Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީ ޖަލްސާ

ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!

ކުޅުދުއްފުށި ސިޓީގައި ޕީއެންސީން ބޭއްވި ޖަލްސާގައި ސަރުކާރުން އެ ސިޓީއަށް ކޮށްދީފައިވާ ތަރައްޤީގެ މަޝްރޫޢުއެއް ދެއްކުމުގެ ބަދަލުގައި، ފެނިގެންދިޔައީ ކުރީ ސަރުކާރާއި ކައުންސިލަށް ފާޑުކިޔައި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އިލްޒާމް އެޅުވި މަންޒަރު. ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް ކައުންސިލްތަކުގެ ބާރުތައް ސަރުކާރުން ހިފަހައްޓަމުންދާކަމަށް ބުނެ، މި ޖަލްސާއަކީ ތަރައްޤީގެ ތަޞައްވުރެއް ނެތް ފިތުނަވެރި އަމަލެއްގެ ގޮތުގައި އާންމުން ވަނީ ސިފަކޮށްފަ.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 06:21
ޕީއެނސީން 6 ފެބްރުއަރީ 2026ގައި ކުޅުދުއްފުށި ސިޓީގަައި ބޭއްވި ޖަލްސާގެ ތެރެއިން

ޕީއެނސީން 6 ފެބްރުއަރީ 2026ގައި ކުޅުދުއްފުށި ސިޓީގަައި ބޭއްވި ޖަލްސާގެ ތެރެއިން | ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ކުޅުދުއްފުށި ސިޓީގައި 6 ފެބްރުއަރީ 2026 ގައި ބޭއްވި ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާގައި، ރަށުގެ ތަރައްޤީގެ ތަޞައްވުރަށްވުރެ ބޮޑަށް ފެނިގެންދިޔައީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ބަހުގެ ހަމަލާތައް އަމާޒުކުރުމާއި އެންޓި ކެމްޕޭންގެ ހަރަކާތްތަކެވެ.

ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަމުންދާ ނުވަތަ ކުރަން ގަސްތުކުރާ އެއްވެސް މަސައްކަތެއް ހާމަކޮށްދެވޭ ކަށް ނެތެވެ. ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރުވެސް، ކުޅުދުއްފުށި ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންނަށް ދައްކާލެވޭނެ އެންމެ މަޝްރޫއެއްވެސް ނެތްކަމީ ފާހަގަކޮށްލަންޖެހޭ ހަގީގަތެކެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ގެ ދަތި ހާލަތުގައިވެސް، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށްޓަކައި ހިންގި މަޝްރޫއުތަކާ އަޅާކިޔާއިރު، މި ސަރުކާރުގެ ފަރާތުން މި ސިޓީގެ ތަރައްޤީގެ މީޒާނުގައި އެދެވޭ އެއްވެސް ކުރިއެރުމެއް ފެންނާކަށް ނެތެވެ.  ދެވެން އޮތީ ހަމަ "ސުމެކެވެ".

އެ ޖަލްސާގައި ފެނިގެންދިޔައީ ކަންކަމުގެ ޒިންމާ އުފުލުމުގެ ބަދަލުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކުރީގެ ސަރުކާރު ކުށްވެރިކޮށް، ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކުރި މަސައްކަތެވެ. "ކުރީ ސަރުކާރު" ގެ ބަހަނާ ދައްކައިގެން ރައްޔިތުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެއްދުމަށް އެރޭވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އަގުވައްޓާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެން، އެކަމުގައި ދައްކާނެ އިތުރު ވާހަކައެއް އެ ފަރާތްތަކަށް މިހާރު ނެތެވެ. ރަށުގެ ތަރައްޤީއަށް އެދެވޭ މަސައްކަތްތަކެއް ކޮށްދެވިފައި ނުވާތީ، އަމިއްލަ ނުކުޅެދުންތެރިކަން ފޮރުވުމަށްޓަކައި އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުން ފިޔަވައި އިތުރު ކަމެއް، އެރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ޕީއެންސީގެ އިސްވެރިންނަކަށް ނުކުރެވުނެވެ.

ނަމަވެސް، ސަރުކާރުގެ އިސްވެރިން ޙަޤީޤަތާ ޚިލާފަށް ދައްކަވަމުންދާ ވާހަކަތައް ރައްޔިތުން މިއަދު ބަލައެއް ނުގަނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ކައުންސިލްތަކުގެ ބާރުތައް ސަރުކާރުގެ މުށުތެރެއަށް ޖަމާކޮށް، ލާމަރުކަޒީ ނިޒާމު ބަލިކަށިކުރަމުންދާ މަންޒަރު ކުޅުދުއްފުށީގެ ރައްޔިތުންނަށް މިއަދު ވަރަށް ސާފުކޮށް ހާމަވަމުންދެއެވެ.

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ އަސްލު ބާނީންނަކީ އަދި އެ މަސައްކަތްތަކުގެ މޭސްތިރިންނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއެކު އިންތިޚާބުކޮށްފައިވާ ސިޓީ ކައުންސިލްކަން އެއީ މިއަދު އެ ސިޓީގެ ރައްޔިތުން ބަލައިގަންނަ ހަގީގަތެކެވެ. ޕީއެންސީން ބޭއްވި ޖަލްސާއިން ސާފުވެގެންދިޔަ ކަމަކީ މި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީގެ ތަރައްޤީއަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ކަމެވެ. ފެނިގެންދިޔައީ ހަމައެކަނި ފިތުނަވެރިކަމާއި ނޭދެވޭ ސިޔާސީ ހަރަކާތްތަކަށް އިސްކަންދޭ މަންޒަރު ކަމެވެ.

ޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީލާމަރުކަޒީ ނިޒާމުކުޅުދުއްފުށި ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

 ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް

ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް

07 ފެބުރުއަރީ 2026
ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް

ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް

07 ފެބުރުއަރީ 2026
ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި

ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި

07 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

07 ފެބުރުއަރީ 2026
ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން، ނޫނީ ކުރިއަށް އޮތް 3 އަހަރު ވެސް މަޝްރޫއުތައް ނުހިނގާނެ: ފައިސަލް

ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން، ނޫނީ ކުރިއަށް އޮތް 3 އަހަރު ވެސް މަޝްރޫއުތައް ނުހިނގާނެ: ފައިސަލް

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު