Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!

15 ޖުލައި 2026 | ބުދަ 04:40

ކުޅުދުއްފުށީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައިވަނީ ސަރުކާރުން ފައިސާ ނުދޭތީ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ އެ ސިޓީގެ މޭޔަރު ވިދާޅުވެއްޖެ. މި މަޝްރޫއުގެ އިތުރުން މި ސަރުކާރުން ބިންގާ އެޅި 2000 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ވެސް ކުރިއަށް ނުދާތީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން މޭޔަރު ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖުލައި 2026 | ބުދަ 04:40
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް | ރާއްޖެ އެމްވީ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ވަނީ މި މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ސަބަބުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރައްވާފަ އެވެ.

Advertisement - newsAdvertisement

މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސައިޓް މޮބިލައިޒްކޮށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 440 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ.

މޭޔަރު އާތިފް ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރު، މި މަޝްރޫއުގެ ތިން ޓަވަރެއްގެ ފައުންޑޭޝަން މަސައްކަތް ނިމި، ބައެއް ހައުސިންގ ޔުނިޓުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް އޮތީ ކުރެވިފަ އެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު | ރާއްޖެ އެމްވީ

މަސައްކަތް ހުއްޓިފައިވާތީ ކައުންސިލުން ހައުސިންގ މިނިސްޓްރީއާ ބައްދަލުކުރުމުން، ކޮންޓްރެކްޓަރު މަސައްކަތް ނުކުރާނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.

އެހެންނަމަވެސް، ކައުންސިލުން ކޮންޓްރެކްޓަރާ ބައްދަލުކުރުމުން އެ ފަރާތުން މައުލޫމާތު ދީފައިވަނީ ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބޭތީ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު

ކުޅުދުއްފުށި ސިޓީގައި އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު | ރާއްޖެ އެމްވީ

މޭޔަރު ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ދެއްކުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެ ކަންބޮޑުވުންތައް ރައީސް ޑރ. މުޙައްމަދު މުއިއްޒާވެސް ހިއްސާކުރައްވާފައިވާ ކަމަށެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު 2025 ވަނަ އަހަރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، މި މަސައްކަތް އެޗްޑީސީއާ ޙަވާލުކުރެއްވި ނަމަވެސް އަދިވެސް އަމަލީ އެއްވެސް މަސައްކަތެއް ނުފެންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު، މި މަޝްރޫއަށް ބޭނުންވާ މުދާ ހިފައިގެން ކޮޅުވެއްޓިއެއް ކުޅުދުއްފުއްޓަށް ދާ މަންޒަރު ފެންނަ ފޮޓޯތަކެއް ސަރުކާރުގެ ބޭފުޅުން ސޯޝަލް މީޑިއާގައި ފެތުރި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި އެއްވެސް މުދަލެއް ރަށަށް ގެނެސްފައި ނުވާ ކަމަށް އާތިފް ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރީގެ މަޝްރޫއު ހުއްޓިފައި އޮއްވައި މި ސަރުކާރުން އިތުރު 2000 ހައުސިންގ ޔުނިޓެއްގެ ބިންގާ އެޅި ނަމަވެސް، އެ މަސައްކަތްވެސް މިހާތަނަށް ކުރިއަށް ގޮސްފައި ނުވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މަޝްރޫއުތައް ހަވާލުކުރިތާ ދެ އަހަރާއި ބައި ވެގެންދާއިރު، އަމަލީ މަސައްކަތެއް ނުހިނގާ އޮތުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އާތިފްހައުސިން މަޝްރޫޢުކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
04 ޖުލައި 2026

މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ

04 ޖުލައި 2026
މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، ހދ. އަތޮޅުގެ ރަށްތަކުން އެކުގައި މަސައްކަތް ކުރަން ބޯޑެއް އެކުލަވާލަނީ
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
19 ޖޫން 2026

އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް

19 ޖޫން 2026
އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް
29 މެއި 2026

މަށިމާލި ޕެރޭޑް އޭރު ސަޅިވި އާޒިމާއަށް، މިހާރު އެ ޕެރޭޑުން އުފާވެރިކަމުގެ ރޫހު ވަނީ ޚަރާބު!

29 މެއި 2026
މަށިމާލި ޕެރޭޑް އޭރު ސަޅިވި އާޒިމާއަށް، މިހާރު އެ ޕެރޭޑުން އުފާވެރިކަމުގެ ރޫހު ވަނީ ޚަރާބު!
12 މެއި 2026

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން، 3 މަސްކުރިން ވެސް ދިނީ އެ ޖަވާބު!

12 މެއި 2026
ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން، 3 މަސްކުރިން ވެސް ދިނީ އެ ޖަވާބު!
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
05 އެޕްރީލު 2026

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

05 އެޕްރީލު 2026
ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް
05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް