Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުސްލިމުންނަށް ކުރާ ފުރައްސާރަ

އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ

25 ސެޕްޓެމްބަރު 2026 | ހުކުރު 02:26

އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން މަނާކޮށް، އެ އުސޫލާ ހިލާފުވާ ބެލެނިވެރިން ބޮޑު އަދަދަކުން ޖޫރިމަނާކުރަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައި. މުޖުތަމައާ ގުޅުން ބަދަހިކުރުމަށް އަޅާ މި ފިޔަވަޅުތަކުގެ ދަށުން، ބޭރުގެ ދަރިވަރުންގެ ނިސްބަތް ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި ބެލެނިވެރިންނަށް އިޓަލީ ބަސް ދަސްކޮށްދިނުމަށް ވެސް ވަނީ މަޖުބޫރުކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 25 ސެޕްޓެމްބަރު 2026 | ހުކުރު 02:26
ވިލާތުގެ ގައުމެއްގެ މަގުމަތިން ބުރުގާ އަޅައިގެން ތިބި އަންހެނުންތަކެއް ހިނގަނީ

ވިލާތުގެ ގައުމެއްގެ މަގުމަތިން ބުރުގާ އަޅައިގެން ތިބި އަންހެނުންތަކެއް ހިނގަނީ | އަނަދޮލު އޭޖެންސީ

އިޓަލީވިލާތުގެ ސްކޫލްތަކުގައި މޫނު ބުރުގާ (ނިގާބު) ހިމެނޭހެން މޫނު ނިވާކުރުން މަނާކުރުމަށާއި، ފުރަތަމަ އަހަރުގެ ކުލާސްތަކުގައި ވަކި ޝަރުތުތަކެއް ހަމަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ނިސްބަތް %30 އަށްވުރެ އިތުރުނުކޮށް ހިފެހެއްޓުމަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ބުރާސްފަތި ދުވަހު ގަރާރެއް ފާސްކޮށްފި އެވެ. މި ކަން ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެ ގައުމުގެ ގައުމީ ނޫސް އޭޖެންސީ ކަމަށްވާ އޭއެންއެސްއޭއިންނެވެ.

މި ގަރާރުގެ ދަށުން، ސިއްހީ ނުވަތަ ސަލާމަތީ ހާއްސަ ސަބަބަކާ ހުރެ މެނުވީ، ކާކުކަން ދެނެގަންނަން ހުރަސްއެޅޭ ގޮތަށް މޫނު ނިވާކޮށްގެން ސްކޫލުގެ ހަރަކާތްތަކުގައި، އަދި އިތުރު ހަރަކާތްތަކުގެ އިތުރުން ސްކޫލާއި އާއިލާތައް ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން މަނާވާނެ އެވެ. އަދި، މި އުސޫލާ ހިލާފުވާ ފަރާތްތައް 227 އެމެރިކާ ޑޮލަރާއި 1،137 ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން، މި އުސޫލާ ޚިލާފުވަނީ ކުޑަކުއްޖަކު ކަމުގައިވާ ނަމަ، އަދަބު ލިބޭނީ އެ ކުއްޖެއްގެ ބެލެނިވެރިޔާއަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

Advertisement - worldAdvertisement

އިޓަލީވިލާތު ސަރުކާރުން ބުނީ، މި ފިޔަވަޅުތަކުގެ ބޭނުމަކީ މުޖުތަމައާ ގުޅުން ބަދަހިކުރުން ކުރިއެރުވުން ކަމަށެވެ. އަދި، ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ ސިފަކުރައްވާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ކްލާސްރޫމްތަކުން "ގެޓޯ" ނުވަތަ ފަގީރު ސަރަހައްދުތަކެއްގެ ސިފަތައް ނައްތައިލެވޭނެ އެވެ.

މި ގަރާރުގެ ދަށުން، އިޓަލީވިލާތުގެ ރައްޔިތުކަން ނެތް ދަރިވަރުންގެ ތެރެއިން ވަކި ދަރިވަރުންތަކެއް ފުރަތަމަ އަހަރުގެ ކުލާސްތަކުގައި ހިމެނޭ މިންވަރު ގިނަވެގެން %30 ގައި ހިފެހެއްޓުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. މި ގޮތުން، ޕްރައިމަރީ ސްކޫލްތަކުގައި މި ލިމިޓު ހިނގާނީ އިޓަލީވިލާތަށް އުފަންނުވާ ކުދިންނާއި މަދުވެގެން ދެ އަހަރު ދުވަހު ޕްރީސްކޫލަށް ހާޒިރުވެފައި ނުވާ ދަރިވަރުންގެ މައްޗަށެވެ. އަދި، ލޮވާ އަދި އަޕާ ސެކަންޑަރީ ސްކޫލްތަކުގައި މި އުސޫލު ހިނގާނީ އިޓަލީވިލާތުގެ ގައުމީ ތައުލީމީ ނިޒާމުގައި މަދުވެގެން ތިން އަހަރު ދުވަހު ކިޔަވާފައި ނުވާ ބޭރުގެ ދަރިވަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ގައުމުގެ ތައުލީމާ ބެހޭ ވަޒީރު ޖުސެއްޕެ ވަލްދިތާރާ ވިދާޅުވީ، މިހާރު ވެސް ގާތްގަނޑަކަށް 34،000 ކުލާހެއްގައި ބޭރު ދަރިވަރުންގެ ނިސްބަތް %30 އަށްވުރެ އިތުރުވާ ކަމަށެވެ. މީގެ އިތުރުން، މުޖުތަމައާ ގުޅުން ބަދަހިކުރުމުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި އިޓަލީ ބަސް ދަސްކޮށްދިނުމަށް އިތުރަށް ބާރުއެޅުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

މިއާއެކު، އާއިލާއެއްގެ ތެރޭގައި އޮންނަ ބަހުގެ ހުރަސްތައް ބޮޑުވެ، އެ ކަމުގެ ސަބަބުން ކުއްޖާ ސްކޫލުގެ މާހައުލަށް ހޭނުމަށް ދާއިމީ ގޮތެއްގައި ހުރަސްއެޅޭ ހާލަތްތަކުގައި ސަރުކާރުން އެ ކަމުގެ ތެރެއަށް ވަނުމަށް މި ގަރާރުން ފުރުސަތުދެ އެވެ. އަދި، އެ ފަދަ ހާލަތްތައް ސްކޫލްތަކުން ސޯޝަލް ސާވިސަސްއަށް ރިޕޯޓުކުރަން ޖެހޭއިރު، އެ އިދާރާއިން ބެލެނިވެރިންނަށް ހާއްސަކޮށްގެން އިޓަލީ ބަސް ދަސްކޮށްދޭ ކޯސްތައް އިންތިޒާމު ކުރާނެ އެވެ. މި އެންގުމަށް އަމަލުނުކުރާ ފަރާތްތައް 200 ޔޫރޯ އާއި 1،000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިޓަލީޖިއޯޖިއާ މެލޯނީބުރުޤާމޫނު ބުރުގާ

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ

21 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ
18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
31 ޖުލައި 2026

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ

31 ޖުލައި 2026
އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ
21 ޖުލައި 2026

އިޓަލީގެ ބޮލޯނިއާގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މޮރޮކޯއަށް އުފަން މީހަކު މަރުވި މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ކުރި މުޒާހަރާ ހޫނުވެއްޖެ

21 ޖުލައި 2026
އިޓަލީގެ ބޮލޯނިއާގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މޮރޮކޯއަށް އުފަން މީހަކު މަރުވި މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ކުރި މުޒާހަރާ ހޫނުވެއްޖެ
09 ޖުލައި 2026

ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި

09 ޖުލައި 2026
ޔޫރޯ މާކެޓިން އިން އިޓަލީގެ "ބިންޑީ" ފޮނިކާތަކެތި ތައާރަފު ކޮށްފި
01 ޖުލައި 2026

ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ މައުންޓް އެޓްނާ އަނެއްކާވެސް ގޮވައިފި

01 ޖުލައި 2026
ޔޫރަޕްގެ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ މައުންޓް އެޓްނާ އަނެއްކާވެސް ގޮވައިފި
26 ޖޫން 2026

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

26 ޖޫން 2026
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
25 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިޓަލީން ބޮޑު އެއްބާރުލުމެއް ދޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ވާހަކަތައް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ދޮގުކޮށްފި

20 ޖޫން 2026

ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި

20 ޖޫން 2026
ޓްރަމްޕް އާ އެކު ފޮޓޯ އެއް ނެގުމަށް އިޓަލީގެ ބޮޑުވަޒީރު މެލޯނީ "އާދޭސްކުރެއްވި" ކަމަށް ބުނާ ވާހަކަ ޓްރަޕްމް ތަކުރާރުކުރައްވައިފި
19 ޖޫން 2026

އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ

19 ޖޫން 2026
އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް