Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

18 އޮކްޓޯބަރު 2026 | އާދީއްތަ 12:30

ސަރުކާރުގެ ބިޔަ މަޝްރޫއުތައް ނުހިނގާތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިދިކޮޅު ފަރާތްތަކަށް ކުރައްވާ ތުހުމަތުތަކަށް މި ލިޔުމުގައި ވަނީ ރައްދުދީފައި. މީގެ އިތުރުން ކުރީގެ ސަރުކާރުތަކާ ދެކޮޅަށް މިހާރުގެ ސަރުކާރުގެ ވެރިން މާޒީގައި ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް، ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ އިންވެސްޓަރުން ގެނައުމުގައި ހުރި ކަންބޮޑުވުންތައް މި ލިޔުމުގައި ފާހަގަކޮށްފައިވޭ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 އޮކްޓޯބަރު 2026 | އާދީއްތަ 12:30
އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރެއިން، އެ ކޯލިޝަނުން ބޭއްވި އިހުތިޖާޖެއްގައި މުހައްމަދު ސައީދު (މ) ބައިވެރިވެވަޑައިގަންނަވަނީ - 5 މާޗް 2022.

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރެއިން، އެ ކޯލިޝަނުން ބޭއްވި އިހުތިޖާޖެއްގައި މުހައްމަދު ސައީދު (މ) ބައިވެރިވެވަޑައިގަންނަވަނީ - 5 މާޗް 2022. | ސަން

އިކޮނޮމިކް މިނިސްޓަރު ސައީދަށް، ފިނިފެން މަލުގެ ގުލުދަސްތާތަކުން ވެދުން ކުރަމެވެ.

ސައީދޫ އެވެ. މަވެސްމީ ސައީދުއާ އެއް އޮޑިއެއްގައިއުޅެ ސައީދުމެން ދެއްކި މަގުން ހިނގަމުން މިއަދާހަމައަށް އައި ސައީދުމެން ބާގައިގެ މީހަކީމެވެ. އެކަމަކު މަށަކީ ސައީދުއާ ސައީދުމެންހެން މުއިއްޒު ގާތުގައި އެޅިހާ ބަތަކަށް ރިހަ ވެގެން ތިބޭ ޒާތުގެ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ސައީދުއަށެވެ. އެހެން ނޫނަސް ހަކުރު ދޭތީ ބޮޑުބޭބެވެފައި ހުންނާކަށް މަށަކީ މަގޭ މުހުތާދުތައް ފިލުވަން މުއިއްޒުގެ މުއްފަތުން އުޅޭ މީހެއް ނުމެ ނޫންވިއްޔާ އެވެ. މިހާ ސީދާކޮށް އަދި ސާދާކޮށް ސައީދުގާތު މަ ބުނަން މިއުޅޭ ވާހަކަ ބުނެވެނީވެސް އެހެންވީމަ އެވެ. ސީދާ މަމިބުނާ ހޫނުކަން މަތީގައި ސައީދުމެންގެ މުއިއްޒުގެ ހިރިޔާ ފާތުރާދޮށަށް މިވާހަކަ ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާވެސްއެކުއެވެ.

ސައީދޫ އެވެ. މަހަމަ ހައިރާންވެ އަންތަރީސް ވެއްޖައީމެވެ. ސައީދުމެން ތިޔަޖަހާ ސަކަރާތަކުން ނޫނެވެ. ކަމެއް ނުކުރެވިގެން ތިޔައުޅޭ އުޅުމެއް ފެނިގެނެއްވެސް ނޫނެވެ. ނާފަހެ އެއީކީ މީހަކު ވިސްނާން ޖެހޭ ވަރުގެ ކަމެއްވެސް ނުމެ ނޫން ވިއްޔާއެވެ. ކުޅުދުއްފުށީ ބަނދަރުން ދެކަޅުހަމަށް ފެން އަޅައިގެން ފެށި ބަންކަރިންނާ، ޑިވެލޮޕްމެންޓު ބޭންކަށް މިލިޔަނުން މިލިޔަނުން ހަރަދުވިއިރުވެސް، އެތަނަށްލީ ވެރިން ދިއުންނޫން ކަމެއް ނުވިކަމާ، ފޭކް ޕްރިންސްގެ އަތްޕުޅުން ހުޅުމާލޭގައި އެޅުއްވި ބޮޑުބިޔަ ބިންގަލުގެ ވާހަކައާއި ފުނަދޫއާ މާލެއާ ހުޅުމާލެ ގުޅާލި މޮނޮރެއިލްގެ ވާހަކަފަދަ ބިޔަ މަޝްރޫއުތަކަށް ވީގޮތުގެ ވާހަކަތައް ފަށްފަށް ކޮށްފައި ދައްކާކަށް ނެތީމެވެ.

އެކަމަކު މަށަށްވެސް އެއްޗެއް ނުބުނެ ހަނުހިމޭނުން އިންނާން އުނދަގޫވެގެން މިއުޅެނީ އަނެއްކާވެސް ސައީދު ތިޔަތަޅާ އަނގަޔަކުންނެވެ. އެކަންކަމާ އެހެންމީހުންނާ ގުޅުވާތީ އެވެ. ސައީދުމެން ކުރާން އުޅޭ ކަންކަން ނުވަނީ އެހެން މީހުން ހުރަސްއަޅާތީއޭ ބުނެ ތިޔަ ދައްކާ ވާހަކަ ތަކުންނެވެ. ދޮގާ މަކަރާއި ފޭކު ވާހަކަތައް އަނބުރައިގެން ސައީދުމެން ގެންނަ ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވަނީއޭ ބުނެ ތިޔަ ވަރަކަށް ހޭރޭތީ އެވެ. ޚާއްޞަކޮށް ބޭރުގެ އިންވެސްޓަރުން އަޔަނުދޭން ދޮގު ވާހަކަތައް ދައްކަނީއޭ ބުނެ ސައީދު ތިޔަ ގޮވާ ގޮވެލި ފައްޗަކުންނެވެ.

ސައީދޫ އެވެ. ނިކަން ހަރުތާކު އިށީނދެ ކުޑައިކޮށް ވިސްނާލަބަލާށެވެ. އަހަރެމެން މިއުޅޭ އެމްޑީޕީގެ ސަރުކާރު އޮތްއިރު ތިޔަބުނާ ގަނޑުތައް ގަންވަރާ ގާތައްވެސް އެވެރިންނަށް އެކަމެއް އެބަ ވޭހެއްޔެވެ. އަހަރެމެން ގޮވިހާ ވަރަށް އެވެރިންނަށް އެއެއްޗެހި އެބަ ގޮވޭހެއްޔެވެ.

ސައީދޫ އެވެ. އެވެރިންގެ ބޮލުގައި ނާޅުވަނީ ކޮން އިލްޒާމެއް ހެއްޔެވެ. ބޭރުގެ ކާފަރުން ގެނެސްގެން މުޅި ރާއްޖެ ލާދީނީ ކުރަން އުޅެނީއޭ ގޮވީ އަހަރެމެންނެއް ނޫން ހެއްޔެވެ. ދިވެހިންގެ ދީނާ ދިވެހިންގެ ސަގާފަތާ ދިވެހިންގެ އެއްބައިވަންތަކަން ގެއްލުވާލަނީއޭ އަހަރެމެން ނުގޮވަން ހެއްޔެވެ. ރީނދޫ ކުލައިން ތާކިހަލެއް އަޅައިގެން މިސްކިތައް އެރިއަސް އަހަރެމެން ކަނޑައެޅީ އެއީ ލާދީނީ މީހަކަށެވެ. މިސްކިތެއްގެ ހަރިންމަ ފާރުގައި ލާ ކުލަވެސް އަހަރެމެން އެކަމާ ގުޅުވާލީމެވެ. ބަންގި ނުގޮވަނެ ވާހަކައާއި ފަށްޅިއާ، ޖުވާ ކުޅޭ ތަންތަން ހަދައިގެން ބޭރު މީހުން ގެންނަނީއޭ ފުރަތަމައިނުންވެސް ގޮވީ އަހަރެމެންނެވެ.

ސައީދޫއެވެ. އެއަރޕޯޓްވެސް އަހަރެމެން މިތާ ބާއްވާފައި އެއޮތީ ގާދޫކޮލުން ނެރެނެރެ އޮއްވައި ވާޖަހައިގެން ދަމާ ގެނެސް ހަތަރު ފަރާތަށް ވާ އަޅާ ލަމްރާން ޖަހައިގެންނެވެ. ބާނަބާނާ އޮތް ކަނޑު ވިއްކާލީމާ އެވާހަކަ ގޮވާ ނެގީ ވަލިއްޔުލް އަމުރު ބޭރު ބައެއްގެ އުނގަށްވެއްޓި ބޮޑުތަނުން ފައިސާ ނެގިކަމަށް ބުނެ އެވެ. ގައުމު އެވެރިންނަށް ވިއްކާލި ކަމަށް ބުނެ އެވެ

ސައީދޫ އެވެ. މިތަނުގައި އިންޑިޔާ ސިފައިން ތިބެގެންވެސް އަހަރެމެން ކިހާވަރެއް އަރުވާލިން ހެއްޔެވެ. މުޅި އަސްކަރިއްޔާގެ ކޮންޓްރޯލް އޮތީ އެވެރިންގެ އަތުގައިކަމާ އަމުރު މައުރޫފް ހިންގަނީވެސް އެމީހުންނޭ ނުގޮވަން ހެއްޔެވެ. އުތުރު ތިލަފަޅުގައި ހަދައިގެން އުޅުނު އިންޑިޔާގެ އަސްކަރީ މަރުކަޒަށްވެސް އަހަރެމެން "ރޯހިތު" ނުފޮނުވަން ހެއްޔެވެ.

ސައީދޫ އެވެ. ނިކަން ވިސްނާލަބަލާށެވެ. އަހަރެމެން ހަޑިވެގެންވެސް ނުކިޔަނީ ކޯންޗެއް ހެއްޔެވެ. އިންޑިޔާގެ މޯދީއާއެކު އެއްދާން ކުރާ ވާހަކައަށް ދަންދެން އަހަރެމެން ގޮވީމެވެ. އެމީހުންގެ ކާޓޫނާ މާއްޔަށް ދަންދެން ނެރުނީމެވެ.

ސައީދޫ އެވެ. ސައީދުއާއެކު އުޅުނު އަހަރެންވެސް އިތުރަށް ފަޟީހަތްވާކަށް އިތުރަކަށް ނުކިޔާނަމެވެ. އެކަމަކުވެސް އިހުބަހަކާ ފަހު ބަހަކަށް ބުނެލަމެވެ. ޔަހޫދީންގެ އެކުވެރި އަލައްބާރު ބޭބެ ލައްވާ ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިކުރުވަން ތިޔައުޅޭ އުޅުމަށް މަވެސް ދެކޮޅެވެ. ސައީދުމެން ކިތަންމެ ނުރުހުނަސް ފަރުވާލެއް ނެތެވެ. އެވެރިންނަށްވެސް އަދި ސައީދު މެންނަކަށް އެތަނުން ލިބެން އޮތް މޮޅު ނަފާވެރިކަމުގެ ސާފު ވާހަކައެއް ކުޑަ މިންވަރަކަށްވެސް ބުނެއެއް ނުދެވުނެވެ. އަދިވެސް ތިޔަ ބަލަނީ ސިއްރުސިއްރުން އެއޮށްބޮޑު ކަންތައްގަނޑު ނިންމާލެވޭތޯ އެވެ.

ސައީދޫއެވެ. މީހެއްގެ ގޮތެއް މަށަކަށް ނޭނގެއެވެ. މީ މަގޭ ބަހެވެ. މަހިތުން މަށާ، ސައީދު ބައިގާ މިއުޅޭ ހަމަބުއްދިއަކުން ވިސްނާ ކޮންމެ މީހަކުވެސް މިކަމާ ދެކޮޅެއް ނުހަދާނެ އެވެ.

ސައީދޫ އެވެ. އަހަރެމެން މާ މާތްވެފައި މޮޅު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އަހަރެމެން ކުރިން ނުކިޔާ އެކައްޗެއްވެސް އަދި މިވެރިން ނުކިޔަ އެވެ. އެފަދަ ވައްތަރެއްވެސް އަދި ނުޖެއްސެ އެވެ. ސައީދުމެން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ތިޔަތަނަށް ޔަހޫދީ ޒައިނިސްޓުން ގެންނާކަށް ދިވެހިންނެއް ނޭދޭނެ އެވެ. ހަމަ ގައިމުވެސް މަވާ ސަލާމެވެ. އައްޑަނައަކަށް މޭ އެކަންޏެއް ނޫނެވެ. ބުރކަށިވެސް ދިއްކުރާނަމެވެ.

ޔަހޫދީންމުހައްމަދު ސައީދު ޑރ. މުހައްމަދު މުއިއްޒުޑރ. މުއިއްޒުގެ ސަރުކާރުރަސްމާލެ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

35 ގަޑިއިރަށްފަހު، ސައީދު ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

18 އޮކްޓޯބަރު 2026
35 ގަޑިއިރަށްފަހު، ސައީދު ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
18 އޮކްޓޯބަރު 2026

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

18 އޮކްޓޯބަރު 2026
ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު
17 އޮކްޓޯބަރު 2026

އާއިލާތަކަށް ތަކުރާރުކޮށް ފުރައްސާރަ ކުރަމުންދާ ފާރިސްގެ އުނދަގޫ ހުއްޓުވުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖް ކުރިއަށް!

17 އޮކްޓޯބަރު 2026
އާއިލާތަކަށް ތަކުރާރުކޮށް ފުރައްސާރަ ކުރަމުންދާ ފާރިސްގެ އުނދަގޫ ހުއްޓުވުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖް ކުރިއަށް!
16 އޮކްޓޯބަރު 2026

‎ސައުވީސް ގަޑިއިރުތެރޭ ގާނޫނު ބަދަލުކުރާ ގައުމަކުން މި ދައްކަނީ ގާނޫނު އޮތް ގޮތުން ބޭރު މީހުންނަށް ވަޒަންވެރި ނުވެވޭނެ ވާހަކަ، އިތުބާރު ގެއްލި ތަންފީޒުނުކުރެވޭ، ގާނޫނީ އައްޑަނައެއް ހުއްޖަތަކަށް ދައްކައިގެން ރެކެވިދާނެތަ؟

16 އޮކްޓޯބަރު 2026
‎ސައުވީސް ގަޑިއިރުތެރޭ ގާނޫނު ބަދަލުކުރާ ގައުމަކުން މި ދައްކަނީ ގާނޫނު އޮތް ގޮތުން ބޭރު މީހުންނަށް ވަޒަންވެރި ނުވެވޭނެ ވާހަކަ، އިތުބާރު ގެއްލި ތަންފީޒުނުކުރެވޭ، ގާނޫނީ އައްޑަނައެއް ހުއްޖަތަކަށް ދައްކައިގެން ރެކެވިދާނެތަ؟
15 އޮކްޓޯބަރު 2026

ބޭރުގެ އިންވެސްޓްމަންޓްތަކަށް ގަވައިދުތައް ހަރުކަށިކޮށް ފުރުސަތުތައް ހަނިކޮށްފި

15 އޮކްޓޯބަރު 2026
ބޭރުގެ އިންވެސްޓްމަންޓްތަކަށް ގަވައިދުތައް ހަރުކަށިކޮށް ފުރުސަތުތައް ހަނިކޮށްފި
15 އޮކްޓޯބަރު 2026

ރާއްޖޭގައި އިންސާފު ލިބުމަށް ހުރި ހުރިހާ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ވަހީދު

15 އޮކްޓޯބަރު 2026
ރާއްޖޭގައި އިންސާފު ލިބުމަށް ހުރި ހުރިހާ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ވަހީދު
15 އޮކްޓޯބަރު 2026

މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު

15 އޮކްޓޯބަރު 2026
މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުން ދިވެހި ރައްޔިތުން ވައްޓާލަމުންދަނީ އަނދަވަޅަކަށް: ރައީސް ނަޝީދު
15 އޮކްޓޯބަރު 2026

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

15 އޮކްޓޯބަރު 2026
އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް
15 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި

15 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށާއި، ބިން މިލްކުކޮށްދޭނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި
13 އޮކްޓޯބަރު 2026

ޓްރާންޝިޕްމަންޓު ބަނދަރު ގާއިމުކުރުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދާ ގުޅޭގޮތުން ވަޒީރު ދެއްވި އަޕްޑޭޓް: "5 އަހަރު ތެރޭގައި، ހިނގާ ބަލަމާ!"

13 އޮކްޓޯބަރު 2026
ޓްރާންޝިޕްމަންޓު ބަނދަރު ގާއިމުކުރުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދާ ގުޅޭގޮތުން ވަޒީރު ދެއްވި އަޕްޑޭޓް: "5 އަހަރު ތެރޭގައި، ހިނގާ ބަލަމާ!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް