Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެކްސިޑެންޓު

ބޮސްނިއާގައި އީޔޫ މިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި އިޓަލީވިލާތުގެ ހަތަރު މީހަކު މަރުވެެއްޖެ

30 އޮކްޓޯބަރު 2026 | ހުކުރު 09:27

ބޮސްނިއާގައި އީޔޫގެ ސުލްހަ ބަލަހައްޓާ މިޝަންގައި ބޭނުންކުރި އިޓަލީވިލާތުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާގައި ހަތަރު މީހުން މަރުވެ، 11 މީހަކަށް އަނިޔާވެއްޖެ. މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް އިޓަލީގެ ބޮޑުވަޒީރާއި ދިފާޢީ ވަޒީރު ތަޢުޒިޔާ ފޮނުއްވާފައިވާއިރު، ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ޚާއްސަ ތަހުގީގެއް މިހާރު ވަނީ ފަށާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 30 އޮކްޓޯބަރު 2026 | ހުކުރު 09:27
ބޮސްނިއާ އެންޑް ހެރްޒެގޮވީނާއި ހަރަކާތްތެރިވާ އީޔޫ މިޝަންގައި ބޭނުންކުރަމުންދިޔަ އިޓަލީވިލާތުގެ އަސްކަރިއްޔާގެ އައިސީއެޗް-47 ޝިނޫކް މަރުކާގެ ހެލިކޮޕްޓަރު ވެއްޓިފައިވާ ސަރަހައްދު

ބޮސްނިއާ އެންޑް ހެރްޒެގޮވީނާއި ހަރަކާތްތެރިވާ އީޔޫ މިޝަންގައި ބޭނުންކުރަމުންދިޔަ އިޓަލީވިލާތުގެ އަސްކަރިއްޔާގެ އައިސީއެޗް-47 ޝިނޫކް މަރުކާގެ ހެލިކޮޕްޓަރު ވެއްޓިފައިވާ ސަރަހައްދު | ރޮއިޓަރސް

ބޮސްނިއާ އެންޑް ހެރްޒެގޮވީނާގައި ހަރަކާތްތެރިވާ ވިލާތުގެ އިއްތިހާދުގެ (އީޔޫ) ސުލްހަ ބަލަހައްޓާ ފައުޖުން އޮޕަރޭޝަނެއްގައި ބޭނުންކުރަމުން ދިޔަ އިޓަލީވިލާތުގެ އަސްކަރީ ހެލިކޮޕްޓަރެއް ބުރާސްފަތި ދުވަހު ވެއްޓި، ހަތަރު މީހުން މަރުވެ އިތުރު 11 މީހަކު ޒަޚަމުވެއްޖެ ކަމަށް އިޓަލީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނެފި އެވެ. މި ހާދިސާ ހިނގި ވަގުތު އެ ހެލިކޮޕްޓަރުގައި ޖުމުލަ 15 މީހުން ތިބި ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ.

މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީވިލާތުގެ އަސްކަރިއްޔާގެ ދެ ސިފައިންނާއި، އެ ޤައުމުގެ ރެޑް ކްރޮސްގެ 'ވޮލަންޓިއާ މިލިޓަރީ ކޯ' އަށް ނިސްބަތްވާ ދެ މެންބަރުން ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. މިއާއެކު، އަނިޔާވި 11 މީހުންނަށް ވެސް ހަސްފަތާލުތަކުގައި ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް ނެތް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

Advertisement - worldAdvertisement

މި އަސްކަރީ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ބޮސްނިއާގެ ބްރަޗްކޯ ޑިސްޓްރިކްޓަށް ނިސްބަތްވާ ގޮރިތުސޭ ކިޔާ އަވަށަކަށް އިޓަލިވިލާތުގެ މީޑިއާތަކުން ބުންޏެވެ. އެ ސަރަހައްދުގެ މީޑިއާތަކުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އަސްކަރީ މުދާ އުފުލާ މި އުޅަނދު އޮތީ ބޯކޮޅުވަތަށް ބިމަށް ވެއްޓި، އެތައް ބަޔަކަށް ކުދިކުދިވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ގުއީދޯ ކްރޮޒެއްތޯ ވަނީ މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފަ އެވެ. "މި ފަދަ ފުން ހިތާމައިގެ ދަނޑިވަޅެއްގައި، އަޅުގަނޑުގެ ހެޔޮދުޢާތައް އެންމެ ފުރަތަމަ ވެސް ގުޅިފައި ވަނީ މަރުވި އަޅުގަނޑުމެންގެ ސިފައިންގެ ޢާއިލާތަކާ. އެ ފަރާތްތަކަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި ދިފާޢީ މުޅި މުއައްސަސާގެ ނަމުގައި އިޚުލާސްތެރި ތަޢުޒިޔާ އަރިސްކުރަން،" އޭނާ ވިދާޅުވި އެވެ. "މި ފަދަ ބޮޑު ބީވުމަކަށް ތަސައްލީއެއް ގެނެސްދެވޭނެ އެއްވެސް ބަހެއް ނެތް."

ވެއްޓުނު ހެލިކޮޕްޓަރަކީ 1995 ވަނަ އަހަރު ސޮއިކުރެވުނު 'ޑޭޓަން ސުލްހައިގެ އެއްބަސްވުން' ތަންފީޒުކުރުމުގެ ކަންކަން ބަލަހައްޓަމުން އަންނަ ވިލާތުގެ އިއްތިހާދުގެ ފައުޖުން ހިންގާ 'އޮޕަރޭޝަން އަލްތިއާ' ގެ ދަށުން ހަރަކާތްތެރިވަމުން ދިޔަ އުޅަނދެކެވެ. އިޓަލީވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ޚާއްސަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި، މި ހާދިސާ ހިނގި ސީދާ ހާލަތު ދެނެގަތުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯރޖާ މެލޯނީ ވެސް ވަނީ މީސްމީޑިއާގައި ތަޢުޒިޔާގެ މެސެޖެއް ހިއްސާކުރައްވާފަ އެވެ. "އަޅުގަނޑުގެ ހެޔޮދުޢާތައް ވަނީ މި ހާދިސާގެ ޝިކާރައަކަށް ވި ފަރާތްތަކަށާއި، އެ ފަރާތްތަކުގެ ޢާއިލާތަކަށް. އަދި، މި ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ޤާއިމުކުރުމުގެ މިޝަންގައި ބައިވެރިވެ، މި ހިތްދަތި ވަގުތުތައް ތަހައްމަލުކުރަމުންދާ އެންމެހައި ފަރާތްތަކާ އެކުގައި،" މެލޯނީ ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓަރސް

ބޮސްނިއާ އެންޑް ހެރްޒެގޮވިނާއިޓަލީޔޫރަޕިއަން ޔޫނިއަންޖިއޯޖިއާ މެލޯނީ

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!

30 އޮކްޓޯބަރު 2026
"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!
29 އޮކްޓޯބަރު 2026

އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ނައްތާލަން ވިލާތުގެ އިއްތިހާދާއި ހުޅަނގުގެ ބާރުތަކުން ގޮވާލައިފި

29 އޮކްޓޯބަރު 2026
އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ނައްތާލަން ވިލާތުގެ އިއްތިހާދާއި ހުޅަނގުގެ ބާރުތަކުން ގޮވާލައިފި
24 އޮކްޓޯބަރު 2026

އިންވެސްޓްކޮށްގެން ރައްޔިތުކަން ދޭ މަޝްރޫއުތައް ހުއްޓާލުމަށް ވިލާތުގެ އިއްތިހާދުން ކެރީބިއަންގެ ފަސް ގައުމަކަށް ހަރުކަށި އިންޒާރު ދީފި

24 އޮކްޓޯބަރު 2026
އިންވެސްޓްކޮށްގެން ރައްޔިތުކަން ދޭ މަޝްރޫއުތައް ހުއްޓާލުމަށް ވިލާތުގެ އިއްތިހާދުން ކެރީބިއަންގެ ފަސް ގައުމަކަށް ހަރުކަށި އިންޒާރު ދީފި
22 އޮކްޓޯބަރު 2026

އިޓަލީވިލާތުގެ ފިހާރަތަކުން ކާބޯތަކެތި ހުސްވެ، މަގުތައް ތަޅުއެޅުވި ވަރުގަދަ މުޒާހަރާ ކޮންޓްރޯލުން ނެއްޓެނީ!

22 އޮކްޓޯބަރު 2026
އިޓަލީވިލާތުގެ ފިހާރަތަކުން ކާބޯތަކެތި ހުސްވެ، މަގުތައް ތަޅުއެޅުވި ވަރުގަދަ މުޒާހަރާ ކޮންޓްރޯލުން ނެއްޓެނީ!
21 އޮކްޓޯބަރު 2026

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތައް ހުއްޓުވަން އިޓަލީވިލާތުން ސިފައިން ނެރެނީ

21 އޮކްޓޯބަރު 2026
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތައް ހުއްޓުވަން އިޓަލީވިލާތުން ސިފައިން ނެރެނީ
17 އޮކްޓޯބަރު 2026

ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި

17 އޮކްޓޯބަރު 2026
ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި
26 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ ނޭޕަލްސްގެ ފުލެޓެއްގައި ފޮރުވާފައިހުރި 3.2 މިލިއަން ޔޫރޯ ފެނިއްޖެ

26 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ ނޭޕަލްސްގެ ފުލެޓެއްގައި ފޮރުވާފައިހުރި 3.2 މިލިއަން ޔޫރޯ ފެނިއްޖެ
25 ސެޕްޓެމްބަރު 2026

އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ

25 ސެޕްޓެމްބަރު 2026
އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ
22 ސެޕްޓެމްބަރު 2026

ރަތް ކަނޑަށް އިތުރު މަނަވަރުތައް ފޮނުވައިދޭން އީޔޫއިން ގޮވާލައިފި

22 ސެޕްޓެމްބަރު 2026
ރަތް ކަނޑަށް އިތުރު މަނަވަރުތައް ފޮނުވައިދޭން އީޔޫއިން ގޮވާލައިފި
21 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ

21 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް