Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ

21 އޮކްޓޯބަރު 2026 | ބުދަ 06:53

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމް ވިދާޅުވީ މިއީ 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް. މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭނެކަމަށާއި ސަރުކާރުން މައުލޫމާތު ހާމަކުރަމުންދާ ކަމަށް އޭނާ ވިދާޅުވި. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދަނީ މަޝްރޫއުގެ އެއްބަސްވުން ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޮކްޓޯބަރު 2026 | ބުދަ 06:53

މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް | ރާއްޖެ ޓީވީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ ދިވެހިރާއްޖޭގައި ދިވެހިންގެ އަދުއްވެއް ކަމަށާއި، އެއީ ދިވެހިރާއްޖެ އަށް ތަރައްގީއާއި ތަމައްދުނު އެދެން ބޭނުން ނުވާ މީހުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވައިލައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު މުޞްޠަފާ މިހެން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ، މި ސަރުކާރުން 99 އަހަރަށް ދޫކޮށްލަނީ 500 ހެކްޓަރުގެ ބިމެއް ކަމަށާއި އެއާއެކު ރާއްޖެއަށް ގެންނަން މަސައްކަތްކުރަނީ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކު 1.3 ބިލިއަން ޑޮލަރުގެ އާމްދަނީ ރާއްޖެއަށް ވަންނާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

މެންބަރު މުސްތަފާ ވިދާޅުވީ ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަނީ ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ އިންވެސްޓަރު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް އެ މައުލޫމާތުތައް ދެއްވައިފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކަށް ދައުވަތުދީގެން ޕާޓީތަކާ ބައްދަލު ކުރައްވައިފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކަނޑަނޭޅި އެ ދަނީ މި މައުލޫމާތު ހާމަ ކުރަމުން ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

މެމްބަރު ވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ ދިވެހިރާއްޖޭގައި ދިވެހިންގެ އަދުއްވެއް ކަމަށާއި، އެއީ ދިވެހިރާއްޖެ އަށް ތަރައްގީއާއި ތަމައްދުނު އެދެން ބޭނުން ނުވާ މީހުންކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މި މަޝްރޫއު ކުރިއަށްދަނީ ހާމަކަންބޮޑުކޮށް ކަމަށް މެންބަރު ވިދާޅުވިއިރު، އެންމެ ކުޑަމިނުން މި މަޝްރޫއުގެ އެއްބަސްވުންވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެ އެވެ.

މި މަޝްރޫއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. އަދި މަޝްރޫއުގެ އެއްބަސްވުމުގެ ތަފުސީލު ހާމަކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައްވާފަ އެވެ.

ރަސްމާލެ މުހައްމަދު މުސްތަފާ އިބްރާހީމްއީގަލް ހިލްސް

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2026

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

19 އޮކްޓޯބަރު 2026
ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން
19 އޮކްޓޯބަރު 2026

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން

19 އޮކްޓޯބަރު 2026
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
18 އޮކްޓޯބަރު 2026

ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން

18 އޮކްޓޯބަރު 2026
ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
17 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން

17 އޮކްޓޯބަރު 2026
ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން
17 އޮކްޓޯބަރު 2026

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

17 އޮކްޓޯބަރު 2026
ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް