Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

19 އޮކްޓޯބަރު 2026 | ހޯމަ 14:12

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދާއިމީކޮށް ދޭން އުޅޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ ނިންމުން ބަދަލުކުރުމަށް ގޮވާލައި ރައްޔިތުން ހިމޭން އިހުތިޖާޖެއް ކުރަމުންދާ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި. މި އެއްބަސްވުމާ ދެކޮޅަށް މަސައްކަތް ފެށުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދިވަޑައިގަންނަވާނެ ކަމަށާއި، ގައުމުގެ ބިން ސަލާމަތްކުރުމަށް ކުރާ މި މަސައްކަތުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ތާއީދު އޮތްކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2026 | ހޯމަ 14:12
ރަސްމާލެގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ.

ރަސްމާލެގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ޒަޔަނިސްޓުންގެ އަތުން ރާއްޖޭގެ ބިން ސަލާމަތްކުރުމަށް އެދި ދަމު ނަމާދުކުރުމާއި ދުއާކުރުން ފަދަ ކަންކަމުގެ ތެރެއިން ވަރަށް ބޮޑު ހިމޭން އިހުތިޖާޖެއް ރައްޔިތުން ކުރަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.  

ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށްދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެޓީވީން ކުރި ސުވާލާ ގުޅިގެން އިމްރާން ވިދާޅުވީ، ރައްޔިތުން މި ހިމޭން އިހުތިޖާޖު ކުރަމުންދާތާ މިހާރު ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ މިމަޝްރޫއަށް ދެކޮޅު ހަދާނެ ކަމަށާއި، ދެކޮޅަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުމުގެ ކުރީން ރައީސް ޑރ.މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެދިވަޑައިގަންނަވާނެ ކަމަށެވެ. 

އަޅުގަނޑުމެން ނަމާދުކޮށް ނިންމާފައި ދުއާކުރަން ފެށުން ވެސް އެއީ އަޅުގަނޑުމެންގެ ބިން ސަލާމަތްކޮށްދެއްވައިތޯ ޒަޔަނިސްޓުންގެ އަތުން. ދަމު ނަމާދަށް ފަތިސް ނަމާދުގެ ކުރިން ވަޑައިގަންނަވާ ބޭފުޅުން ދަމު ނަމާދުކުރައްވާފައި ގިނައިން ދުޢާކުރެއްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ހިމޭން އިހުތިޖާޖެއް. ރޯދަވީއްލާ ބޭފުޅުން އެއްކޮށް ރޯދަވީއްލަން ދާ ގަޑީގައި އެ ތަނަށް އެއްވެވަޑައިގެން ރޯދަވީއްލަން މިސްކިތް ކައިރި ތިއްބަވައިގެން ދުޢާކުރައްވައި އެ ވާހަކަ ދެއްކެވުން ވަރަށް ހިމޭން އިހުތިޖާޖެއް. ކޮންމެ ދުވަހެއްގެ ހަވީރު ދަޅައިގައި ޕާކުތައް ކައިރިއަށް ވަޑައިގެން އެ ތަނުގައި މުނިފޫހިފިލުވާލަން ތިބޭ ގަޑީގައި މި ވާހަކަ ދައްކާލާ އެކަކު އަނެކަކަށް ޝުޢޫރު ބަދަލުކޮށްލުން އެއީ ވަރަށް ހިމޭން އިހުތިޖާޖެއް. އަޅުގަނޑުމެންގެ ހުރިހާ ޓީވީތަކުގައި ކޮންމެ ދުވަހަކު ދެ ގަޑި ތިން ގަޑިއިރު މިކަމަށް ހޭދަކުރުން އެއީ ވަރަށް ހިމޭން އިހްތިޖާޖެއް.
ޝެއިޚް އިމްރާން އަބްދުﷲ 

މީގެ އިތުރުން އިމްރާން ވިދާޅުވީ ރައްޔިތުންގެ އުދާހާއި އިހުސާސްތައް އަޑުއައްސަވާ ނަމަ އަދި ގައުމުގެ ފަސްގަނޑަށް އިހްތިރާމް ކުރައްވާ ނަމަ މި އެއްބަސްވުމުގައި ރައީސް މުއިއްޒު ސޮއިނުކުރައްވާނެ ކަމަށެވެ.

އިންތިޚާބު ތެރޭގައްޔާއި މިދިޔަ ޖުލައި 26 ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ރައީސް ވިދާޅުވާ ފަދައިން ރައްޔިތުންގެ ފަޅި ރަނގަޅަށް ބައްލަވަންޖެހޭ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކަމަކަށް މި ހަރަކާތުން ރައީސާ ބައްދަލުކުރަން އެދޭ އެދުމަށް އިޖާބަދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިމަޝްރޫއަށް ދެކޮޅު ހެދުމުގެ ގޮތުން ކުރިއަށް އޮތް ފިޔަވަޅުތަކާއި ހަރަކާތްތަކަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ، މި ހަރަކާތް ހިންގުމުގައި ރާއްޖޭގެ ގައުމީ ކަންކަން ހިންގުމުގެ ވައްޓަފާޅި ދަންނަ ބޮޑު ޓީމެއް ފަހަތުގައި އެބައޮތް ކަމަށާއި، މި ބައްދަލުވުމަށް އެރީ އެ ޓީމުގެ މަދު ބޭފުޅުންކޮޅެއް ކަމަށެވެ. އަދި މި ޓީމުން ކަންކަން ދަސްކުރަމުންދާ ކަމަށާއި، އެއްކޮޅުން އެސްކަލޭޓް ކުރާ ނަމަ އަނެއްކޮޅުން ވެސް ކުރިއަށްދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެއްކޮޅުން އެސްކަލޭޓް ކުރީމާ، އަނެއްކޮޅުން އެސްކޮލޭޓް ކުރަން ފެށީމާ އެންމެ ވަރުގަދަ މީހުންނޭ ކުޑަކޮށް މަޑުޖެހިލާ ގޮތް ވަނީ
ޝެއިޚް އިމްރާން އަބްދުﷲ 

އިމްރާން ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 80 އިންސައްތަ ރައްޔިތުން ތިބީ އެ ބޭފުޅުންނާ އެކު ކަމަށާއި، މި ހަރަކާތް ކާމިޔާބުވާނެ ކަމަށެވެ.

ޝެއިޚް އިމްރާން އަބްދުﷲރާއްޖެ-ޒަޔަނިސްޓުންޑރ. މުހައްމަދު މުއިއްޒުއީގަލް ހިލްސްރަސްމާލެ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
19 އޮކްޓޯބަރު 2026

ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަނީ

19 އޮކްޓޯބަރު 2026
ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަނީ
19 އޮކްޓޯބަރު 2026

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން

19 އޮކްޓޯބަރު 2026
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
19 އޮކްޓޯބަރު 2026

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026
މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ
19 އޮކްޓޯބަރު 2026

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

19 އޮކްޓޯބަރު 2026
އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
18 އޮކްޓޯބަރު 2026

ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން

18 އޮކްޓޯބަރު 2026
ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
17 އޮކްޓޯބަރު 2026

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

17 އޮކްޓޯބަރު 2026
ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް