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސިޓީ އެއް ފޮނުއްވައިފި އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އަށް އަށް މާޒް ސަލީމް ފޮނުއްވި ސިޓީގައި ވަނީ މާލެ ސަރަހައްދުގައި އާއްމުންގެ ދަތުފަތުރު މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ އެމްޓީސީސީ 150 އީވީ ކާރު ރާއްޖެއަށް ގެނައުމަށްޓަކައި ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މިއީ އެވެރެޖުކޮށް ބަލާއިރު ނިސްބަތުން ކާރަކަށް ބައިމިލިއަނަށް ވުރެ ގިނަރުފިޔާ ކަމަށާއި ޓެކްސީގެ ޚިދުމަތް ދިނުމުގެ ނަމުގައި އެމްޓީސީސީ އިން އެތެރެކޮށްފައިވާ މިއިން އެއްވެސް ކާރަކަށް ކަސްޓަމްސްގެ ޑިއުޓީ ދައްކާފައި ނުވާ ކަމަށެވެ. އަދި ދުނިޔޭގެ މާކެޓު ރޭޓަށް ބަލާއިރު މިއީ ވަރަށް ބޮޑު އަގެއްކަމުގައި، ރާއްޖެއަށް ކާރު އެތެރެކުރާ ކުންފުނިތަކުން ބުނެ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ސިޓީގައި ބުނީ ޑުރައިވަރުންގެ ގޮތުގައި 400 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާ ދީފައިވާއިރު ދައުލަތުގެ ބަޖެޓުން މިލިއަން ރުފިޔާ އިން މި ހިނގާ ޚަރަދާ އެއްވަރުގެ އެއްވެސް ޚިދުމަތެއް ރައްޔިތުންނަށް އެ ކާރުތަކުން ނުލިބޭ ކަމަށެވެ. އަދި މާލޭ ޓެކްސީ ލައިންގެ މަޝްރޫއަކީ ހަމައެކަނި ޤަވާއިދާ ޚިލާފުވުމުގެ އިތުރަށް މާލިއްޔަތު ޤާނޫނާއި އަދި ޕުރޮކިޔުމެންޓު އުސޫލުތަކަށް ބަލާއިރު ބޮޑު ކޮރަޕްޝަނެއް އެކުލެވިގެންވާ މަޝްރޫއެއް ކަމަށް އެ ސިޓީގައިވެ އެވެ.

އެހެން ނަމަވެސް އެމްޓީސީސީން ޓެކްސީ ކުރުމަށް ގެނައި ކާރުތަކުގެ ތެރެއިން ބައެއް ކާރުތައް ޓުރާންސްޕޯޓުގެ ޤަވާއިދަކަށް ނުފެތޭ ކަމަށާއި އިލެކްޓްރިކް ކާރުތަކެއް މިހާ ބޮޑު އަގުގައި ގެނައުމުގެ ފަހަތުގައި ކުންފުނީގެ އިސްވެރިންގެ މަޤާމާއި ބާރާއި ނުފޫޒު ބޭނުންކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން، ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ގެނެސްފައިވާ ކާރުތައް ނުދުއްވާ ބަހައްޓާފައި ހުންނާތީ އާއްމުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށާއި މީގެ ތެރެއިން ބައެއް ކާރުތައް ދައުލަތުގެ މުއައްސަސާތަކުގެ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އަދި އެބޭފުޅުންގެ އާއިލީ ބޭބޭފުޅުންގެ ދަތުރުތަކަށް ބޭނުން ކުރަމުންދާކަން ރައްޔިތުން ދަނީ ފާހަގަ ކުރާ ކަމަށް ސިޓީގައިވެ އެވެ.

ސިޓީގައި ބުނީ ކާރުތައް މާލެތެރޭގައި ދުއްވުމަށް ބޭނުންވާ އެޕްލިކޭޝަން އުފެއްދުމަށްޓަކައި ފިކްސްޑް މޯލްޑިވްސް އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އޯޕަން ބިޑިންގް ޕުރޮސެސްއެއް ނުހިންގާ ސިއްރިޔާތުގައި 13 މިލިއަން ދިވެހި ރުފިޔާ އަށް ކަމަށެވެ. އަދި މި ކުންފުންޏަކީ މިކަހަލަ އެޕްލިކޭޝަން ހެދުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏެއް ކަމަށާއި ރާއްޖޭގައި މިފަދަ އެޕްލިކޭޝަންތައް އުފެއްދުމުގެ ޤާބިލްކަން ހުރި އެއްވެސް ކުންފުންޏަކަށް ނުވަތަ އެއްވެސް ބަޔަކަށް މި އެޕްލިކޭޝަން ހެދުމަށް ޕުރޮޕޯސަލް ހުށަހެޅުމަށް ދައުވަތު ދީފައިނުވާ ކަމަށެވެ.

"ފިކްސްޑް މޯލްޑިވްސް" އަކީ ހދ. ނޮޅިވަރަންފަރު ޑޭޒީމާގޭ އިބްރާހީމް އަބްދުﷲގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ކަން ފާހަގަކޮށް ސިޓީގައި ބުނީ މައުލޫމާތު ލިބޭގޮތުގައި އިބްރާހީމް އަބްދުﷲ އާއި އެމްޓީސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝް އަކީ އެއް އެޑްރެހަކަށް ރަޖިސްޓްރީވެފައިވާ އާއިލީ ގުޅުން އޮތް ދެ މީހުން ކަމަށެވެ.  

 މި އެޕްލިކޭޝަން އާއްމުންނަށް ތައާރަފް ކުރުމުން، ރާއްޖޭގައި މިފަދަ ސޮފްޓްވެއަރ ޑިވޮލޯޕްކުރާ ޑިވޮލޮޕަރުން، މި އެޕްލިކޭޝަނަކީ ވަރަށް ފެންވަރު ދަށް އަދި ވަރަށް އާދައިގެ އެޕްލިކޭޝަނެ ބުނެފައިވާ ކަމަށާއި މި ސޮފްޓްވެއަރ އާއި ބެހޭގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް، ސޮފްޓްވެއަރ އަށް ސައިބާ ހަމަލާއެއްދީ ހެކްކޮށް، އެޕްލިކޭޝަން ބޭނުންކުރި ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތުތަކާއި ސިސްޓަމްގެ އެތެރޭގެ މައުލޫމާތުތައް ލީކޮށްލާފައިވާ ކަން ވެސް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. އަދި އެޕްލިކޭޝަންގެ އެތެރޭގެ ވޮލެޓް މައުލޫމާތާއި ޑްރައިވަރުންގެ ނަންތަކާއި ފްލީޓްގެ ތަފުސީލާއި ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފުސީލާއި ފޯނު ނަންބަރުތަކުގެ އިތުރުން ގެއްލޭ ތަކެއްޗާ ބެހޭ ބަޔަށް ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީން ޝޮޓްތައް ވެސް ހެކަރު އާންމުކޮށްފައިވާކަން ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. 

އެހެންކަމުން މާލެ ޓެކްސީގެ ނަމުގައި ޓެކްސީ ކުރުމަށް 80 މިލިއަން ރުފިޔާ އަށް ރާއްޖެ އެތެރެކޮށްފައިވާ 150 ކާރު ގެނައުމުގެ ފަހަތުގައި ކޮރަޕްޝަން ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި މާލެ ޓެކްސީ ލައިންގައި ޚިދުމަތް ދިނުމަށް ރާއްޖެ އެތެރެކޮށްފައިވާ 150 ކާރުގެ ތެރެއިން ގިނަ އަދަދެއްގެ ކާރު ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުންނުކޮށް، ހުޅުމާލެ ފޭސް 2 ގައި ހާމަޔަށް އޮންނަ ހުސްބިމަކަށް ދޫކޮށްލާފާ އޮންނަ މައްސަލަ ތަހުގީގު ކުރުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން، ބައެއް ކާރުތައް ސަރުކާރުގެ ބައެއް ސިޔާސީ މުވައްޒަފުންނާއި އަދި އެފަރާތްތަކުގެ އާއިލާތަކުގެ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރަމުންދާ  ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަ އާއި މުޅި މަޝްރޫއުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.  

އެންޓި ކޮރަޕްޝަން ކޮމިޝަންއެމްޓީސީސީމާޒް ސަލީމްމާލެ ޓެކްސީ ލައިން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް

23 އޯގަސްޓު 2026
އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް
21 އޯގަސްޓު 2026

ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު

21 އޯގަސްޓު 2026
ރައީސް މުއިއްޒު އަކީ ސިނގުރުޅީގައި ވިސްނާލެއްވުމެއްނެތި ކަންކަން ކުރައްވާ ބޭފުޅެއް: ޒިޔާދު
20 އޯގަސްޓު 2026

އެސްއީޒެޑްގެ މަޝްރޫއުން ދައުލަތައް ފައިދާގެ ގޮތުގައި ލިބިގެންދާނީ އެންމެ އިންސައްތައެއް: މާޒް ސަލީމް

20 އޯގަސްޓު 2026
އެސްއީޒެޑްގެ މަޝްރޫއުން ދައުލަތައް ފައިދާގެ ގޮތުގައި ލިބިގެންދާނީ އެންމެ އިންސައްތައެއް: މާޒް ސަލީމް
20 އޯގަސްޓު 2026

"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"

20 އޯގަސްޓު 2026
"ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ ކަމެއް"
20 އޯގަސްޓު 2026

ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!

20 އޯގަސްޓު 2026
ޓައުންޝިޕް މަޝްރޫއާއެކު ދައުލަތަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަމުގެ ތުހުމަތާއެކު މައްސަލަ އޭސީސީއަށް!
19 އޯގަސްޓު 2026

ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާއެކު މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު

19 އޯގަސްޓު 2026
ކުޅިވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާއެކު މިދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު
06 އޯގަސްޓު 2026

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ

06 އޯގަސްޓު 2026
މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ
05 އޯގަސްޓު 2026

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

05 އޯގަސްޓު 2026
ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!
05 އޯގަސްޓު 2026

މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!

05 އޯގަސްޓު 2026
މޭޔަރުކަމުގައި ހުންނެވިއިރު މުއިއްޒުގެ އަރިސް ބޭފުޅެއްގެ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގައިދޭން މާލޭ ސިޓީ ކައުންސިލުން އެދެނީ!
05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް