Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މީދޫ

މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!

7 އޮކްޓޯބަރު 2026 | ބުދަ 11:03

ދ. މީދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބާ ދިމާކޮށް ފެށި މި މަޝްރޫއު، ބިން ދޫކުރުމަށްފަހުވެސް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަކީ ތަރައްގީގެ މަސައްކަތްތަކަށް އެޅޭ ހުރަހެއް. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް ނުހިނގާތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2026 | ބުދަ 11:03

ދ. މީދޫގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށުގެ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ދ. މީދޫގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ކުރިއަށްނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމާ ގުޅިގެން، އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މީދޫ ޕޮލިސް ސްޓޭޝަނަކީ ވޭތުވެދިޔަ ކައުންސިލްގެ ދައުރުގައި ބިން ނުދީގެން ވަރަށް ބޮޑަށް މައްސަލަ ޖެހުނު ތަނެއް ކަމަށެވެ. އަދި މަސައްކަތުގެ ސްޕީޑު ލަސްވުމުން، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހިފަހައްޓާތީ ކަމަށް ދައްކަން ސަރުކާރުން މަސައްކަތްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނަމަވެސް، އެ މަޝްރޫއަށް ބިން ދޫކުރުމަށްފަހު ވެސް ފެންނަނީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ހަމައެކަނި ފައުންޑޭޝަން އަޅައި، ތަނބުތަކެއް ޖެހުމަށްފަހު އިތުރު މަސައްކަތެއް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ ކަމަށާއި، މިހާރު މި މަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އެ ސައިޓުގައި ބަންގްލަދޭޝްގެ 20 އެއްހާ މަސައްކަތްތެރިންނާއި އެތައް ދިވެހިންނެއް ތިބި ނަމަވެސް، އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށްދާ މަންޒަރު ރަށުގެ ރައްޔިތުންނަށް ނުފެންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ކައުންސިލް އިންތިޚާބު ތެރޭގައި ދެން މި ރަށުގައި އެ ގޮތަށް އެ ބޭފުޅުންނަށް އަތްލެވެން ހުރި ހުރިހާ ދިމާލެއްގެ މަސައްކަތްތަކެއް ފެށި، ފަށާފައި ކައުންސިލް އިންތިޚާބު ނިމުނީ. އެ މަސައްކަތްތައް ކުރަމުން ދިޔަ މީހުން ދިޔައީ އަޑިއަށް ކަމެއް އެރީ މައްޗަށް ކަމެއް އަޅުގަނޑުމެން ރައްޔިތުންނަކަށް ނޭނގެ
މުހައްމަދު ޝާހިދު

މި މަޝްރޫއު ހުއްޓިފައި އޮންނަތާ ވީ މުއްދަތާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މި މަސައްކަތް ފެށިގެން ދިޔައީ ކައުންސިލް އިންތިޚާބާ ދިމާކޮށް ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް އެކި ދިމަދިމާލުން ފެށި މަސައްކަތްތައް، އިންތިޚާބު ނިމުމާއެކު ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދ. މީދޫއެމްޓީސީސީޕޮލިސް ސްޓޭޝަން

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5

މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!

05 އޮކްޓޯބަރު 2026
ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!
04 އޮކްޓޯބަރު 2026

މީދޫގައި ތަރައްގީ ކުރާ މޫދަށް އެރޭ ސަރަހައްދު: އިންތިޚާބުގެ ފަހުން އަމަލީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދޭ، މިހާރު ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން!

03 އޮކްޓޯބަރު 2026

ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

03 އޮކްޓޯބަރު 2026
ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
03 އޮކްޓޯބަރު 2026

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

03 އޮކްޓޯބަރު 2026
ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!
03 އޮކްޓޯބަރު 2026

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

02 އޮކްޓޯބަރު 2026

ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!

02 އޮކްޓޯބަރު 2026
ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!
01 އޮކްޓޯބަރު 2026

ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!

01 އޮކްޓޯބަރު 2026
ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!
27 ސެޕްޓެމްބަރު 2026

އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ވަހީދު ސުވާލު އުފައްދަވައިފި

27 ސެޕްޓެމްބަރު 2026
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ފައިސާ ނެތްއިރު ބޮޑު ޑްރެޖަރެއް ގެންނަން ޑޮލަރު ހޯދީ ކޮން ގޮތަކުންތޯ ވަހީދު ސުވާލު އުފައްދަވައިފި
26 ސެޕްޓެމްބަރު 2026

މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި

26 ސެޕްޓެމްބަރު 2026
 މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި
25 ސެޕްޓެމްބަރު 2026

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

25 ސެޕްޓެމްބަރު 2026
ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް