Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ވަހީދު ސުވާލު އުފައްދަވައިފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 12:11

އެމްޓީސީސީގެ މަޝްރޫއުތައް ހުއްޓި، ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑު ދަނޑިވަޅެއްގައި، ބޮޑު ޑްރެޖަރެއް ގަންނަން ފައިސާ ހޯދި ގޮތާމެދު ކުރީގެ މެންބަރު އަބްދުﷲ ވަހީދު ސުވާލު އުފައްދަވައިފި. ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްޔިތުން އިތުބާރު ނުކުރާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ގާބިލުކަމާމެދު ޝައްކު އުފެދޭ ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 12:11
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު، ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ވައްޑެ) ސުވާލު އުފައްދަވައިފި އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އަދި ވިޔަފާރިވެރިންނަށް ވެސް މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ސަރުކާރު ކުންފުންޏަކުން ބޮޑު ޑްރެޖަރެއް ގެންނަކަމަށް ވިދާޅުވިއިރު އެއީ ކިހާ އަގެއްގެ އެއްޗެއް ކަމެއް ވެސް އެނގެން ނެތް ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ އަބަދުވެސް ވަރަށް އަޖައިބު ކުރަނިވި ގޮތަކަށް ވާހަކަތައް ފެންމަތި ކުރަމުންކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، ކުރިން ދެއްކެވި ވާހަކަތައް ހަގީގަތަކަށް ނުވީމަ މިހާރު ދައްކަމުންދަނީ އައު ވާހަކަތަކެއް ކަމަށެވެ. އަދި ކުރިން ވިދާޅުވެފައިވާ ކަންކަން ހަގީގަތަކަށް ވެފައި ނުވާއިރު މިއަދު މިދައްކަވަމުންދާ ވާހަކަ ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ވަހީދު ވަނީ އެމްޓީސީސީއަށް މިހާ ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮންތަނަކުންތޯ ސުވާލު އުފައްދަވާފަ އެވެ. 

މިއުޅެނީ އެމްޓީސީސީއާ ހަވާލުކުރި އެއްވެސް މަސައްކަތެއް 3 އަހަރު ވެގެން ދިޔައިރު ވެސް އޭގައި ދާންވާ ސްޕީޑްގައި ނުގޮސްގެން. އެބޭފުޅުންނަށް ފައިސާގެ ދަތިކަން އިންތިހާއަށް އޮވޭ، އެބޭފުޅުންނަށް އެ ގެންނަން ވާ މުދާ ގެނައުމުގައި އިންތިހާއަށް ދަތިކަން އޮވޭ. އެ ހުރިހާ ކަމެއް ހުއްޓާ ކުއްލިއަކަށް ޑްރެޖަރެއް ގެންނަނީ ކޮން ގޮތަކަށްތޯ
އަބްދުﷲ ވަހީދު (ވައްޑެ)

ސަރުކާރުން މިހާރު މަސައްކަތްކުރަނީ އިތުރު ޑްރެޖަރެއް ހޯދައިދީ އެމްޓީސީސީގެ ބިން ހިއްކުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ މިއަހަރު ނިމުމުގެ ކުރިން މަހާ ޖައްރާފާއަށްވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ގެނެވޭނެ ކަމަށް އުއްމާދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. 

މިފަހަރު ގެންނަނީ އައު ޑްރެޖަރެއް ކަމަށާއި އެ ޑްރެޖަރު ގެނެވުމާއެކު މިހާރު ނުފެށި ހުރި ބިން ހިއްކުމުގެ މަޝްރޫއުތައް ހަލުވިވެ، އެމްޓީސީސީގެ ބިން ހިއްކުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށް ހިނގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އަބްދުﷲ ވަހީދުއެމްޓީސީސީ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން!

20 ސެޕްޓެމްބަރު 2026
ބ. ހިތާދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ވީ ވައުދު ނުފުއްދި ދިގުލައިގެންދާތީ ކައުންސިލުގެ ކަންބޮޑުވުން!
16 ސެޕްޓެމްބަރު 2026

ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!

16 ސެޕްޓެމްބަރު 2026
ހިތާދޫ ބިން ހިއްކުން: މަސައްކަތް ފެށީ ކައުންސިލު އިންތިޚާބަށް 4 ދުވަހަށްވެފައި ވަނިކޮށް، އިންތިޚާބުން ބަލިވި ހިސާބުން މަސައްކަތް ހުއްޓިއްޖެ!
08 ސެޕްޓެމްބަރު 2026

އެމްޓީސީސީގައި ރަހުނު ނުކުރާ އެންމެ މުދަލެއްވެސް ނެތް: ޒަރިޔަންދު

08 ސެޕްޓެމްބަރު 2026
އެމްޓީސީސީގައި ރަހުނު ނުކުރާ އެންމެ މުދަލެއްވެސް ނެތް: ޒަރިޔަންދު
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
02 ސެޕްޓެމްބަރު 2026

މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި

02 ސެޕްޓެމްބަރު 2026
މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި
23 އޯގަސްޓު 2026

މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!

23 އޯގަސްޓު 2026
މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!
23 އޯގަސްޓު 2026

އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް

23 އޯގަސްޓު 2026
އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް
06 އޯގަސްޓު 2026

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ

06 އޯގަސްޓު 2026
މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ
05 އޯގަސްޓު 2026

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

05 އޯގަސްޓު 2026
ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!
05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް