Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޓަލީވިލާތުގެ މުޒާހަރާ

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތައް ހުއްޓުވަން އިޓަލީވިލާތުން ސިފައިން ނެރެނީ

21 އޮކްޓޯބަރު 2026 | ބުދަ 09:45

އިޓަލީވިލާތުގެ މިލާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސިފައިން ނެރުމަށާއި، މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކާއި ޖަލު ހުކުމް އަންނަ ގޮތަށް ހަރުކަށި ގަވާއިދެއް އެ ގައުމުން ފާސްކޮށްފި. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ފެށުނު މި އިހުތިޖާޖުތަކުގައި ގެއްލުންދޭ ކުޑަކުދިންގެ މައިންބަފައިން ޒިންމާދާރުކުރުވުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 21 އޮކްޓޯބަރު 2026 | ބުދަ 09:45
އިޓަލީވިލާތުގެ މިލާންގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން ރަޔަޓު ގިޔަރުގައި ތިބި ފުލުހުން ބާރުގެ ބޭނުންކުރަނީ

އިޓަލީވިލާތުގެ މިލާންގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން ރަޔަޓު ގިޔަރުގައި ތިބި ފުލުހުން ބާރުގެ ބޭނުންކުރަނީ | އޭއެފްޕީ

ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން އިޓަލީވިލާތުގެ އުތުރުގައި ފެށި، އަދި ފާއިތުވި ހަފުތާ ބަންދުގައި ބައެއް ފަހަރު ހަމަނުޖެހުންތަކަކަށް ބަދަލުވި މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ޓަކައި ސިފައިން ނެރުމަށާއި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހު އިޓަލީވިލާތުގެ ކެބިނެޓުން ވަނީ މިލާނަށް 500 ސިފައިން ފޮނުވުމަށާއި، މުޒާހަރާތަކުގައި އަނިޔާވެރި އަމަލުތައް ހިންގުމަކީ އާ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފާސްކޮށްފަ އެވެ. އަދި، ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ދޭ އަދަބުތައް ހަރުކަށިކުރުމުގެ އިތުރުން، ތަންތަނަށް ގެއްލުންދިނުމާއި ލޫޓުވުމުގައި ބައިވެރިވާ ކުޑަކުދިންގެ މައިންބަފައިން މާލީ ގޮތުން ޒިންމާދާރުކުރުވުމަށް ވެސް ވަނީ ނިންމާފަ އެވެ.

Advertisement - worldAdvertisement

އަސްކަރިއްޔާ ނެރެނީ މުހިންމު ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ނާޒުކު ސަރަހައްދުތައް ބެލެހެއްޓުން އިތުރުކުރުމުގެ އިތުރުން މޮނިޓަރުކުރުން ހަރުދަނާކުރުމަށް އެހީތެރިވުމަށް ކަމަށް އިޓަލީވިލާތުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

މާލީ މައި މަރުކަޒު ކަމަށްވާ މިލާން ހިމެނޭހެން އިޓަލީވިލާތުގެ އުތުރުގެ ސިޓީތަކަށް ފާއިތުވި ހަފުތާ ބަންދުގައި ހަމަނުޖެހުންތައް ވަނީ ފެތުރިގެން ގޮސްފަ އެވެ. މި ހަމަނުޖެހުންތަކުގައި މައިގަނޑު ގޮތެއްގައި ޒުވާނުން ހިމެނޭ ގްރޫޕުތަކުން ފިހާރަތައް ލޫޓުވައި، ބިއްލޫރިގަނޑުތައް ތަޅައި، ފުލުހުންނާ ކުރިމަތިލުންތައް ހިންގި އެވެ. މި މުޒާހަރާތައް އުފެދިގެން ދިޔައީ ތެލާއި ހަކަތައިގެ އަގު އިންތިހާއަށް އުފުލުމާއި، ކުލި ބޮޑުވުމާއި، އުޖޫރަ ކުޑަވުމުގެ އިތުރުން އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށްވުމާ ގުޅިގެން އުފެދުނު ނުރުހުމުގެ ސަބަބުންނެވެ.

އާންމު ރައްކާތެރިކަން

ވަގުތުން އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ އާ ގަވާއިދުގެ ފިޔަވަޅުތަކުގެ ދަށުން، މުޒާހަރާތަކުގެ ތެރޭގައި މަދުވެގެން ފަސް މީހުން ހިމެނޭ ގްރޫޕެއްގައި ބައިވެރިވެ އާންމު ސަލާމަތަށް ނުރައްކާކުރާ ކޮންމެ މީހަކަށް ފަސް އަހަރާ ހަމައަށް ޖަލު ހުކުމެއް އަދި އެންމެ ބޮޑުވެގެން 20،000 ޔޫރޯއިން (ގާތްގަނޑަށް 22،460 އެމެރިކާ ޑޮލަރު) ޖޫރިމަނާ ކުރެވޭނެ އެވެ.

މޫނު ނިވާކޮށްގެން ތިބޭނަމަ ނުވަތަ މީހުންނަށް ޒަޚަމު ވާނަމަ އަދަބުތައް އިތުރަށް ބޮޑުވާނެ އެވެ. އަދި، ލިބޭ ކޮންމެ ގެއްލުމަކަށް ވަގުތުން ބަދަލު ދިނުމަށް އެންގުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާއިރު، ކުޑަކުދިންގެ ފަރާތުން ލިބޭ ގެއްލުންތަކަށް އެ ކުދިންގެ މައިންބަފައިން ޒިންމާދާރު ކުރެވޭނެ އެވެ.

ކުރިން ހަމައެކަނި ބޮޑެތި މީހުންނަށް އޮތް ބާރުތައް ފުޅާކޮށް، އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމުގެ ހެކި ހުރެއްޖެ ނަމަ، އެ ކުދިން ކުށެއް ނުކުރި ނަމަވެސް ބަންދުކުރުމުގެ ހުއްދަ ފުލުހުންނަށް ލިބޭނެ އެވެ.

ނަމަވެސް، ރައީސް ސަރްޖޯ މައްތަރެއްލާ ދެކޮޅު ހެއްދެވުމާ ގުޅިގެން، ކުރިން އުންމީދުކުރެވުނު ފަދައިން ސިފައިންނަށް ފުލުހުންގެ ބާރުތައް ދިނުމަށް ކެބިނެޓުން ފާސްކޮށްފައި ނުވާ ކަމަށް އިޓަލީވިލާތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. "ތަކެއްޗަށް ގެއްލުންދިނުމާއި ވައްކަން ކުރުމަކީ އިހުތިޖާޖު ކުރުމެއް ނޫން. އެއީ ކުށެއް. އަދި، ދައުލަތުގެ ރައްދު ވާންޖެހޭނީ ހަރުދަނާ ރައްދަކަށް،" ކެބިނެޓް ބައްދަލުވުމަށްފަހު ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ ވިދާޅުވި އެވެ.

އެކި ސަރަހައްދުތަކަށް މުޒާހަރާތައް ފެތުރެނީ

އިޓަލީވިލާތުގެ އުތުރުގެ މި ހަމަނުޖެހުންތައް ގުޅިފައި ވަނީ އަވައްޓެރި ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެވެ. ފަރަންސޭސިވިލާތުގައި ފާއިތުވި އެތައް އަހަރުތަކުގެ ތެރޭގައި ހިނގި އެންމެ ވަރުގަދަ ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭ ގޮތަށް، ހޮނިހިރު ދުވަހު އެތައް ސަތޭކަ ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ.

މިއާއެކު، އިޓަލީވިލާތުގެ ދެކުނުގައި ކުރިއަށްދާ ވަކި މުޒާހަރާތަކެއްގެ ސަބަބުން ވެސް މެލޯނީގެ ސަރުކާރަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ. އެ ސަރަހައްދުގައި ޑީސަލްގެ އަގު އުފުލުމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ނުރުހުން ފާޅުކުރަމުންދާ ލޮރީ ޑްރައިވަރުން ވަނީ މަގުތައް ބަންދުކޮށް، މުދާ އުފުލުމުގެ ނިޒާމަށް ބުރޫއަރުވާލައިފަ އެވެ.

ތަކެތީގެ އަގުތައް އުފުލެމުންދިއުމުގެ ސަބަބުން އާއިލާތައް ފަގީރުކަމުގެ ތެރެއަށް ވެއްޓެމުންދާ ކަމަށާއި، މިއީ 2027 ވަނަ އަހަރުގެ ބަރުލަމާނީ އިންތިޚާބާ ކުރިމަތިލާއިރު މެލޯނީއަށް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް އުތުރާއި ދެކުނުގެ މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޓަލީމިލާންސާޖިއޯ މަޓަރެއްލާޖިއޯޖިއާ މެލޯނީފްރާންސް

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2026

ފަރަންސޭސިވިލާތުގެ ހަމަނުޖެހުންތަކުން ބޮޑެތި ގެއްލުންތަކެއް، އާ މުޒާހަރާތަކެއްގެ އިންޒާރާއެކު ފުލުހުން އެލާޓުގައި

21 އޮކްޓޯބަރު 2026
ފަރަންސޭސިވިލާތުގެ ހަމަނުޖެހުންތަކުން ބޮޑެތި ގެއްލުންތަކެއް، އާ މުޒާހަރާތަކެއްގެ އިންޒާރާއެކު ފުލުހުން އެލާޓުގައި
20 އޮކްޓޯބަރު 2026

ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ

20 އޮކްޓޯބަރު 2026
ހަމަނުޖެހުންތަކަށް ފަހު ފަރަންސޭސިވިލާތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރަށް ކާފިއު ހިންގަން ތައްޔާރުވެއްޖެ
17 އޮކްޓޯބަރު 2026

ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި

17 އޮކްޓޯބަރު 2026
ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި
04 އޮކްޓޯބަރު 2026

ފަރަންސޭސިވިލާތުގައި މުޒާހަރާ ކުރަމުންދިޔަ 5،000 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފި

04 އޮކްޓޯބަރު 2026
ފަރަންސޭސިވިލާތުގައި މުޒާހަރާ ކުރަމުންދިޔަ 5،000 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ ނޭޕަލްސްގެ ފުލެޓެއްގައި ފޮރުވާފައިހުރި 3.2 މިލިއަން ޔޫރޯ ފެނިއްޖެ

26 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ ނޭޕަލްސްގެ ފުލެޓެއްގައި ފޮރުވާފައިހުރި 3.2 މިލިއަން ޔޫރޯ ފެނިއްޖެ
25 ސެޕްޓެމްބަރު 2026

އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ

25 ސެޕްޓެމްބަރު 2026
އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ
21 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ

21 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ
18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
31 ޖުލައި 2026

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ

31 ޖުލައި 2026
އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް