Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ޓެކްސީ ލައިން

މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި

2 ސެޕްޓެމްބަރު 2026 | ބުދަ 07:31

އެމްޓީސީސީގެ "މާލޭ ޓެކްސީ ލައިން" މަޝްރޫއަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުމާއި 150 ކާރު ހޯދުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލައެއް އޭސީސީ އިން ބަލަން ފަށައިފި. އާންމުކޮށް ބީލަމަށް ހުޅުވާނުލައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މި މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، ގެނައި ކާރުތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ ކަމުގެ ޝަކުވާ ވެސް ވަނީ ހުށަހަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ސެޕްޓެމްބަރު 2026 | ބުދަ 07:31
ރައީސް މުއިއްޒު، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްދެއްވަނީ

ރައީސް މުއިއްޒު، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާހުކޮށްދެއްވަނީ | ރައީސް އޮފީސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "މާލޭ ޓެކްސީ ލައިން" މަޝްރޫއާ ގުޅޭގޮތުން ހުށަހަޅާފައިވާ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

މި މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވަނީ އަމިއްލަ ފަރާތެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) ގެ ފަރާތުން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އޭސީސީ އިން ބަލަމުންދާ އެއް މައްސަލައަކީ މާލޭ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުން "ފިކްސްޑް މޯލްޑިވްސް" ކިޔާ ކުންފުންޏަކާ ހަވާލުކުރުމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަ އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އާންމުކޮށް ބީލަމަށް ހުޅުވާނުލައި، ސިއްރިއްޔާތުގައި 13 މިލިއަން ދިވެހި ރުފިޔާއަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން، އެ ކުންފުންޏަކީ މިފަދަ އެޕްލިކޭޝަންތައް އުފެއްދުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏެއް ކަމަށާއި، މި މަސައްކަތަށް ގާބިލު އެހެން އެއްވެސް ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާކަންވެސް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ޓެކްސީ ޚިދުމަތަށް ބޭނުންވާ 150 ކާރު ރާއްޖެ އެތެރެކުރުމުގައި 80 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް އޭސީސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ. މި ކާރުތައް ހޯދުމުގައި ވެސް އާންމުކޮށް ބީލަމަށް ހުޅުވާލާފައި ނުވާ ކަމަށާއި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން މާކެޓް އަގަށްވުރެ މާބޮޑު އަގުތަކެއްގައި ކާރުތައް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

މާޒް ސަލީމް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ބޮޑު ހޭދައެއް ކޮށްގެން ގެނައި މި ކާރުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ކާރު ޓެކްސީގެ ޚިދުމަތަށް ބޭނުންނުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުސްބިމެއްގައި އަޅާލާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ކާރުތައް ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަމިއްލަ ބޭނުންތަކަށާއި ސިޔާސީ އެކި ކަންކަމުގައި ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފަ އެވެ.

މި ދެ މައްސަލަ ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ރަސްމީކޮށް ރަޖިސްޓްރީކޮށް، އެ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށްދާކަން އެ ކޮމިޝަނުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގާފަ އެވެ.

މި މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހައްލެއް ހޯދުމުގެ ނަމުގައި ފެށި މަޝްރޫއެއް ނަމަވެސް، މީގެ ތެރެއިން ފެންމަތިވަމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެމްޓީސީސީމާލެ ޓެކްސީ ލައިންއޭސީސީ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!

23 އޯގަސްޓު 2026
މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!
23 އޯގަސްޓު 2026

އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް

23 އޯގަސްޓު 2026
އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް
06 އޯގަސްޓު 2026

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ

06 އޯގަސްޓު 2026
މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ
05 އޯގަސްޓު 2026

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

05 އޯގަސްޓު 2026
ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!
05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
03 އޯގަސްޓު 2026

މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި

03 އޯގަސްޓު 2026
މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި
03 އޯގަސްޓު 2026

ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!

03 އޯގަސްޓު 2026
ސްޓެލްކޯއިން ދިއްލަންވީ ޤައުމު، އޭސީސީން ކުރަންވީ ކަމަކީ ކޮރަޕްޝަން ތަހުގީގުކުރުން، ފުރަތަމަ އެކަންކަން ކޮށްދީ!
03 އޯގަސްޓު 2026

ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

03 އޯގަސްޓު 2026
ކޮރަޕްޝަން ހުއްޓުވަން ކުރެވޭނެ މަސައްކަތްތައް ދެނެގަންނަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
02 އޯގަސްޓު 2026

އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!

02 އޯގަސްޓު 2026
އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!
31 ޖުލައި 2026

މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް

31 ޖުލައި 2026
މަސައްކަތް ފެށިގޮތަށް ހުއްޓާލާފައި އޮތް ގާދިއްފުށި ބަނދަރު ސަރަހައްދުން އުދައަރައި، ރަށަށް ބޮޑެތި ގެއްލުންތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް