Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ބޭސް ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި، ލަންކާއިން ހިލޭ ދޭ ނަފްސާނީ ބޭސް ކުރިއަށް އޮތް ހަފުތާގައި ލިބޭނެ: ސްޓޭޓްފާމާ

20 އޮކްޓޯބަރު 2026 | އަންގާރަ 14:57

ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ބޭރުގެ ބޮޑެތި ސަޕްލަޔަރުންނާއެކު ސީދާ އެއްބަސްވުންތައް އެކުލަވައިލުމުގެ މަސައްކަތް ސްޓޭޓް ފާމާ އިން ދަނީ ކުރަމުން. މިގޮތުން ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭހުގެ ސްޓޮކް ހުސްވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ސްރީލަންކާ ސަރުކާރުގެ އެހީގައި ކުރިއަށް އޮތް ހަފުތާގައި ބޭސް ގެނައުމަށް ވަނީ ހަމަޖެހިފަ. އެ ކުންފުނީގެ އަމާޒަކީ ބޭހުގެ ޑިމާންޑް ދުރާލާ އަންދާޒާކޮށް، ބަފަރ ސްޓޮކެއް ގާއިމްކޮށްގެން ބޭސް ލިބުމުގައި ހުރި ދަތިތައް ދާއިމީކޮށް ހައްލުކުރުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 އޮކްޓޯބަރު 2026 | އަންގާރަ 14:57
ސްޓޭޓްފަރމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު

ސްޓޭޓްފަރމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު | ހެލްތު މިނިސްޓްރީ

ދިވެހިރާއްޖެ އަށް ބޭނުންވާ ބޭސް ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސްޓޭޓްފަރމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ވިދާޅުވެއްޖެ އެވެ. 

ދިވެހިރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ބަލިމީހުންގެ އިތުރުން އެހެނިހެން ބަލިތަކަށް ބޭނުންކުރާ ބޭސްތައް ވެސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ކަންބޮޑުވުން  ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ޑރ. ޝާހް މާހިރު އަށް ސިޓީ އެއް ފޮނުއްވާފަ އެވެ. 

Advertisement - newsAdvertisement

އެ ސިޓީ އަށް ޖަވާބުދެއްވާ ޑރ. ޝާހް މާހިރު ވަނީ މެންބަރަށް ސިޓީ އެއް ފޮނުއްވާފަ އެވެ. އެގޮތުން ރާއްޖެ އަށް ބޭސް ގައުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތައް އެ ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އެ ކުންފުނިން ބުނީ ރާއްޖޭގެ އާބާދީ ކުޑަވުމާއެކު ބޭހުގެ މާކެޓް ކުޑަވެފައި ސަޕްލަޔަރުންނަށް ސަޕްލައި ކުރުމަށް ބޭނުންވާ އެންމެ ކުޑަ އަދަދު ހަމަ ކުރުމަށްޓަކައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ މިހާރު ގާއިމް ކުރެވިފައިވާ ނިޒާމުގެ ތެރެއިން ބޭނުންވާ ބޭހުގެ ރަނގަޅު ފޯކާސްޓެއް ހެދި ބޭނުންވާ އެންމެ ކުޑަ އަދަދު ހަމަކޮށް ދުރާލާ ރާއްޖެއަށް ބޭސް ގެނައުން ކަމަށެވެ. 

ޖުލައި 1 2026 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތާ އެ ކުންފުނިން ހަވާލުވި އިރު ހުންނަން ޖެހޭ ބޭހުގެ ބަފަރ ސްޓޮކެއް ނެތުުގެ ސަބަބުން ގިނަ ބޭސްތަކެއް އެކަށީގެންވާ މިންވަރަށް އަދި އެކަށީގެންވާ މުއްދަތެއްގެ އެކްސްޕަޔަރީ އާއެކު އިންވެންޓްރީގައި ނެތްކަން ވެސް ސިޓީގައި ވެ އެވެ. 

އެސްޓީއޯ އިން ބޭރުގެ ބޮޑެތި ސަޕްލަޔަރުންނާ އެކު ހަދާފައިވާ ޑައިރެކްޓް ސަޕްލައި އެގްރީމަންޓްތައް އެ ކުންފުނީގެ ނަންމައްޗަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކޮށް އެ ސިޓީގައި ބުނީ ޑައިރެކްޓް ސަޕްލައި އެގްރީމަންޓުތައް ހެދުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާތަތްތަކަށް ފަހު ސްޓޭޓްފަރމާ ގެ ނަންމަތީގައި އެ އެއްބަސްވުންތައް އެކުލަވައިލުމަށް 4 މަހާއި 6 މަހާ ދެމެދުގެ މުއްދަތެއް ހޭދަ ވާ ކަމަށެވެ. 

އޭގެ އިތުރުން އެ މުއްދަތުގައި ތެރޭގައި ބަލިމީހުން ބޭނުންވާ މި ވަގުތު ސްޓޮކްގައި ނެތް ބޭސްތައް މި ކުންފުނީގެ ޑިޖިޕަރމާ ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީ ހުށަހެޅުމުން އަވަސްކަމާއެކު ރާއްޖެ އިން ބޭރުން ހޯދުމުގެ މަސައްކަތް 1 އޭޕްރީލް 2026 އިން ފެށިގެން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ވެސ ްއެ ސިޓީގައި ވެ އެވެ. 

ނަފްސާނީ ބޭސް ރާއްޖެއިން ލިބުމުގައި ހުރި ދަތިތަކާ ބެހޭ ގޮތުން އެ ސިޓީގައި ބުނީ ބޭހުގެ އިންވެންޓްރީ އާ ސްޓޭޓްފަރމާ އިން ހަވާލުވިއިރު ކްލޮނެެޒަޕާމް ގެ ބަފަރ ސްޓޮކެއް ނެތް ކަމަށެވެ. އަދި އިންވެންޓްރީގައި ހުރި އެ ބޭހުގެ ސްޓޮކަކީ އޮކްޓޫބަރު އޮކްޓޫބަރުގެ ނިޔަލަށް މުއްދަތު ހަމަވާނެ ސްޓޮކެއް ކަމަށާ ނަފްސާނީ ބޭހުގެ ގޮތުގައި ބޭނުންކުރާ އެފަދަ ކޮންރޯލްޑް ބޭސްތަކަކީ އެ ބޭސް ސަޕްލައި ކުރާ ގައުުތަކުން ބޭސް އެކްސްޕޯޓް ކުރުމުގައި އިތުރު ހުއްދަތައް ހޯދައި އިތުރު މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭ ބޭސް ތަކެއް ކަމަށެވެ. 

މިފަދަ ކޮންޓްރޯލްޑް ޑްރަގްތައް ގެނައުމުގައި ހުރި ގޮންޖެހުންތައް ގިރާ ކުރުމަށްޓަކައި ކުރިން ރާއްޖެ އަށް އެ ބޭސްތައް ސަޕްލައި ކުރަމުންދިޔަ ކުންފުނިތަކާ އެކު ޑައިރެކްޓް ސަޕްލައި އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރެވުންދާ ކަން ފާހަގަ ކޮށް ސިޓީގައި ބުނީ އެ އެގްރީމަންޓައް ހެދުމަށް ހޭދަވާ މުއްދަތުގައި އިތުރު ބައިނަލްއަގްވާމީ ހުއްދަތަކާ ނުލައި އެންމެ އަވަސްކަމާއެކު ބޭސް ރާއްޖެ އަށް ބޭނުންވާ ކްލޮނެޒަޕާމް ކަށަވަރު ކުރުމަށްޓަކައި ސްރީލަކްނާގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށްފަހު އެ ގައުމުގެ ސިއްހީ ވުޒާރާ އިން ހިލޭ އެހީގެ ގޮތުގައި ދިވެހި ދައުލަތަށް ހަދިޔާ ކުރާ ކްލޮނެޒަޕާމް އައި ނަފްސާނީ ބަލިތަކާ ގުޅޭ އެހެނިހެން ބައެއް ބޭހުގެ ސްޓޮކެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖެ އަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ސިޓީގައި ބުނީ ރާއްޖެ އަށް ބޭނުންވާ ބޭސްތައް ހަމަކުރުމުގައި ި ވަގުތު ކޮންޖެހުންތަކެއް ހުރި ނަމަވެސް ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖެހިފައިވާ ސްޓޮކް ކުންފުންޏަށް ލިބުމާއެކު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ބަލިމީހުންނަށް މި ވަގުތަށް ބޭނުންވާ ސްޓޮކެއް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ބޭރުގެ ބޮޑެތި ސަޕްލަޔަރުންނާއެކު އެކުލަވާލެވޭ ޑައިރެކްޓް ސަޕްލައި އެގްރީމަންޓްތަކުގައި ސޮއި ކުރުމާއެކު ރާއްޖެ އަށް ބޭނުންވާ ބޭސް ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފަ އެވެ. 

ސްޓޭޓްފަރމާޑރ. ޝާހު އަބްދުﷲ މާހިރުމުހައްމަދު އިބްރާހީމްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
18 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް

18 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ އީގަލް ހިލްސް ގެ އިސްނެގުމެއް، އެއްވެސް ތަނެއް ބޭރުގެ ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ: މިނިސްޓަރު މުއްތަލިބް
14 އޮކްޓޯބަރު 2026

ލޮލުގެ ޚާއްސަ ފަރުވާއެއް ކަމަށްވާ އިންޓްރާވިޓްރިއަލް އިންޖެކްޝަން ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން މެންބަރު ކުޑޫގެ ސިޓީއެއް އާސަންދައަށް!

14 އޮކްޓޯބަރު 2026
ލޮލުގެ ޚާއްސަ ފަރުވާއެއް ކަމަށްވާ އިންޓްރާވިޓްރިއަލް އިންޖެކްޝަން ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން މެންބަރު ކުޑޫގެ ސިޓީއެއް އާސަންދައަށް!
14 އޮކްޓޯބަރު 2026

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

14 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ފާސްކޮށްފި
07 އޮކްޓޯބަރު 2026

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް: އަބްދުއްރަހީމް

07 އޮކްޓޯބަރު 2026
ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް: އަބްދުއްރަހީމް
07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
07 އޮކްޓޯބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

07 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ
29 ސެޕްޓެމްބަރު 2026

ފަލާހުގެ މާލީ ބަޔާން: ޑޮލަރު ކުންފުންޏަކާއި މިލިއަނުން އާމްދަނީ، އަދި ހުޅުމާލެ އިން 21 މިލިއަން ރުފިޔާގެ ބިމެއް!

29 ސެޕްޓެމްބަރު 2026
ފަލާހުގެ މާލީ ބަޔާން: ޑޮލަރު ކުންފުންޏަކާއި މިލިއަނުން އާމްދަނީ، އަދި ހުޅުމާލެ އިން 21 މިލިއަން ރުފިޔާގެ ބިމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް