Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަސްމާލެ

ރާއްޖޭގެ އިގްތިސާދީ ނިންމުންތަކާއި ރަސްމާލެ މަޝްރޫއުގައި ފޮރުވިފައިވާ ބައެއް ނުރައްކާތައް!

17 އޮކްޓޯބަރު 2026 | ހޮނިހިރު 07:42

ރާއްޖޭގެ މުހިންމު ވަސީލަތްތަކުގެ މައްޗަށް ބޭރުގެ ނުފޫޒު ގަދަވެ، އިޒްރޭލުގެ މަސްލަހަތު އޮތް ކުންފުނިތަކަށް ފުރުސަތު ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންވަމުންދާތީ މާލީ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުން. ހެންލީ އެންޑް ޕާޓްނާސް ފަދަ ކުންފުނިތަކާއެކު ސޮއިކުރާ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ބުނެ މި މައްސަލަތައް ފުންކޮށް ދިރާސާ ކުރުމަށް ވަނީ ގޮވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 17 އޮކްޓޯބަރު 2026 | ހޮނިހިރު 07:42
ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025

ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025 | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތުތައް ބައްޓަންވަމުން އަންނަ ގޮތުން، ގައުމުގެ މިނިވަންކަމާއި އިސްލާމީ ވަހުދަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުންތައް ދަނީ ފެންމަތިވަމުންނެވެ. ބޭރުގެ އިންވެސްޓްމަންޓްތަކުގެ ނަމުގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކާއި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން، ގައުމުގެ ސިޔާދަތާއި މުހިންމު ވަސީލަތްތަކުގެ މައްޗަށް ބޭރު ފަރާތްތަކުގެ ނުފޫޒު ގަދަވެގެން ހިނގައިދާނެ ކަމުގެ ސީރިއަސް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ކުރީކޮޅުގެ އިންޒާރާއި ސަރަހައްދީ ހާލަތަށް އިޝާރާތް ކުރައްވައި، ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު ހާމަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކައިރިވެފައި ވަނިކޮށް، ސަރަހައްދީ ފެންވަރުގައި އިޒްރޭލުގެ މީހުން ވަޒަންވެރިވަމުންދާ ފަދަ ނުރައްކަލެއް ރާއްޖެއަށް ވެސް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޖޯޖިއާގެ ފަރާތަކުން އޭނާއަށް ލިބިފައިވާ ކަމަށެވެ. މިފަދަ ނުރައްކާތަކަކީ އާންމު ރައްޔިތުން ސަމާލުވާންޖެހޭ އަދި ފުންކޮށް ދިރާސާކުރަންޖެހޭ މުހިންމު ކަމެއްނޫންތޯ އެވެ. 

މޯލްޑިވްސް އިންޑިޕެންޑެންޓްގެ މަޒުމޫނާއި ސަރުކާރުގެ ރޭވުންތައް

މޯލްޑިވްސް އިންޑިޕެންޑެންޓްގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޝާއިއުކުރި މަޒުމޫނަކާ ހަވާލާދީ ޒަރިޔަންދު ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރުގެ ވަޒީރުން ލިޔުއްވާފައިވާ ލިޔުންތަކުގައި ވިސާ ދީގެން އިންވެސްޓްމަންޓް ގެނައުމާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކާއި ރާއްޖޭގެ ހަގީގީ މާލީ ހިސާބުތަކާ ދިމާނުވެ އެވެ.

އެހެންކަމުން މިހާރު ފެނިގެން މިދަނީ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކަމަށް ބުނެ ހުޅުވާލާ ދޮރުތަކުން، ގައުމުގެ މުހިންމު ވަސީލަތްތަކުގެ މައްޗަށް ބޭރު ފަރާތްތަކުގެ ނުފޫޒު ގަދަވެގެންދާ މަންޒަރެއްނުންތޯ އެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޔޫއޭއީ ދަތުރުފުޅާއި ރަސްމާލެ މަޝްރޫއު

ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ސިއްރިއްޔާތުގައި، އެއްވެސް ތަފްސީލެއް ހާމަނުކުރައްވައި ކުރެއްވި ދަތުރުފުޅަކީ ވެސް ސުވާލު އުފެދޭ ކަމެއް ނޫންތޯ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ވިދާޅުވީ އޭގެ ދުވަސްތަކެއް ފަހުން ވާދޫކަނޑު ހުރަސްކޮށް ޓަނަލް އަޅައިގެން ރަސްމާލެ ގުޅާލުމުގެ ވާހަކަ އިއުލާނުކުރެއްވި ނަމަވެސް، ފަހުން މިނިސްޓަރު މުއްޠަލިބު އެފަދަ ޓެކްނޮލޮޖީއެއް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައިވާތީ އެއީ ކެބިނެޓުގައި މަޝްވަރާކުރުމެއް ނެތި ދެއްކެވި ވާހަކަތަކެއްކަން ހާމަވާ ކަމަށާއި، ވަރަށް ގިނަ ފުށުއެރުންތަކެއް ހުރިކަން އެނގޭ ކަމަށެވެ. 

އިންވެސްޓްމަންޓް ފޯރަމްތަކާއި ހެންލީ އެންޑް ޕާޓްނާސްގެ އެއްބަސްވުން

ޔޫއޭއީ، މެލޭޝިޔާ އަދި ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކަށްފަހު، 1 ޖޫން 2025 ގައި ހެންލީ އެންޑް ޕާޓްނާސްއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވެފައިވެ އެވެ. މި އެއްބަސްވުމާ ގުޅިގެން އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ތަފާތު ވާހަކަފުޅުތައް ވަނީ ދައްކަވާފަ އެވެ. 

މީގެ އިތުރުން އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް (OCCRP) ގެ ރިޕޯޓުތަކާ ހަވާލާ ދެއްވައި، ޒަރިޔަންދު ވިދާޅުވީ، ހެންލީ އެންޑް ޕާޓްނާސް އަކީ ކެރީބިއަން ގައުމުތަކުގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމުގެ ތާރީޚެއް އޮތް ކުންފުންޏެއް ކަމަށެވެ. އަދި ޕީއާރު ވަޔަރ މެދުވެރިކޮށް ހިބްރޫ ބަހުން އިޒްރޭލުގައި އެ ކުންފުނީގެ ޚިދުމަތްތައް އިޝްތިހާރު ކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތަކެވެ. 

އީގަލް ހިލްސްއާ އޮތް ގުޅުމާއި ޣައްޒާގެ ހާލަތު

ހެންލީ އެންޑް ޕާޓްނާސް އާއި އީގަލް ހިލްސްއާ ދެމެދު ސީދާ ރަސްމީ ގުޅުމެއް ފެންނަން ހުރި ލިޔުންތަކުން ސާބިތުނުވި ނަމަވެސް، ހެންލީ އެންޑް ޕާޓްނާސް ދާ ކޮންމެ ތަނަކަށް އީގަލް ހިލްސް ދިއުމާއި، ދެ ކުންފުނީގެ އަމަލުތައް އެއްގޮތްވުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

މީގެއިތުރުން، ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ވަރުގަދަޔަށް ބޮންއަޅައި ގަތުލުޢާންމު ހިންގަމުން ދިޔަ ދަނޑިވަޅުގައި ވެސް، އީގަލް ހިލްސްގެ ޗެއާމަން އިޒްރޭލަށް 300 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެއްވި ކަމަށް ބުނާ ވާހަކަތައް އެއޮތީ ހަމައަށް ފެންނަންށެވެ. 

ކަންމިހެން އޮތްއިރު، މިފަދަ ކަންކަމުގެ އަޑި ހޯދައި، ގައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މި މައްސަލަތައް ފުންކޮށް ދިރާސާ ކުރުމަކީ މިއަދު ކުރަން ޖެހޭ މުހިންމު މަސައްކަތެއް ނޫންތޯ އެވެ.

ގައުމުގެ ވިޔަފާރިއާއި އިގްތިސާދީ ކުރިއެރުމަކީ މުހިންމު ކަމެއް ނަމަވެސް، އިސްލާމްދީނާއި ގައުމިއްޔަތު އަދި ދިވެހިންގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް އެއްވެސް ފަރާތަކަށް ޖާގަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މި މައްސަލަތައް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. މިފަދަ ނިންމުންތަކުގެ ފަހަތުގައިވާ އަޑިނޭނގޭ ކަންކަން ދެނެގަނެ، ގައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް މި މައްސަލަތައް ފުންކޮށް ދިރާސާކުރުމަކީ ހޭލުންތެރި ޒުވާނުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަން ކަށަވަރެވެ!

އިސްމާއީލް ޒަރިޔަންދުޑރ. މުހައްމަދު މުއިއްޒުއީގަލް ހިލްސްރަސްމާލެ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2026

ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން

17 އޮކްޓޯބަރު 2026
ރާއްޖެއަށް ޒިޔާރަތްކުރެއްވި އަލައްބާރު ދެއްކެވި ފުރުސަތުތަކާއި ވަޒީފާތަކުގެ ވާހަކައަކީ "އުޑުން ތަރިބޭލުން" ފަދަ ކަމެއް: އަލީ ހުސެއިން
17 އޮކްޓޯބަރު 2026

ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި

17 އޮކްޓޯބަރު 2026
ރަސްމާލެ އާއި ވިސާގެ ފަހަތުގައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައި، ދިރާސާކުރަން ޒުވާނުންނަށް ގޮވާލައްވައިފި
17 އޮކްޓޯބަރު 2026

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

17 އޮކްޓޯބަރު 2026
އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟
16 އޮކްޓޯބަރު 2026

އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟

16 އޮކްޓޯބަރު 2026
އެއް ކަމެއްގެ ވާހަކަ ތަފާތު ތިން ގޮތަށް: މިނިސްޓަރު މުއްތަލިބަށް އަމިއްލަ ވާހަކަވެސް އޮޅުނީ؟
15 އޮކްޓޯބަރު 2026

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

15 އޮކްޓޯބަރު 2026
ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
15 އޮކްޓޯބަރު 2026

މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް

15 އޮކްޓޯބަރު 2026
މަނާކުރުން އައީ އިސްރާއީލު ޕާސްޕޯޓަށް، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން، އެކަމަކު ރަސްމާލެއިން އެމީހުންނަށް ބިން ނުލިބޭނެކަން ބެލޭނެ ގޮތްތައް ހުންނާނެ: މުއްތޮލިބް
15 އޮކްޓޯބަރު 2026

އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް

15 އޮކްޓޯބަރު 2026
އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ސަރުކާރުން އަތްބޭނީ ރިސޯޓު މުވައްޒަފުންގެ ޖީބަށް: އައިކް
15 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟

15 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
15 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

15 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި
14 އޮކްޓޯބަރު 2026

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

14 އޮކްޓޯބަރު 2026
ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް