Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2026 | އަންގާރަ 13:21

ރަސްމާލެއިން އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ބިން ނުވަތަ ފްލެޓް ގަތުމުގެ ފުރުސަތު ގާނޫނީގޮތުން ބަންދުވާނެ ކަމަށާއި، އެތަނުގައި ދިރިއުޅޭނީ ދިވެހިންނާއި އަރަބި އިސްލާމުން ކަމަށް ރައީސް ވިދާޅުވެއްޖެ. ނަމަވެސް، ރަސްމާލެ ތަރައްގީކުރާ ކުންފުނީގެ ވެރިޔާގެ ބައެއް ބަހުރުވަ ހުރިގޮތުންނާއި އިސްރާއީލު މީހުންނަށް އެހެން ގައުމުތަކުގެ ޕާސްޕޯޓުގައި އެ ފުރުސަތު ލިބިދާނެތީ އާންމުންގެ މެދުގައި ކަންބޮޑުވުން އެބައޮތް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 20 އޮކްޓޯބަރު 2026 | އަންގާރަ 13:21
ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވާހަކަދައްކަވަނީ

ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވާހަކަދައްކަވަނީ | ރައީސް އޮފީސް

ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން ގެނެސްދޭ " ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް ރަސްމާލެއިން ޕްރޮޕަޓީ ގަންނަން މުޅިންހެން ޝައުގުވެރިކަން ފާޅުކުރަމުން ދަނީ މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ މީހުން ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލޭގައި އިސްރާއިލްއަށް ނިސްބަތްވާ އެއްވެސް ރައްޔިތަކަށް ރަސްމާލެއިން އެއްވެސް ތަނެއް ނުލިބޭނެ ކަމަށެވެ. 

ދިވެހި ރައްޔިތުންނާއި އަރަބީންނާއޭ އަޅުގަނޑު ދަންނަވާނީ މިތާ ތިބޭނީ އަރަބި އިސްލާމުން އިނގޭތޯ. އެހެންވީމަ އެއްވެސް ފުރުސަތެއް އޮތް ކަމެއް ނޫން އިޒްރޭލް ރައްޔިތުންނަށް ގާނޫނުން މަނާ ވާނެ މިތަނުން އެއްވެސް ތަނެއް ހޯދުން އިނގޭތޯ. މިދައްކަނީ ބޭސް ލެސް ވާހަކަތަކެއް އިނގޭތޯ
ޑރ މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު ވަނީ އިސްރާއިލް ރައްޔިތުން ރަސްމާލެގައި ދިރިއުޅުމަށް ފުރުސަތު ނުދޭނެ ކަމަށާއި  އެވާހަކަތަކަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކަތަކެއް ގޮތުގައި ސިފަކުރައްވާފައި އެވެ. އަދި މިވާހަކަތަކަކީ ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް އިސްރާއިލް ރައްޔިތުންނަކީ ޑުއެލް ޕާސްޕޯޓް ގެންގުޅޭ ބަޔަކަށް ވުމުން އެމީހުންނަށް ރަސްމާލެއިން ޕްރޮޕަޓީ ގަތުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ހަމައެއާއެކު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށްފަހު އެ ސިޓީ އަލުން އާބާދުކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ވެސް އާންމު ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައި އެވެ. 

އެގޮތުން އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ މަޝްރޫއުތަކުން އިމާރު ކުންފުނީގެ އެހީތެރިކަމާއި ބިނާތައް ފެނިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލައްބާރު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާއަކީ ޚައިރާތު ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ މީހެއް ނޫން ކަމަށާއި ކޮންމެ ބަޔަކުވެސް އެބަޔެއްގެ މައްސަލަތައް އަމިއްލައަށް ހައްލުކުރަންޖެހޭނެ ކަމަށް ވިދާޅުވެފައި އެވެ. 

ރަސްމާލެ ޑރ. މުހައްމަދު މުއިއްޒުދަ ޕަލްސް ޕޮޑްކާސްޓް

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

20 އޮކްޓޯބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި
19 އޮކްޓޯބަރު 2026

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

19 އޮކްޓޯބަރު 2026
ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
19 އޮކްޓޯބަރު 2026

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން

19 އޮކްޓޯބަރު 2026
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
19 އޮކްޓޯބަރު 2026

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026
މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ
19 އޮކްޓޯބަރު 2026

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

19 އޮކްޓޯބަރު 2026
އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
18 އޮކްޓޯބަރު 2026

ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން

18 އޮކްޓޯބަރު 2026
ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް