Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން

19 އޮކްޓޯބަރު 2026 | ހޯމަ 10:58

ރަސްމާލެ މަޝްރޫއުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް ބިން ދޫކުރުމުގައި އޮތް ދެފުށް ނުފެންނަ އުސޫލުތަކުގެ ސަބަބުން، އެތަނުގައި ޒަޔަނިސްޓުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުވުން ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިހުސާން ފާޅުކުރެއްވި. މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދާއި އިސްތިގުލާލަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، ބިން ދޫކުރާ މުއްދަތު ތަކުރާރުކޮށް އާކުރެވޭ ގޮތަށް އޮތުމަކީ މުޅި އުމުރަށް ބިން ވިއްކާލުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2026 | ހޯމަ 10:58
ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ.

ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށާއި ރާއްޖޭގެ އިގްތިސާދާއި އިސްތިގުލާލަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް 99 އަހަރަށް ދީފައިވާ ކަމަށް ބުނާއިރު، އެތަނުގައި ޒަޔަނިސްޓުން ވަޒަންވެރިވެވޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ސަރުކާރުން އެކަން ކުރަން އުޅެނީ އެ ގޮތަށް ނޫން ކަމަށް ބުނި ނަމަވެސް، ޒަޔަނިސްޓުން ވަޒަންވެރިވެއްޖެ ހާލަތެއްގައި ކަންކަން ކުރެވޭނެ ގޮތްތަކާ މެދު ސަރުކާރުން ދައްކާ ވާހަކަތަކުގައި އެއްވެސް ދެކޮޅުޖެހުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިމަޝްރޫއާ ގުޅޭގޮތުން ތާކުންތާކު ނުޖެހޭ ވާހަކަތައް ދެކެވެމުންދާތީ މި މަޝްރޫއާ މެދު ދެކެން ޖެހެނީ ވަރަށް ނުރައްކާތެރި މަޝްރޫއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އީގަލް ހިލްސްގެ ވެބްސައިޓުގައި ފުރަތަމަ ލިޔެފައި  އޮތީ 99 އަހަރަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން އިތުރު 99 އަހަރަށް، އަދި އަނެއްކާވެސް އިތުރު 99 އަހަރަށް އާކުރެވޭ ގޮތަށް ކަމަށްވާތީ، މިއީ މުޅި އުމުރަށް އެ ތަން ވިއްކާލެވޭ ފަދަ ގޮތަކަށް އޮތް އިންތިޒާމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ތިލަވަމުންދާ މައުލޫމާތުތަކުގައި ނުރައްކާތެރި އެތައް ކަމެއް ހިމެނޭކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ނަމަވެސް އެ މައުލޫމާތުތައް ދޮގުކޮށް ބަދަލުކުރުމަށް ސަރުކާރުގެ އިސް ފަރާތްތަކުން ކުރާ މަސައްކަތްތަކުން ވެސް ފެންނަނީ އެއްވެސް ދެއުޅިއެއްނުވާ ކަންކަން ކަމަށާއި، މި މަޝްރޫއުން ސާފުވާ ހަމަ އެއްވެސް ކަމެއް ނެތް ކަމަށް ނެތް ކަމަށެވެ. 

މަޝްރޫއުގެ ބޭނުމާ މެދު ސަރުކާރުން ދައްކަފާނެ ބަހަނާތަކަށް އަލިއަޅުއްވާލައްވައި އިހުސާން ވިދާޅުވީ، މިއީ ރިއަލް އެސްޓޭޓް ވިޔަފާރިއެއް ކަމަށް ނުވަތަ ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދަން ހިންގާ މަޝްރޫއެއް ކަމަށް ވެސް ބުނެފާނެ ކަމަށެވެ. އަދި އެހެން މަސައްކަތެއް ކުރަން އުޅޭ ކަމަށް ބުނެ، މީގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް ވެސް ދައުވާކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިއީ ވާނުވާ ނޭނގޭ މަޝްރޫއެއް ކަމަށާއި، މިހާތަނަށް ހުރި ކަންބޮޑުވުންތަކަށް ސާރުކާރަށް ސާފު ޖަވާބެއް ދެވިފައިނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

ރަސްމާލެ އީގަލް ހިލްސްމުހައްމަދު އިހްސާންޒަޔަނިސްޓްރާއްޖޭގެ އިސްތިގުލާލު

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
18 އޮކްޓޯބަރު 2026

ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް

18 އޮކްޓޯބަރު 2026
ޔަހޫދީ ޓެރެރިސްޓުންގެ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ޕްރެޝަރު އިސްރާއީލަށް: ނޫސްވެރިޔަކު ޒަޚަމުކޮށްލި މައްސަލައިގައި ހޫނު ބަހުސެއް
18 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް

18 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ "ކަޓު" ނަގަން: ޔައުޤޫބް
18 އޮކްޓޯބަރު 2026

ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން

18 އޮކްޓޯބަރު 2026
ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
17 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

17 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް
17 އޮކްޓޯބަރު 2026

ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން

17 އޮކްޓޯބަރު 2026
ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން
17 އޮކްޓޯބަރު 2026

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

17 އޮކްޓޯބަރު 2026
ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!
17 އޮކްޓޯބަރު 2026

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026
ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި
16 އޮކްޓޯބަރު 2026

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026
އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް