Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އެމްޓީސީސީގައި ރަހުނު ނުކުރާ އެންމެ މުދަލެއްވެސް ނެތް: ޒަރިޔަންދު

8 ސެޕްޓެމްބަރު 2026 | އަންގާރަ 05:46

އާރުޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލަން ރައީސް މުއިއްޒު ވަނީ ނިންމަވާފައި. މިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، އެމްޓީސީސީ އިން ވިޔަފާރި ދަރަނި އަދި އެހެނިހެން ދަރަނީގެ ގޮތުގައި މިވަގުތު 2.97 ބިލިއަން ރުފިޔާ އެހެން ފަރާތްތަކަށް ދައްކަން ޖެހިފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 05:46
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގައި ރަހުނު ނުކުރާ އެންމެ މުދަލެއް ވެސް ނެތް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ އެމްޓީސީސީގެ ޚަރަދުތައް ކުރަނީ ސަރުކާރުން ދޭ ފައިސާ އިން ކަމަށާއި، އެ ކުންފުންޏަކީ ދައުލަތައް ބަރޯސާވެފައިވާ ކުންފުންޏެއް ކަމަށެވެ.

Advertisement - newsAdvertisement

އާރުޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. މިކަން ފާހަގަކޮށް ޒަރިޔަންދު ވިދާޅުވީ، އެމްޓީސީސީ އިން ވިޔަފާރި ދަރަނި އަދި އެހެނިހެން ދަރަނީގެ ގޮތުގައި މިވަގުތު 2.97 ބިލިއަން ރުފިޔާ އެހެން ފަރާތްތަކަށް ދައްކަން ޖެހިފައިވާ ކަމަށެވެ. އަދި އެމްޓީސީސީގެ އިމާރާތްތަކާއި މަޝްރޫއުތަކަށް ގެނަސްފައިވާ ތަކެތި ވެސް ވަނީ ބޭންކުގައި ރަހުނު ކުރެވިފައި ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ އެންމެ ފަހުގެ ހިސާބުތަކަށް ބަލައިފި ނަމަ ދައުލަތުން އެމްޓީސީސީ އަށް 653 މިލިއަން ރުފިޔާ ސަބްސިޑީޒްގެ ގޮތަގައި އަދި ކޮންޕަންޒޭޝަންގެ ގޮތުގައި ދައްކަން ޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީ ދިރިއޮންނަނީ ސަރުކާރުން ދޭ އެއްޗަކުން. އެމްޓީސީސީގެ މައިގަނޑު އަނެއް މައްސަލައަކީ އެމްޓީސީސީގައި ރަހުނު ނުކުރާ އެއްވެސް މުދަލެއް ނެތް. މިހާތަނަށް އެމްޓީސީސީއިން ވިޔަފާރީގެ ދަރަންޏާއި އެހެނިހެން ޕޭޕާރސްގެ ގޮތޮގައި 2.97 ބިލިއަން ރުފިޔާ އެހެން ފަރާތްތަކަށް ދައްކަން ޖެހިފައިވޭ. އެމްޓީސީސީގެ މައިގަނޑު ބިލްޑިންގްތަކާއި ތަންތަން ހިއްކަން ގެނައި މަހާޖައްރާފާއި ކުޑަޖައްރާފު ވެސް އޮތީ ބޭންކުގައި ރަހުނުކުރެވިފައި. ދައުލަތުން ދޭންޖެހޭ ސަބްސިޑީޒް އަދި ކޮންޕަންޒޭޝަންގެ ގޮތުގައި 653 މިލިއަން ރުފިޔާ އެމްޓީސީސީއަށް ދީފައެއް ނުވޭ
އިސްމާއީލް ޒަރިޔަންދު

ސަރުކާރުން އާންމު ކުންފުނިތަކަށް ފައިސާ ދޭގޮތަށް އެމްޓީސީސީ އަށް ފައިސާ ނުދޭ ކަމަށް ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، ދައުލަތުން އެމްޓީސީސީ އަށް ފައިސާ ދެނީ ހަތަރު އަހަރާއި ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ އެމްޓީސީސީގެ ފައިދާ ވަރަށް ބޮޑުކޮށް ދައްކާފައިވީ ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ ހަމައެކަނި 151 މިލިއަން ރުފިޔާ ކަމަށެވެ.

ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ އެމްޓީސީސީ އަދި އާރްޑީސީ އެއްކޮށްލުމުގެ އިތުރަށް ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށް ނިންމަވާފަ އެވެ. މިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ އެމްޓީސީސީ އަށް ވުރެ ސްޓެލްކޯގެ ހާލަތު މާ ގޯސް ކަމަށެވެ.

މިގޮތުން ސްޓެލްކޯގެ ދައުރުވާ މުދަލުގެ ގޮތުގައި ހުރީ 1.6 ބިލިއަން ރުފިޔާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. ނަމަވެސް ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ސްޓެލްކޯގެ ފަރާތުން އެކި ފަރާތްތަކަށް ދައްކަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހެންކަމުން ސްޓެލްކޯގެ ކަރަންޓް ރޭޝިއޯ މިވަގުތު ހުރީ 0.86 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ދައުރުވާ މުދާ ސްޓެލްކޯގައި ހުރީ 1.6 ބިލިއަން ރުފިޔާ ހުރި އިރު އެމީހުންގެ ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ. އޭގަ މާނައަކީ ސްޓެލްކޯއަށް ވަގުތުން ހަރަދު ކުރެވެން ހުރި މިންވަރަށް ވުރެ އެކި ފަރާތްތަކަށް ދައްކަންޖެހޭ މިންވަރު ކޮންމެ 1 ރުފިޔާއަކުން ސްޓެލްކޯއަށް ޙަރދު ކުރެވެން އޮތީ އެންމެ 86 ލާރި
އިސްމާއީލް ޒަރިޔަންދު  

ޒަރިޔަންދު ވިދާޅުވީ އެމްޓީސީސީ އަދި ސްޓެލްކޯގެ ދަރަނިތައް މިހާ ބޮޑުވެފައިވާއިރު އެހެން ކުންފުންޏަކާއި މި ދެ ކުންފުނި އެއްކޮށްލުމަކީ ދެ ކުންފުނީގެ ދަރަނިތައް އިތުރު ވެގެންދާނެ ކަމެއް ކަމަށެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށާއި އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ މިއީ ކުންފުނިތައް ރައިޓްސައިޒްކޮށް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި އެތައް މަޝްވަރާތަކާއެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

ނަމަވެސް މި ކުންފުނިތައް އެއްކޮށްލުމުގެ ސަބަބުން އެ ކުންފުނިތަކުގައި މިހާރު މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާއާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި އާރްޑީސީ އާއި ފެނަކައިން މިހާރު ވެސް ރަށްރަށުގައި އެތައް މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު މި މަޝްރޫއުތަކަށް ވާނެ ގޮތާ މެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެމްޓީސީސީއިސްމާއީލް ޒަރިޔަންދު

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
02 ސެޕްޓެމްބަރު 2026

މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި

02 ސެޕްޓެމްބަރު 2026
މާލޭ ޓެކްސީ ލައިންގެ މަޝްރޫއުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ހިމެނޭއިރު، މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށް އޭސީސީ އިން ބުނެފި
23 އޯގަސްޓު 2026

މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!

23 އޯގަސްޓު 2026
މާލެ ޓެކްސީ ލައިންއާ ގުޅޭ އެތައް މައްސަލައެއް އޭސީސީ އަށް!
23 އޯގަސްޓު 2026

އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް

23 އޯގަސްޓު 2026
އެމްޓީސީސީ އިން ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ ބޭނުމަށް: މާޒް ސަލީމް
14 އޯގަސްޓު 2026

ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު

14 އޯގަސްޓު 2026
ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު
06 އޯގަސްޓު 2026

މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ

06 އޯގަސްޓު 2026
މި ސަރުކާރުން ތާރުއަޅައި ނިންމި އަމީނީމަގުގެ އެންމެފަހު ސެގްމަންޓް ހަލާކުވުމުން އަލުން މަގު މަރާމާތުކުރުމުގެ މަސައްކަތް ނޮވެމްބަރަށް ނިންމަނީ
05 އޯގަސްޓު 2026

ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!

05 އޯގަސްޓު 2026
ފ. ފީއަލީގައި އެމްޓީސީސީން ކުރިއަށްގެންދާ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަނީ އަތު އުދެއްޔާއި، ފަކީރާ އަދި ބަރޯ ބޭނުންކޮށްގެން!
05 އޯގަސްޓު 2026

މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!

05 އޯގަސްޓު 2026
މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައި، ވެރިކަން ބަދަލުވި ފަހުން ބިން ސާފުކޮށްލުން ނޫން ކަމެއް ނުކުރޭ!
03 އޯގަސްޓު 2026

މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި

03 އޯގަސްޓު 2026
މާލީ ހިސާބުތައް ހުށަނާޅާތީ އެމްޓީސީސީ ޖޫރިމަނާކޮށްފި
02 އޯގަސްޓު 2026

އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!

02 އޯގަސްޓު 2026
އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް