Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ ޖަރީމާތައް

ދެކުނު ސޫރިޔާގެ އަވަށަކަށް ރޭގަނޑުގެ ވަގުތެއްގައި އިސްރާއީލް ސިފައިން ވަދެގަނެ ގެއެއް ބަލައިފާސްކޮށްފި

20 އޮކްޓޯބަރު 2026 | އަންގާރަ 07:42

ދެކުނު ސޫރިޔާގެ ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ހިންގަމުންދާ އަމަލުތައް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި އަމަލުތަކަކީ ސޫރިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމަށް ބާރުއެޅުމަށް އެ ގައުމުން ވަނީ ދުނިޔޭގެ މުޖުތަމައަށް ގޮވާލާފައި. ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އިސްރާއީލުން ދަނީ ބަފަރ ޒޯން ހިފައި، އެ ސަރަހައްދުގެ ރައްޔިތުންނަށް ތަކުރާރުކޮށް ގޯނާކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 20 އޮކްޓޯބަރު 2026 | އަންގާރަ 07:42
އިސްރާއީލުގެ އަސްކަރިއްޔާއިން ފަހަކަށް އައިސް ހަރަކާތްތެރިވަމުންދާ ސޫރިޔާގެ ދެކުނު ސަރަހައްދުގެ މަންޒަރެއް.

އިސްރާއީލުގެ އަސްކަރިއްޔާއިން ފަހަކަށް އައިސް ހަރަކާތްތެރިވަމުންދާ ސޫރިޔާގެ ދެކުނު ސަރަހައްދުގެ މަންޒަރެއް. | އަނަދޮލު އޭޖެންސީ

ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދެކުނު ސޫރިޔާގެ އަވަށަކަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ވަދެގަނެ، އެ ސަރަހައްދުގައި ފްލެޔަރ ފަދަ ހަތިޔާރު ބޭނުންކޮށް، ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ. އަލް-ޤުނައިޠިރާ ޕްރޮވިންސުގެ އުތުރުގެ ރަށްފުށުގެ ސަރަހައްދެއް ކަމަށްވާ ޠަރަންޖާ އަވަށަށް އިސްރާއީލު ސިފައިން ވަދެގަނެ، ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ސޫރިޔާގެ އަލް-އިޚްބާރިއްޔާ ޓީވީން ބުންޏެވެ. މި ޖަރީމާ ހިންގާފައި މި ވަނީ، އެ ސަރަހައްދުގައި އިސްރާއީލުން ތަކުރާރުކޮށް އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.

ޒައިތޫނި ދަނޑުތަކެއްގައި މަސައްކަތް ކުރަން ތިއްބައި، ހޮނިހިރު ދުވަހު ޠަރަންޖާ ކައިރިން ސޫރިޔާގެ ދެ މީހަކު އިސްރާއީލު ސިފައިން ހިފެހެއްޓުމަށްފަހު އާދީއްތަ ދުވަހު ދޫކޮށްލާފައިވާ ކަމަށް ސޫރިޔާގެ ދައުލަތުގެ ނޫސް އޭޖެންސީ، ސާނާއިން ހާމަކުރި އެވެ. އަލް-ޤުނައިޠިރާ އަދި އަވައްޓެރި ދަރްޢާ ޕްރޮވިންސަށް އިސްރާއީލު ސިފައިން ވަދެގަންނަ ވަދެގަތުންތައް އިތުރުވަމުން ދިއުމާއި، ދެކުނު ސޫރިޔާގެ މަތިން ހެލިކޮޕްޓަރާއި، ޖާސޫސީ އަދި އަސްކަރީ މަތިންދާބޯޓުތަކުގެ ހަރަކާތްތައް އިތުރުވަމުންދާ މައްސަލަ އާދީއްތަ ދުވަހު ކުށްވެރިކޮށްފައިވާ ކަމަށް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

Advertisement - worldAdvertisement

އެ އޮޕަރޭޝަންތަކަކީ ސޫރިޔާގެ އިސްތިޤުލާލަށާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް ވެވޭ "ސަރީހަ ޚިލާފުވުމެއް" ކަމަށް އެ ވުޒާރާއިން ސިފަކުރި އެވެ. އަދި, އިސްރާއީލުން މެދުކެނޑުމެއްނެތި ހިންގާ މި ފަދަ ޖަރީމާތަކުގެ ސަބަބުން ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެ، ޤައުމު އަލުން އާރާސްތުކުރުމަށާއި އިޔާދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ވަނީ ދީފަ އެވެ. މި ޚިލާފުވުންތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އދ. ގެ ކަމާގުޅޭ ގަރާރުތަކަށް އިސްރާއީލުން ބޯލެނބުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

1974 ގެ އެއްބަސްވުން އިސްރާއީލުން ބާތިލުކޮށް، ސޫރިޔާގެ ބަފަރ ޒޯން ހިފައި، 2024 ޑިސެންބަރު މަހު ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، އިސްރާއީލްގެ ސިފައިން ދަނީ ދެކުނު ސޫރިޔާއަށް ތަކުރާރުކޮށް ވަދެގަންނަމުންނެވެ. އަދި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިސްރާއީލް-ސޫރިއާބައްޝާރު އަލް-އަސަދް

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

13 އަހަރަށްފަހު ސޫރިޔާގެ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވައިފި

09 އޮކްޓޯބަރު 2026
13 އަހަރަށްފަހު ސޫރިޔާގެ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވައިފި
01 އޮކްޓޯބަރު 2026

އެމެރިކާއިން ހަތިޔާރު ވިއްކުން މަނާ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކޮށްފި

01 އޮކްޓޯބަރު 2026
އެމެރިކާއިން ހަތިޔާރު ވިއްކުން މަނާ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކޮށްފި
21 ސެޕްޓެމްބަރު 2026

ސޫރިޔާގެ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ހަތަރު މީހުން ޒަޚަމްވެއްޖެ

21 ސެޕްޓެމްބަރު 2026
ސޫރިޔާގެ ހަތިޔާރު ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ހަތަރު މީހުން ޒަޚަމްވެއްޖެ
18 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ

18 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލް: ސޫރިޔާ
13 ސެޕްޓެމްބަރު 2026

އިސްރާއީލުން ލުބުނާނާއި ސޫރިޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

13 ސެޕްޓެމްބަރު 2026
އިސްރާއީލުން ލުބުނާނާއި ސޫރިޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
02 ސެޕްޓެމްބަރު 2026

ސޫރިޔާގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރި ކަން އައިއޭއީއޭއިން ހާމަކޮށްފި

02 ސެޕްޓެމްބަރު 2026
ސޫރިޔާގައި ނިއުކްލިއާ ރިއެކްޓަރެއް ބިނާކުރި ކަން އައިއޭއީއޭއިން ހާމަކޮށްފި
25 އޯގަސްޓު 2026

އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫރިއާ އުނިކޮށްފި

25 އޯގަސްޓު 2026
އެމެރިކާގެ ޓެރަރިޒަމް ލިސްޓުން ސޫރިއާ އުނިކޮށްފި
18 އޯގަސްޓު 2026

ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި

18 އޯގަސްޓު 2026
ސޫރިޔާގެ ކުރީގެ ރައީސް އަލް-އަސަދުގެ ދެބެންގެދެދަރި ކޮއްކޮ ވަސީމް އަލް އަސަދު މަރަން ހުކުމްކޮށްފި
11 އޯގަސްޓު 2026

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

11 އޯގަސްޓު 2026
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި
11 ޖުލައި 2026

އިސްރާއީލުން ސޫރިޔާގެ ގުނައިތުރާއަށް އަރައިގަނެ އިސްތިމާރު ކުރަމުންދާ ސަރަހައްދު އިތުރަށް ފުޅާކޮށްފި

11 ޖުލައި 2026
އިސްރާއީލުން ސޫރިޔާގެ ގުނައިތުރާއަށް އަރައިގަނެ އިސްތިމާރު ކުރަމުންދާ ސަރަހައްދު އިތުރަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް