Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ޤަތަރު ގުޅުން

އީރާނުގެ ރައީސާއި ޤަތަރުގެ އަމީރު މޮސްކޯގައި ބައްދަލުކުރައްވައި އެއްބާރުލުން އިތުރުކުރަން ނިންމަވައިފި

28 އޮކްޓޯބަރު 2026 | ބުދަ 09:23

އީރާނާއި ޤަތަރާ ދެމެދު އޮތް ސިޔާސީ އަދި އިގުތިސާދީ ގުޅުންތައް ހަކަތައިގެ ދާއިރާއިން އިތުރަށް ފުޅާކުރުމަށް ދެ ޤައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފި. މީގެ އިތުރުން މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެސީގެ ބޭނުންހިފުމަށާއި، ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ޤަތަރުން ވަނީ އީރާނަށް ގޮވާލާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 28 އޮކްޓޯބަރު 2026 | ބުދަ 09:23
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވަނީ

އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވަނީ | އަނަދޮލު އޭޖެންސީ

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ހަކަތައާ ބެހޭ ފޯރަމެއްގެ ހަވާސާގައި، އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފި އެވެ.

އަންގާރަ ދުވަހު އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކުރި ގޮތުގައި، ދެ ޤައުމުގެ އިސް ލީޑަރުން ވަނީ "ތެހްރާނާއި ދޯހާއާ ދެމެދު އޮތް ގުޅުމުގެ މިހާރުގެ ހާލަތު މުރާޖާކުރައްވައި، ސިޔާސީ އަދި އިގުތިސާދީ ގުޅުންތައް ފުޅާކުރުމަށާއި، ދެ ފަރާތުގެ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޓަކައި މިހާރު ހުރި ގާބިލުކަން ފުރިހަމައަށް ބޭނުންހިފުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާފައ،" އެވެ.

Advertisement - worldAdvertisement

މޮސްކޯގައި ކުރިއަށްދިޔަ ގޭސް އެކްސްޕޯޓްކުރާ ޤައުމުތަކުގެ ފޯރަމްގެ (ޖީއީސީއެފް) ހަވާސާގައި ބޭއްވުނު މި ބައްދަލުވުމުގައި، ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަމިއާއެކު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައާ ގުޅޭ އެއްވެސް މަޝްވަރާއެއް މި ބައްދަލުވުމުގައި ހިނގި ކަމަކަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައެއް ނުވެ އެވެ. މި ހަނގުރާމައިގެ ތެރޭގައި، ޤަތަރު ހިމެނޭހެން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައިވާ އަމާޒުތަކަށް އީރާނުން ވަނީ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފަ އެވެ. އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.

ގާތްގަނޑަކަށް އަށް މަސް ދުވަސް ވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މެދުވެރިއެއްގެ މަސައްކަތްތަކުގައި ދޯހާއިން ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. އަންގާރަ ދުވަހު ބޭއްވި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ މެދުއިރުމަތީގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެސީއަށް ފުރުސަތު ދިނުމުގެ ގޮތުން، ގަލްފުގެ ޤައުމުތަކަށް އިންޒާރު ދިނުން ހުއްޓާލުމަށް އީރާނަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން، ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މެދުވެރިއެއްގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، އެމެރިކާއާއެކު ސުލްހަވެރި ހައްލެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ޤަތަރުގެ ވަފުދެއް ތެހްރާނަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

މަސްއޫދު ޕެޒެޝްކިއާންޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީމޮސްކޯއީރާން-ގަތަރު

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ

26 އޮކްޓޯބަރު 2026
ޕުޓިންއާ ބައްދަލުކުރެއްވުމަށް އީރާނުގެ ރައީސް ރަޝިޔާއަށް ވަޑައިގަންނަވަނީ
25 އޮކްޓޯބަރު 2026

"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!

25 އޮކްޓޯބަރު 2026
"އެއްވެސް ހާލަތެއްގައި ގަލްފަށް އެމެރިކާ ސިފައިންނަކަށް ނުވަދެވޭނެ": އެމެރިކާއަށް އީރާނުގެ އާ އިންޒާރުތަކެއް!
22 އޮކްޓޯބަރު 2026

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

22 އޮކްޓޯބަރު 2026
ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!
19 އޮކްޓޯބަރު 2026

ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ

19 އޮކްޓޯބަރު 2026
ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
06 އޮކްޓޯބަރު 2026

ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!

06 އޮކްޓޯބަރު 2026
ގަތަރުގެ އަމީރު ވެސް ވިދާޅުވީ ޔަމަނުގެ ސަރުކާރަށް ތާއީދުކުރުގައި ދެމިހުންނަވާނެ ކަމަށް!
04 އޮކްޓޯބަރު 2026

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

04 އޮކްޓޯބަރު 2026
ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި
28 ސެޕްޓެމްބަރު 2026

ރަޝިޔާއިން ކީވްއަށް ދިން ޑްރޯން ހަމަލާތަކެއްގައި ތިން މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެ

28 ސެޕްޓެމްބަރު 2026
ރަޝިޔާއިން ކީވްއަށް ދިން ޑްރޯން ހަމަލާތަކެއްގައި ތިން މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެ
27 ސެޕްޓެމްބަރު 2026

މަޝްވަރާތަކުގައި މިހާރު އެމެރިކާއަށް އިތުބާރު ކުރެވޭކަށް ނެތް: ޕީޒިޝްކިއާން

27 ސެޕްޓެމްބަރު 2026
މަޝްވަރާތަކުގައި މިހާރު އެމެރިކާއަށް އިތުބާރު ކުރެވޭކަށް ނެތް: ޕީޒިޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް