Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޓަލީވިލާތް

އިޓަލީވިލާތުގެ ނޭޕަލްސްގެ ފުލެޓެއްގައި ފޮރުވާފައިހުރި 3.2 މިލިއަން ޔޫރޯ ފެނިއްޖެ

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:10

އިޓަލީގެ ނޭޕަލްސްގައި މާފިއާއާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ގޭންގަކަށް ނިސްބަތްވާ 34 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ހަތިޔާރާއި މަސްތުވާތަކެތި އަތުލައިގަނެފި. މި ރޭޑުގައި ފެނުނު 3.2 މިލިއަން ޔޫރޯއަކީ ފޯނު ކޯލްތައް އަޑުއަހައިގެން ހޯދި މައުލޫމާތަށް ބިނާކޮށް އަތުލައިގަތް ފައިސާ ކަމަށްވާއިރު، މި ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީވާ ފަންޑަށް

ނިއުސް ޓީމް
ނިއުސް ޓީމް | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:10

އިޓަލީވިލާތުގެ ފުލެޓެއްގެ ފާރުތަކާއި ފަރުނީޗަރުތަކުގެ ތެރޭގައި ފޮރުވާފައި ހުރި ކަމަށް ބުނާ 3.2 މިލިޔަން ޔޫރޯގެ ނަގުދު ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު | އެކްސް

އިޓަލީވިލާތުގެ ނޭޕަލްސްގައި ހުންނަ ފުލެޓެއްގެ ފާރުތަކާއި ތަޅުންގަނޑުގެ އިތުރުން ފަރުނީޗަރުގެ ތެރޭގައި ފޮރުވާފައި ހުރި 3.2 މިލިއަން ޔޫރޯގެ (ގާތްގަނޑަކަށް 3.6 މިލިއަން އެމެރިކާ ޑޮލަރު) ނަގުދު ފައިސާ އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހޯމަ ދުވަހު ހޯދައިފި އެވެ. ފަތިހުގެ ވަގުތެއްގައި ހިންގި މި ހާއްސަ ރޭޑުގައި 34 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކައިވާނޯގައި ހުންނަ އިމާރާތެއްގެ ފުލެޓަކުން މި ފައިސާތައް ފެނިފައި ވަނީ 50 ޔޫރޯގެ ނޫޓު ބޮނޑިތަކެއްގެ ގޮތުގައި ކަމަށް، ނޭޕަލްސްގެ ކަރަބިނިއޭރީ މިލިޓަރީ ފުލުހުން ބުންޏެވެ. މި ފައިސާތައް ހޯދާފައި ވަނީ މާފިއާއާ ދެކޮޅަށް މަސައްކަތްކުރާ ތަންފީޒީ އިދާރާތަކުގެ އޮފިޝަލުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

Advertisement - worldAdvertisement

ސެލޯފޭން އޮޅައި، ތަޅުމާއި ފާރުގެ ތެރެއާއި އަލަމާރިތަކުގެ ސިއްރު ވަތްގަނޑުތަކުގައި ތަރުތީބުން އަތުރާފައި ހުރި މި ފައިސާ ނޫޓުތައް އިމާރާތުން ނެރެފައި ވަނީ ބާލިދީތަކެއްގަ އެވެ. އަދި، އެ ފައިސާތައް ވަގުތުން ވަނީ ފުލުހުންގެ ހާއްސަ ވެހިކަލަކަށް އަރުވާފަ އެވެ. މި އޮޕަރޭޝަނުގައި ފައިސާގެ އިތުރުން ރޮލެކްސް މަރުކާގެ އަގުބޮޑު 11 ގަޑިއާއި، ހަތިޔާރު އަދި މަސްތުވާތަކެތި ވިއްކުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ވެސް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮފިޝަލުން ވިދާޅުވި އެވެ.

ފައިސާ ފެނުނު ގޮތާއި ހިންގި ރޭޑު

މި ރޭޑަކީ ނޭޕަލްސްގެ އެންޓި-މާފިއާ ޕްރޮސެކިއުޓަރު ނިކޮލާ ގްރައްތޭރީ އިސްވެ ހުންނަވައިގެން އެތައް މަހެއް ވަންދެން ހިންގެވި ސްޓިންގ އޮޕަރޭޝަނެއްގެ ބައެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ޖަލުގައި ތިބި މާފިއާ ގޭންގުތަކުގެ މެންބަރުންގެ އާއިލާތަކުން ސިއްރިއްޔާތުގައި ޖަލަށް ވައްދައިދީފައިވާ ފޯނުތަކުގެ އަޑުއެހުންތައް ކަމާބެހޭ ފަރާތްތަކުން އަޑުއަހާފައިވާ ކަމަށް ގްރައްތޭރީ ހޯމަ ދުވަހު ވިދާޅުވި އެވެ.

"މި އޮޕަރޭޝަންގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުން ދަންނަވާ ނަމަ، ހަމައެކަނި އެންމެ ގެއަކުން ވެސް 3.2 މިލިއަން ޔޫރޯގެ ނަގުދު ފައިސާއާއި އަގުބޮޑު ގަޑިތަކެއް ވަނީ އަތުލައިގަނެވިފައި،“ ހޯމަ ދުވަހު ނޭޕަލްސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި އެވެ. މި މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ލިބުނީ ހިމާޔަތް ހޯދުމުގެ ބަދަލުގައި ޕްރޮސެކިއުޓަރުންނަށް ހެކިބަސް ދިން ޖާސޫސުންގެ ފަރާތުން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

ހައްޔަރުކުރި މީހުންނަކީ ކުށްކުރާ 'އެންޖެލީނޯ ކްލޭން' ގެ ނަންކިޔާ ގޭންގަށް ނިސްބަތްވާ މީހުން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، މި ގޭންގުގެ ނުފޫޒު ކައިވާނޯގެ ތެރެއަށް ވަދެފައިވާ މިންވަރުން މިދިޔަ އަހަރު އެ ސަރަހައްދުގެ ލޯކަލް ސަރުކާރު ސަސްޕެންޑުކުރި ހާދިސާއިން ހާމަވެގެން ގޮސްފައިވާ ކަމަށް ގްރައްތޭރީ ވިދާޅުވި އެވެ.

'ކައިވާނޯ މޮޑެލް' އާއި ސިޔާސީ ޚިޔާލުތަފާތުވުންތައް

ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ ސަރުކާރުން ވަނީ ސިޓީތައް އާރާސްތުކުރުމާއި ކުށް މަދުކުރުމަށް އަމާޒުކޮށް 'ކައިވާނޯ މޮޑެލް' ގެ ނަމުގައި ހާއްސަ މަޝްރޫއެއް 2023 ވަނަ އަހަރު ތައާރަފުކޮށްފަ އެވެ. "ކައިވާނޯ ގަރާރުގެ ބޭނުމަކީ ކައިވާނޯއަށް ވަގުތުން ތަންފީޒުކުރެވޭނެ އަދި ހާލަތު ތަންދޭ މިންވަރަކުން ގައުމުގެ އެހެން ނިކަމެތި ސަރަހައްދުތަކަށް ވެސް ފުޅާކުރެވޭނެ ފަދަ ފިޔަވަޅު އެޅުމުގެ މޮޑެލެއް ކަނޑައެޅުން،“ 2023 ސެޕްޓެންބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެބިނެޓް ސެކްރެޓަރީ އަލްފްރެޑޯ މަންތޮވާނޯ ވިދާޅުވި އެވެ.

"މިއީ ހަމައެކަނި ޒުވާނުންގެ ކުށްތަކުގެ ނުރައްކަލަށް ވިސްނައިގެން އެކުލަވާލާފައިވާ މޮޑިއުލެއް ނޫން. މިއީ، މަގުމަތީގެ ނުރައްކާތަކާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް ދާން އޮތް ފުރުސަތުގެ ބަދަލުގައި، އެދެވޭ އަދި އީޖާބީ ގޮތްތަކެއް ހުށަހަޅައިދޭ ކަމެއް،“ މަންތޮވާނޯ ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ އޮޮޕަރޭޝަނާ ގުޅިގެން، އިދިކޮޅު ޕާޓީތަކުގެ ބައެއް މެންބަރުން ވަނީ މި ރޭޑަކީ ސަރުކާރުގެ އެ އިސްނެގުން ފޭލުވެފައިވާ ކަމުގެ ހެއްކެއް ކަމަށް ފާހަގަކުރައްވާފަ އެވެ. ގްރީންސް އެންޑް ލެފްޓް އެލަޔަންސްގެ އިދިކޮޅު މެންބަރު ފްރެންޗެސްކޯ ބޮރެއްލީ ވިދާޅުވީ، "އަޅުގަނޑުމެންނަށް މަސްތަކެއް ވަންދެން ފެނިގެންދިޔައީ ބޮޑުވަޒީރާއި އެކަމަނާގެ ވަޒީރުން ދެއްކުންތެރިކަމާއެކު ވަޑައިގެން، 'ސާފުކުރުން' ކުރިއަށް ގެންދާ ކަމަށް ވިދާޅުވަމުން ގެންދެވި މަންޒަރު. އަޅުގަނޑުމެން ދެކޭގޮތުގައި އެ ކަން ސިފަކޮށްފައި ވަނީ ރާވާފައިވާ ކުށްތަކުގެ މައްޗަށް ހޯދުނު ފުރިހަމަ ކާމިޔާބީއެއްގެ ގޮތުގައި. ނަމަވެސް، މި ތަހުގީގުން ފެންމަތިވި ހަގީގަތް މާ ތަފާތު.“

ކުށުގެ ވިއުގައާއި އަތުލައިގަތް ފައިސާ ބޭނުންކުރާނެ ގޮތް

ހައްޔަރުކުރި 34 މީހުންގެ މައްޗަށް ކުރަނީ މާފިއާ އުސޫލުން ކުށްކުރާ ޖަމާއަތެއް ހެދުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ބިރުދައްކައިގެން ފައިސާ ހޯދުމުގެ އިތުރުން ވިޔަފާރިކުރުމުގެ ބޭނުމުގައި މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތު ކަމަށް ކަރަބިނިއޭރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފައިސާއާއި ބަޑިއާއި ގަޑިތަކުގެ އިތުރުން، މި ކުށުގެ ވިއުގަ މަސައްކަތްކުރަމުން ދިޔަ ގޮތް ހޯދިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ. މި ގޮތުން، މަސްތުވާތަކެތި ވިއްކުމާއި ބިރުދައްކައިގެން ފައިސާ ހޯދުން ފަދަ ޣައިރުގާނޫނީ ހަރަކާތްތައް ހިންގުމަށް ވަކިވަކި ޝިފްޓުތަކަކަށް މީހުން ބަހައިގެން އެ ގުރޫޕުން މަސައްކަތްކޮށްފައިވާ ކަމަށް ގްރައްތޭރީ ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެ ގުރޫޕުގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ "ވިޔަފާރި އުސޫލުން" ނެވެ. 

އަތުލައިގަތް ފައިސާ ޖަމާކުރާނީ ރޭވިގެން ހިންގާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ އިޓަލީގެ 'ޖަސްޓިސް ފަންޑު' އަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި ސަރުކާރުން ބަޖެޓު އުނިކުރުމާ ކުރިމަތިލާންޖެހިފައިވާ ޑިޕާޓްމަންޓުގެ ވެރިޔާ ގްރައްތޭރީ ވަނީ ސަމާސާ ކުރައްވަމުން، އޭގެ ތެރެއިން ބައެއް ފައިސާ ކުރިއަށް އޮތް ތަނުގައި ފޯނު އަޑުއެހުމުގެ އޮޕަރޭޝަންތަކަށް ހަރަދުކުރަން ދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"ޚަރަދު ކުޑަކުރުމަށް ޓަކައި ފޯނު އަޑުއެހުންތައް މަދުކުރަން ވަޒީރު ބޭނުންފުޅުވާ ހާލަތާމެދު އަޅުގަނޑު ވިސްނަން. އެކަމަކު ހަމައެކަނި މިއަދު ފެނުނު، ސީދާ ޖަސްޓިސް ފަންޑަށް ޖަމާވާނެ 3.2 މިލިއަން ޔޫރޯއިން ވެސް ނޭޕަލްސްގައި އެއް އަހަރު ދުވަހު ފޯނު އަޑުއެހުމަށް ހިނގާނެ ހަރަދު އެ ވަނީ ހަމަޖެހިފައި. އަދި، މި ފަދަ އެތައް އޮޕަރޭޝަނެއް އަޅުގަނޑުމެން ހިންގަން އެބަޖެހޭ،“ އޭނާ ވިދާޅުވި އެވެ.

މަސްދަރު: ސީއެންއެން

ނޭޕަލްސްއިޓަލީޖިއޯޖިއާ މެލޯނީ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ

25 ސެޕްޓެމްބަރު 2026
އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ
21 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ

21 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ
18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
31 ޖުލައި 2026

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ

31 ޖުލައި 2026
އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ
21 ޖުލައި 2026

އިޓަލީގެ ބޮލޯނިއާގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މޮރޮކޯއަށް އުފަން މީހަކު މަރުވި މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ކުރި މުޒާހަރާ ހޫނުވެއްޖެ

21 ޖުލައި 2026
އިޓަލީގެ ބޮލޯނިއާގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މޮރޮކޯއަށް އުފަން މީހަކު މަރުވި މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ކުރި މުޒާހަރާ ހޫނުވެއްޖެ
09 ޖުލައި 2026

ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި

09 ޖުލައި 2026
ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި
01 ޖުލައި 2026

ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ މައުންޓް އެޓްނާ އަނެއްކާވެސް ގޮވައިފި

01 ޖުލައި 2026
ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ މައުންޓް އެޓްނާ އަނެއްކާވެސް ގޮވައިފި
26 ޖޫން 2026

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

26 ޖޫން 2026
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

25 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި
20 ޖޫން 2026

ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި

20 ޖޫން 2026
ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް