Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ ވައްކަމާއި ޖަރީމާ ހިމެނޭތީ: ޝަމާއު

31 އޮކްޓޯބަރު 2026 | ހޮނިހިރު 07:30

ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ސިއްރުން ކުރިއަށްގެންދަނީ ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިކުރުމަށް ކަމަށް ބުނެ ޝަމާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް މީޑިއާއަށް ޖަވާބުދާރީވެ ވަޑައިނުގަންނަވާކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ، ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 31 އޮކްޓޯބަރު 2026 | ހޮނިހިރު 07:30
ރާއްޖެޓީވީގެ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް އިއުލާނުކުރުމެއް ނެތި ސިއްރިޔާތުގައި ކުރިއަށްގެންދަނީ، ވައްކަމާއި ޖަރީމާ އެކަމެއްގައި ހިމެނޭތީ ކަމަށް އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ، މި ސަރުކާރުގައި ހިނގާ ބޮޑެތި މަޝްރޫއުތަކާއި، މަސައްކަތްތަކަކީ އެއްވެސް އެގޮތަކަށް އިއުލާނު ކުރުމެއް ނެތި ކުރަމުންދާ ކަންކަން ކަމަށާއި، ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ސިއްރިއްޔާތުގައި ކަމަށެވެ. އެ ގޮތަށް ކަންކަން ކުރަމުންދަނީ އެކަމުގައި ވައްކަމާއި، ޖަރީމާ ހިމެނޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ވެސް އެފަދަ މަޝްރޫއެއް ކަމަށެވެ. 

Advertisement - newsAdvertisement
ކުރުކޮށް ދަންނަވަންޏާ ސަލީމް މީގައި ސިއްރުން ކުރާނީ ކޮންކަމެއްތޯ؟ ވައްކަން، ވައްކަން. ސިއްރުން ޖަރީމާ ހިންގާނީ. ސިއްރުން ވައްކަން ކުރާނީ އެނގޭތޯ. އެހެންވީމާ މިއަދު ހިނގައިގެން މި އުޅޭ ކަންތަކުގައި އަޅުގަނޑު ހަމަ އެ ދަންނަވާނީ މީގައި އެއްވެސް ގޮތަކަށް މިއިއުލާނެއް ކުރެވި އެއްވެސް ކަމެއް ކުރެވިފައެއް ނެތް
ޝަމާއު ޝަރީފް

މީގެއިތުރުން، އާންމުކޮށް މީޑިއާތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވައި އަދި ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް ބޮޑު މާލަމެއް ހައްދަވައިގެން އުޅުއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް، މި މައްސަލައާ ގުޅިގެން މީޑިއާއަށް އެއްވެސް އިންޓަވިއުއެއް ދެއްވާފައި ނުވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. އަދި މި މައްސަލައިގައި ވާހަކަ ނުދެއްކެނީ މީގެ ތެރޭގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން ބައެއް ވަޒީރުން ނެރެގެން ރަސްމާލެ މަޝްރޫއު ދިފާއުކޮށް، ވާހަކަދައްކުވަމުންދާކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ، އެ ބޮޑު މަޝްރޫއުގައި ސޮއިކުރުމުގެ ކަންކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފިޔަވައި އެހެން އެއްވެސް ވަޒީރަކު ވަޑައިގެންފައި ނުވާ ކަމަށާއި، މިނިސްޓަރަށް ވެސް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ގިނިކަންޏާ ކަމަށެވެ. އަދި މިކަމުން އެކަނި ވެސް މީގައި އޮތް ވައްކަން ހާމަވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުޝަމާއު ޝަރީފްރަސްމާލެ

އެންމެ ހިނގާ

1

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

2

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

3

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް

04 ނޮވެމްބަރު 2026
ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް
04 ނޮވެމްބަރު 2026

ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!

04 ނޮވެމްބަރު 2026
ކުރީ ސަރުކާރުން ރާއްޖެ ބަނގުރޫޓުކޮށް، ފައިސާ ޗާޕުކޮށް، ދަރަނިވެރި ކޮށްލިކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި!
03 ނޮވެމްބަރު 2026

ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން

03 ނޮވެމްބަރު 2026
ރަސްމާލެ ވިއްކާލަނީ ކުޑަ ފައިސާ ކޮޅެއްގެ ބޭނުމުގައި، އެކަން ކުރަނީ ދުނިޔޭގެ އެދުމާއި ހެދި: އަލީ ހުސެއިން
03 ނޮވެމްބަރު 2026

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!

03 ނޮވެމްބަރު 2026
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ރައީސަށް ޖަވާބުދާރީވާން ޖެހޭގޮތަށް ޓާޝަރީ ހޮސްޕިޓަލްތަކަށް ވަކި ގުރޫޕެއް!
02 ނޮވެމްބަރު 2026

ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

02 ނޮވެމްބަރު 2026
ބޮޑެތި އިންވެސްޓްމަންޓްތަކުން މަދުވެގެން 50 ޕަސެންޓް އިކުއިޓީ ރާއްޖެއަށް ލިބެންޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
02 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު

02 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް ފުރިހަމަ އަށް ތާއީދުކުރަން: ޗެއަރޕާސަން ނަޝީދު
02 ނޮވެމްބަރު 2026

ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ

02 ނޮވެމްބަރު 2026
ރައްޔިތުން ސުވާލުކުރަނީ މިއީ ސީރިއަސް ސަރުކާރެއްތޯ ނުވަތަ ކޮމިޑީ ޝޯވ ދޭ ބައެއްތޯ އެވެ
02 ނޮވެމްބަރު 2026

އިހުތިރާމް ލިބިފައިވާ ބޭފުޅުން ސިޔާސީ ކުޅިގަނޑުގެ ތެރެއަށް: ކަންބޮޑުވުން ބޮޑު ސިޔާސަތެއް

02 ނޮވެމްބަރު 2026
އިހުތިރާމް ލިބިފައިވާ ބޭފުޅުން ސިޔާސީ ކުޅިގަނޑުގެ ތެރެއަށް: ކަންބޮޑުވުން ބޮޑު ސިޔާސަތެއް
02 ނޮވެމްބަރު 2026

ޕީއެންސީ އަކީ އިދިކޮޅުގައި އޮތްއިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް، ސަރުކާރުގަ އޮވެގެން ވެސް ކުރަނީ އެކަންތައް: ޝާހިދު

02 ނޮވެމްބަރު 2026
ޕީއެންސީ އަކީ އިދިކޮޅުގައި އޮތްއިރު ވެސް އަވަށްޓެރި ގައުމުތަކާ މެދު ފިތުނަ އުފެއްދި ބައެއް، ސަރުކާރުގަ އޮވެގެން ވެސް ކުރަނީ އެކަންތައް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް