Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

ކައުންސިލުން އިސްނަގައިގެން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ!

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ބަޖެޓުން ހިންގާ މި މަޝްރޫއުގެ ދަށުން، ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ހިޔާކޮށް ތަރައްޤީކުރުމުން ވިއްސާރަ ދުވަސްތަކުގައި ވެސް ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ. މީގެ އިތުރުން، މި ތަނުގައި ލޮބީ އޭރިއާއެއް ގާއިމުކުރުމަކީ ބާޒާރު ބޭނުންކުރާ ފަރާތްތަކަށާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖުލައި 2026 | ބުދަ 07:50
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ | ރާއްޖެ އެމްވީ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން އެރަށު ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއެއް ހިނގަމުންދާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި މަޝްރޫއަކީ ސިޓީ ކައުންސިލުގެ ބަޖެޓުން ހިންގާ މަޝްރޫއެއް ކަމަށާއި، މިއީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބޭނެ މަޝްރޫއެއް ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރާއްޖެޓީވީއަށް ދިން މައުލޫމާތުގައި ބުނީ، ހޮނިހިރު ބާޒާރަކީ އެންމެ ފުރަތަމަ އެމްޑީޕީގެ ވެރިކަމުގައި އުފައްދާފައިވާ ބާޒާރެއް ކަމަށެވެ. މި ބާޒާރުގައި ކޮންމެ ހޮނިހިރު ދުވަހަކު އަތޮޅުތެރޭގެ އެކި ރަށްރަށުން ރައްޔިތުން އައިސް ދަނޑުވެރިކަމުގެ ބާވަތްތައް ފަދަ އެކިކަހަލަ މުދާ ވިއްކާކަމަށް ކައުންސިލުން ބުނެ އެވެ.

މިހާރު ކައުންސިލުން މަޝްވަރާކޮށް ނިންމާފައިވަނީ ބާޒާރު އޮންނަން ޖެހޭ ކޮންސެޕްޓުގައި މި ތަން ތަރައްޤީކުރުމަށެވެ. އަދި ވިއްސާރަ ދުވަސްތަކުގައި ވެސް އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް ހިޔާކޮށްގެން އެތަން ތަރައްޤީކުރުމަކީ ކައުންސިލުގެ ވިސްނުން ކަމަށް ކައުންސިލުން ބުނެ އެވެ.

މި މަޝްރޫއު ފުރިހަމަވުމުން އެކި ބޭނުންތަކުގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލޮބީ އޭރިއާއެއްގެ ގޮތުގައި ވެސް އެތަން ބޭނުންކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ. މިއީ ބާޒާރު ބޭނުންކުރާ ފަރާތްތަކަށް ހަމަޖެހުމާއި ފަސޭހަކަން ލިބޭނެ ގޮތަކަށް ތަރައްޤީކުރުމުގެ ވިސްނުމުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

މަޝްރޫއު ފުރިހަމަވުމުން އެކި ބޭނުންތަކުގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލޮބީ އޭރިއާއެއްގެ ގޮތުގައި ވެސް އެތަން ބޭނުންކުރެވޭނެ

މަޝްރޫއު ފުރިހަމަވުމުން އެކި ބޭނުންތަކުގައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލޮބީ އޭރިއާއެއްގެ ގޮތުގައި ވެސް އެތަން ބޭނުންކުރެވޭނެ | ރާއްޖެ އެމްވީ

Your browser does not support the video tag.

ހޮނިހިރު ބާޒާރު ފުރިހަމައަށް ތަރައްޤީކުރެވުމަކީ ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު އަންނާނެ ކަމެއް ކަމަށް ކައުންސިލުން ބުނެ އެވެ. ހަމައެއާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަޝްރޫއަށް ހަރަދުކުރާނީ ކައުންސިލުގެ ބަޖެޓުން ކަމަށާއި، މިއީ ރައްޔިތުންގެ ފައިދާއަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫއެއް ކަމަށް ކައުންސިލުން ބުނެ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްހޮނިހިރު ބާޒާރުކުޅުދުއްފުށި ސިޓީ

އިތުރަށް ކިޔާލަން

20 ޖުލައި 2026

ކުޅުދުއްފުށީ ޓިވެޓު ސެންޓަރު ހަދަން ބޮޑު ހަފްލާއެއް ބާއްވައި ބިންގާ އެޅުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!

20 ޖުލައި 2026
ކުޅުދުއްފުށީ ޓިވެޓު ސެންޓަރު ހަދަން ބޮޑު ހަފްލާއެއް ބާއްވައި ބިންގާ އެޅުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!
19 ޖުލައި 2026

ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!

19 ޖުލައި 2026
ކުޅުދުއްފުށީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަޝްރޫއަށް ނެގި މުވައްޒަފުންނަށް މުސާރަލިބޭ، ޕްރޮޖެކްޓަށް ވީނުވީއެއް ނޭނގެ!
18 ޖުލައި 2026

ޤައުމީ ފެންވަރުގެ އެތުލީޓުން އުފައްދާ ކުޅުދުއްފުއްޓަށް ސިންތެޓިކް ޓްރެކެއް އަޅާދޭނެކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް ޖަހާލީ ކަޑައެއް!

18 ޖުލައި 2026
ޤައުމީ ފެންވަރުގެ އެތުލީޓުން އުފައްދާ ކުޅުދުއްފުއްޓަށް ސިންތެޓިކް ޓްރެކެއް އަޅާދޭނެކަމަށް ބުނެ، އިންތިޚާބާ ދިމާކޮށް ޖަހާލީ ކަޑައެއް!
18 ޖުލައި 2026

ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ވައުދުތަކެއްވުމަށްފަހު، އިމަޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!

18 ޖުލައި 2026
ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ވައުދުތަކެއްވުމަށްފަހު، އިމަޖެންސީ ދޮރެއް ކަނޑާލުން ފިޔަވައި އިތުރު ކަމެއް ނުހިނގާ!
16 ޖުލައި 2026

ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"

16 ޖުލައި 2026
ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"
15 ޖުލައި 2026

ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!

15 ޖުލައި 2026
ކުޅުދުއްފުށި ސިޓީގައި މިދިޔަ ސަރުކާރުން އަޅަން ފެށި 400 ހައުސިންގ ޔުނިޓުގެ މަޝްރޫއު ހުއްޓިފައި!
14 ޖުލައި 2026

ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!

14 ޖުލައި 2026
ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުޅުދުއްފުއްޓަށްވީ ހަމައެކަނި ވައުދަކީ އެއަރޕޯޓުގެ އައު ޓަރމިނަލް އެޅުން، މިހާތަނަށް ފެންނަން ހުރީ ބިންގަލެއް އެކަނި!
14 ޖުލައި 2026

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

14 ޖުލައި 2026
ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު