Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ އިންޒާރު

ބޭބެ މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ތިން މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

20 އޮކްޓޯބަރު 2026 | އަންގާރަ 08:14

ބޭބެގެ ކިބައިން ފައިސާ ހޯދަން އުޅެ، އެކަން ނުވުމުން މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ތިން މަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި. މި މައްސަލައިގައި ދައުވާލިބުނު މީހާ ކުށަށް އިއުތިރާފުވެފައިވާއިރު، އޭނާގެ ބޭބެ ވަނީ މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ އަދަބު ލުއިކޮށްދިނުމަށް އެދިފައި. ނަމަވެސް، ފުލުހުންގެ ކުރިމަތީގައި އިންޒާރުދީފައިވާތީ ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޮކްޓޯބަރު 2026 | އަންގާރަ 08:14
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ | ސޯޝަލް މީޑިއާ

އެއްބަނޑު އެއްބަފާ ބޭބެގެ އަތުން ފައިސާ ހޯދަން އުޅެ، އެ ފައިސާ ނުދިނުމުން މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެއް ސާބިތުވެ، މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.

Advertisement - newsAdvertisement

މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދައުވާލިބޭ މީހާ އޭނާގެ ބޭބެގެ ކިބައިން ފައިސާ ދިނުމަށް އެދުމުން، ފައިސާ ނެތް ކަމަށް ބޭބެ ބުނުމާ ގުޅިގެން އޭނާ ވަނީ ނުރުހުން ފާޅުކޮށް މަރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. މި އިންޒާރު ދިން މަންޒަރު އެ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުންނަށްވެސް ފެނިފައިވާ ކަމަށް ޝަރީއަތުގެ ލިޔެކިޔުންތަކުން އެނގެ އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައްޔާއި، އަވަސްނިޔާގެ އުސޫލުން ކުރިއަށްގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައިވެސް ދައުވާ ލިބުނު މީހާ ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ކޯޓުން ވަނީ އެއީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅައި، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފަ އެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި، އަނިޔާ ލިބުނު ބޭބެ ވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ފުލުހުންނަށް ބަޔާން ދީފަ އެވެ. އަދި އޭނާގެ ކޮއްކޮ އަށް ދޭ އަދަބު ލުއިކޮށްދިނުމަށްވެސް ބޭބެ އެދިފައިވެ އެވެ.

ކޯޓުން ހުކުމް ކުރުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ރިއާޔަތްކޮށްފައިވެ އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ ތިން މަހާއި ދެ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީއިންޒާރު ދިނުން

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

27 އޯގަސްޓު 2026

މާތޭ ބްރޭންޑްގެ ކުޅުދުއްފުށި ސިޓީ ރީޓެއިލަރަކަށް ސިންޒިއާ ފިހާރަ

27 އޯގަސްޓު 2026
މާތޭ ބްރޭންޑްގެ ކުޅުދުއްފުށި ސިޓީ ރީޓެއިލަރަކަށް ސިންޒިއާ ފިހާރަ
22 ޖުލައި 2026

ކައުންސިލުން އިސްނަގައިގެން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ!

22 ޖުލައި 2026
ކައުންސިލުން އިސްނަގައިގެން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ!
15 ޖުލައި 2026

ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!

15 ޖުލައި 2026
ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
29 މެއި 2026

މަށިމާލި ޕެރޭޑް އޭރު ސަޅިވި އާޒިމާއަށް، މިހާރު އެ ޕެރޭޑުން އުފާވެރިކަމުގެ ރޫހު ވަނީ ޚަރާބު!

29 މެއި 2026
މަށިމާލި ޕެރޭޑް އޭރު ސަޅިވި އާޒިމާއަށް، މިހާރު އެ ޕެރޭޑުން އުފާވެރިކަމުގެ ރޫހު ވަނީ ޚަރާބު!
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި
11 ފެބުރުއަރީ 2026

މިއަދު ވޯޓެއް ނެގިޔަސް, ޑރ. މުއިއްޒު އަށް ވުރެ ގިނަ ވޯޓު މޭޔަރު އާތިފް ހޯއްދަވާނެ: ނިޔާޒު

11 ފެބުރުއަރީ 2026
މިއަދު ވޯޓެއް ނެގިޔަސް, ޑރ. މުއިއްޒު އަށް ވުރެ ގިނަ ވޯޓު މޭޔަރު އާތިފް ހޯއްދަވާނެ: ނިޔާޒު
08 ފެބުރުއަރީ 2026

ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!

08 ފެބުރުއަރީ 2026
ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!
06 ފެބުރުއަރީ 2026

އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

06 ފެބުރުއަރީ 2026
އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް