Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް

21 އޮކްޓޯބަރު 2026 | ބުދަ 05:04

ރަސްމާލެ މަޝްރޫއާ ގުޅިގެން އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި. މި ގަރާރުގައި ބިން ހިއްކުމުގެ ޚަރަދު ދައުލަތަށް ނުލިބުމާއި، ބޮޑު ސަރަހައްދެއް 99 އަހަރަށް ހިލޭ ދިނުމުގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވާއިރު، މިފަދަ ބޮޑު މަޝްރޫއެއް ސިއްރުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ބުނެފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 އޮކްޓޯބަރު 2026 | ބުދަ 05:04
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް

އުތުރު ތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ކަމަށް ބުނެ މަގުތަކަށް ނުކުމެ، މުޒާހަރާކޮށް، ދެފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު ވެރިކަމަށް އައުމަށްފަހު ބޭރުގެ ބަޔަކަށް މި ދިވެހި ދައުލަތަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ގަރާރު ހުށަހެޅުއްވުމަށްފަހު މީކާއިލް ވިދާޅުވީ އެ ގަރާރު ހުށަހެޅުމާއެކު މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަށް އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސްކުރަން ފެށުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް ހަދަން ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ ހުށަހަޅުއްވާފަ އެވެ. 

އެކަމަށް އިޝާރާތް ކުރައްވާ މީކާއިލް ވަނީ މިއީ ގަރާރުތަކަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށެވެ. އީގަލް ހިލްސް މަޝްރޫއާ ގުޅިގެން މީގެ ކުރިން ބިލެއް ގޮތަށް އަމަލު ކުރަމުން އައި އެއްޗެއް ކުއްލިއަކަށް  ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނަސްގެން އެ ބަހުސް ހުއްޓުވާނަމަ ނަމަ އެއީ މަޖިލީހުގެ މެންބަރުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.  

ވަރަށް އަޑަށް ބާރުލައްވާ އެބަ ވިދާޅުވޭ ރާއްޖޭގެ ގާނޫނާ ގަވާއިދުތައް އޮތް ގޮތުން އީގަލް ހިލްސް އަކަށް އެތަނުގެ ބާރެއް ނުހިންގޭނެ އޭ. މިހާރު މި މަޖިލީހުގައި ކުރިއަށް ދާ ކަންކަމުން ވެސް އަޅުގަނޑުމެންނަށް ވަޒަން ކޮށްލަން އެނގޭ އެމީހުން މިތާ ވަޒަންވެރިވެ މިތަނުގައި އެ މީހުން މިތަނުގެ ޕްރޮޕަރޓީތައް ވިއްކާ 99 އަހަރަށް އާބާދުވުމަށްފަހު ދެން މި މަޖިލީހަށް ދެން މި ދިވެހި ދައުލަތަށް ފޯރުވާނެ ނުފޫޒު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުން އެކަނި ވެސް ސާފު. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އަޅުގަނޑުމެންގެ ބާރު ނުފޯރާ ގޮތަކަށް، ފައިސާ ގެ ބާރު ފައިސާގެ ނުފޫޒު ދިވެހި ދައުލަތުގެ މައްޗަށް އުފެދިގެންދާނެ ގޮތަކަށް ސިއްރުވެރިކޮށް ވަންހަނާވެ ތިބެ މިފަދަ ކަންކަން ކުރާތީ. އެންމެ ކަންބޮޑުވަނީ ސިއްރުވެރިކަމާ ދެކޮޅަށް ކުރި ކެމްޕެއިނެއްގައި ޔޫޓީއެފް އެގްރީމަންޓް އާންމު ނުކޮށްގެން ދެފަޔަށް ހިނި އަރައިގެން އުޅުނު ބަޔަކު ވެރިކަމަށް އައިސް މިފަދަ އަމަލެއް ކުރާތީ
މީކާއިލް އަހުމަދު ނަސީމް

މީކާއިލް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު އެކުލަވާލާފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓްގެ ތަފްސީލުތައް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ކަމަށެވެ.

ރަސްމާލެ އަކީ ރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ގުޅިފައިވާ ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލުކަން ފާހަގަކޮށް އެ ގަރާރުގައި ބުނެފައިވަނީ، ސަރުކާރުން މި މަޝްރޫއާ ގުޅޭ ގޮތުން މިހާތަނަށް އިއުލާނުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށެވެ.

އެގޮތުން ސަރުކާރާއި އީގަލް ހިސްލް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލުތައް ހާމަކޮށްފައި ނުވާއިރު ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިން ހިއްކުމަށް ފަހު އެ ބިން ހިއްކުމަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމަކީ ވެސް ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން ރަސްމާލެ އިން ހިއްކާފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް އަށް ދީފައި ވުމާއި، އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

ގަރާރުގައިވާ ގޮތުން، އެ ބިމުގައި ތަރައްގީކުރާ ތަންތަން 3 ވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ހައްގު އީގަލް ހިލްސް އަސް ލިބިގެންދާ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމާއެކު އެފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި، މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެކެވެ. 

ރަސްމާލެރައްޔިތުންގެ މަޖިލިސްއީގަލް ހިލްސްމީކާއިލް އަހުމަދު ނަސީމް

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

5

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2026

ބޭސް ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި، ލަންކާއިން ހިލޭ ދޭ ނަފްސާނީ ބޭސް ކުރިއަށް އޮތް ހަފުތާގައި ލިބޭނެ: ސްޓޭޓްފާމާ

20 އޮކްޓޯބަރު 2026
ބޭސް ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި، ލަންކާއިން ހިލޭ ދޭ ނަފްސާނީ ބޭސް ކުރިއަށް އޮތް ހަފުތާގައި ލިބޭނެ: ސްޓޭޓްފާމާ
20 އޮކްޓޯބަރު 2026

އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް: އީސަ

20 އޮކްޓޯބަރު 2026
އީގަލް ހިލްސްއަކީ 20 ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް އެއްވެސް ގޮތަކަށް ފެންނަން ނެތް: އީސަ
19 އޮކްޓޯބަރު 2026

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

19 އޮކްޓޯބަރު 2026
ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
19 އޮކްޓޯބަރު 2026

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން

19 އޮކްޓޯބަރު 2026
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވޭ: އިހުސާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި
19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
18 އޮކްޓޯބަރު 2026

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

18 އޮކްޓޯބަރު 2026
އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް